20 ޖޫން 2025 - 23:12
ކަރަންޓު ވިއުގަ އަޕްގްރޭޑުކުރަން މަސައްކަތެއް ކުރާތީ މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ މާލޭގެ ބޮޑުތަކުރުފާނުމަގާއި ހަވީރީ ހިނގުމާއި ލައިނޫފަރު ހިނގުން އަދި މީރުބަހުރު ހިނގުން ހިމެނޭ ސަރަޙައްދުން ހެނދުނު 9 އިން މެންދުރު 12 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.
އޭގެ އިތުރުން ބުރުޒުމަގާއި އައިމިނާރަނި ހިނގުން ހިމެނޭ ސަރަހައްދުން ހެނދުނު 10 އިން މެންދުރު 12 އާ ދެމެދު ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުންޏެވެ.
މާލޭގެ ގުލޭނޫރަން މަގާއި ސިއްކަގޯޅި އަދި ކަރަންކާމަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑޭނެ ކަމަށް ލަފާކޮށްފައިވަނީ މެންދުރުފަހު 2 އިން ހަވީރު 4 އާ ދެމެދު އެވެ.
ހުޅުމާލެ 1ގެ ނިރޮޅުމަގާއި ދިއްގާމަގާއި ހިރުނދުމަގު އަދި ނިރޮޅުމަގު ގޯޅި 11،12،13 ހިމެނޭ ސަރަޙައްދުން ކަރަންޓު ކެނޑޭނެ ކަމަށް ލަފާކޮށްފައިވަނީ ހެނދުނު 10 އާއި 11 އާ ދެމެދު އެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްބެ
21 June 2025
ތި އަޕްގްރޭޑެއް ނުނިމުނެއްނު
ސަންޓާނާ
21 June 2025
ނޫހުގައި ކަރަންޓު ނެނޑޭނެ ތަންތަނުގެ މަގުތަކާ ގުޅޭ ޗާޓެއް ހިމަނާލި ނަމަ ފަސޭހަވީސް