އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ" ފެށުމަށް ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިސްމާއީލް އަދުހަމް (ކ) އަދި ސީސީއޯ އިބްރާހިމް ޒިޔަތު ބައިވެރިވެވަޑައިގަންނަވަނީ: އެމްޓީސީސީގެ ޖޮބް ފެއާ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ފަށާނެ.--- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
03 މާޗް 2017 - 14:08
އެމްޓީސީސީގައި މިހާރު ލިބެން ހުރި ވަޒީފާގެ ފުރުސަތުތައް އަންގައި ދިނުމަށްޓަކައި ޖޮބް ފެއާއެއް މާދަމާ ބާއްވާ ގޮތަށް އެ ކުންފުނިން ނިންމައިފި އެވެ.
"ޖޮއިން ޓީމް އެމްޓީސީސީ" ގެ ނަމުގައި މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ޒުވާނުންގެ މަރުކަޒުގައި ފަށާ ޖޮބް ފެއާ މާދަމާ ރޭގެ 10 ޖަހަންދެން އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ފެއާ ހުޅުވިފައި ހުންނާނީ ހަވީރު 4-6 އަށް އަދި 8-10 ޖަހަންދެންނެވެ.
އެމްޓީސީސީގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން އެ ކުންފުނިން މިހާރު ހިންގަމުން އަންނަ މަސައްކަތްތައް ވެސް ފެއާގައި ފޯރުކޮށްދޭނެ އެވެ.
އެމްޓީސީސީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓުގެ އެގްޒެކެޓިވް އަބްދުﷲ ފާއިދު ވިދާޅުވީ، މުވައްޒަފުން ތަމްރީން ކުރުމުގެ ސިޔާސަތުގެ ދަށުން އެ ކުންފުނިން މި އަހަރު 33 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އޭގެ ތެރޭގައި މާސްޓާސް، ބެޗެލާ ޑިގްރީ އަދި ޕްރޮފެޝަނަލް ސެޓްފިކެޓް ލެވެލްގެ ސްކޮލަޝިޕްތައް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި އިތުރަށް ފާހަގަކޮށްލަންޖެހޭ ކަމަކީ މި ފުރުސަތުތަކަށް، ކުންފުނީގެ ތެރެއިން އެކަށީގެންވާ ފަރާތްތައް ހޯދަން ދަތިވާނަމަ، މި ސްކޮލަޝިޕް ތަކަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވިގެން ދާނެކަން،" ފާއިދު ވިދާޅުވި އެވެ.
އެމްޓީސީސީން ބުނިގޮތުގައި މޯލްޑިވްސް ޕޮލިޓެކްނިކާ ގުޅިގެން، މެރިން މެކޭނިކް، ހައިޑްރޯނިކް މެކޭނިކް އަދި އޮޓޯމޯބައިލް މެކޭނިކްގެ ދާއިރާ އިން މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ވެސް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ޕްރޮގްރާމް ޑިޒައިން ކޮށްފައި ވަނީ އެމްޓީސީސީގެ ތިލަފުށީ ސައިޓްގައި އެ ދާއިރާތަކުން އަމަލީ ތަޖުރިބާ ހޯދަމުން އަދި ކިޔެވުން ވެސް ކުރިއަށް ގެންދެވޭ ގޮތަށް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން، އެމްޓީސީސީގައި ވަޒީފާ އަށް ހޮވޭ މުވައްޒަފުންނަށް ހާއްސަ އެލަވަންސަކާއި އެކޮމަޑޭޝަން ވެސް ހަމަޖައްސައިދޭނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ
04 March 2017
ތިތާތިބި މުވައްޒަފުންނައް ކުޑަކުޑަލާރިކޮޅެއް ދީގެން ގުނބޯ ހައްދައިގެން ގެންގުޅެނީ
މެެންޓަލިސްޓް
03 March 2017
އެމްޓީސީސީއިން ޖޮބްފެއަރ ބާއްވާއިރު އެތަނުގެ މާލީހާލަތް އޮތީ ކިހިނެކުންތޯ ؟؟ މިހާރުވެސް އެތަށްސަތޭކަ މިލިއަން އެބައޮތް ސަރުކާރުން އަންނަންވެފައި ،،، އެހުރީ ކަރުދާހުގައި ލިއެވިފައި އެކަމު ފައިސާއެއް ނުލިބޭ ،، ސަރުކާރު އޮތީ ފޫވެއްޓިފައި ،، ޓީބިލްއާޢި ބޮންޑްވިއްކާވިއްކާ ސަލާމަތްނުވެވި މަރުކަޒީބޭންކް އޮތީ ދަރާފައި ، އެމްޓީސީސީގެ މުސާރަވެސް މިދޭތެރޭން ދެވުނީ ވިޔަފާރި މަހުޖަނަކު ފައިސާ ލޯނެއްގެ ގޮތުގައި ދީގެންނޫންތޯ ؟؟؟ އެހެންވީމައި މިހާރު ތިޔައަނބުރަނީ ގޭސްގަނޑެއް ،، އެއީ ކައުންސިލް އިންތިޙާބާޢި ދިމާކޮށް އަނބުރާގޭސްގަނޑެއް ،،، ވަރަށްވެދުން
މަޑުކޮށްލާށޭ
03 March 2017
އެމްޓީސީސީން ޖޮބް ފެއަރ އެއް ބާއްވަނީ އޭ. ކޮން ކުއްޖެއް ތޭ މަމެންނާއި އެކު ދާނީ ޒުވާނުންގެ މަރުކަޒަށް ފެއަރ ބަލާލަން. ވަރަށް ގިނަ ވައްތަރުގެ ވަޒީފާ ތައް ހުންނާނޭ ކަމަށް މަމެންނަށް ލަފާ ކުރެވެއޭ ފަހަރުގައި ސޫޓަބެލް ވަޒީފާ އެއްވެސް ހުރެދާނެއޭ. ދެން ހިނގާ ބިޓާއި އެކު ހަވީރު ބުރެއް ޖަހަމުން ގޮސް ޑްރޮޕް ކޮށްލަން ޒުވާނުންގެ މަރުކަޒަށް ހިނގާ ދާން ދާން ދާން. މަޑުކޮށްލާ މަޑުކޮށްލާ މަޑުކޮށްލާ މިއަންނަނީ ޕާރސް ހިފައިގެން ދެމީހުން އެކީގައި ދާނީ ދޯ. ރަންކޮޅާ މަޑުކޮށްލާ، މަޑުކޮށްލާ، މަޑުކޮށްލާ، މަބުނީ މަޑުކޮށްލާށޭ، މަޑުކޮށްލާށޭ، މަޑުކޮށްލާށޭ، ޔޭއް، ޔޭއް، ޔޭއް..
އިޒޫ
04 March 2017
ހަހަހަ.ލޮލް މަޖާ މީހެއް