ޗައިނާގެ އިތުރު މަންޒިލަކަށް ދަތުރުތައް ކުރަނީ -- ފޮޓޯ: މިހާރު
07 ޖުލައި 2025 - 10:08
ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޗައިނާގެ ޝެންޒެން އަށް ދަތުރުތައް ފަށަން ނިންމައި މިރޭ ފުރަތަމަ ދަތުރަށް ތައްޔާރުވެއްޖެ އެވެ.
މޯލްޑިވިއަން އިން ބުނީ، މިރޭ ޗައިނާގެ ޝެންޒެންއަށް ދަތުރުކުރާއިރު އެ ސިޓީން ރާއްޖެއަށް ދަތުރުކުރާނީ ބުދަ ދުވަހު ކަމަށެވެ.
އެ އެއާލައިނުން ބުނީ، އަންނަ މަހުގެ 21 ގެ ނިޔަލަށް ކުރާ ސީޒަނަލް ދަތުރުތަކުގައި ކޮންމެ ހަފްތާއަކު އެއް ދަތުރު ކުރާނެ ކަމަށެވެ. އެ ސިޓީއަށް ދަތުރު ފެށީ މިދުވަސް ވަރު އެ ސަރަހައްދުން ރާއްޖެއަށް އަންނަން ޑިމާންޑް ބޮޑުވުމުންނެވެ.
ޝެންޒެން ސިޓީއަށް ދަތުރުތައް ކުރަނީ މޯލްޑިވިއަންގެ އޭ320 މަތިންދާބޯޓުގަ އެވެ.
ޝެންޒެން ސިޓީއަށް ދަތުރުތައް ފެށި އިރު ޗެންގްޑޫ އާއި ބެއިޖިން އާއި ޝެންހާއީ އަށް ދަތުރުތައް ވެސް ކުރާނެ އެވެ. އެ ތިން ސިޓީއަށް ޝެޑިއުލް ދަތުރުތައް ކުރަނީ މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓުންނެވެ.
މޯލްޑިވިއަން އެއާލައިންގެ ފްލީޓުގެ އަދަދު މިހާރު 25 އަށް އަރަ އެވެ. އެ އެއާލައިނުން އަންނަނީ މިހާރު 29 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިފާއު .
07 July 2025
ސަޅި
ޝިހާދު މުހައްމަދު
07 July 2025
ޗައިނާއަކީ އަހަރުންނަށް އެއްމެ ބޮޑަށް ހޯދޭނެ މާކެޓް. ގިނަ ފައިދާ ތަކެއް ނެގޭނެ. ޓޫރިޒަމަށްވެސް އަދި މޯލްޑިވިއަންއަށްވެސް މިހެން.
އަލްސަންް
07 July 2025
ސާބަހޭ. ރާއްޖޭގެ އެއާލައިން ދުނިޔެ ފެންވަރުގައި ފިޔަޖަހާނެކަން ކަށަވަރު.
އަފްސަލް ހަމީދު
07 July 2025
ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ މޯލްޑިވިއަން ކުރިއަރުވަން ސަރުކާރުން ކުރާ މަސައްކަތް. މީގެ ސަބަބުން ފައިދާކުރާނެ ކުންފުންޔަށް.
ސަމަދްް
07 July 2025
ރާއްޖޭގެ ޓުއަރިޒަމް ސިނާއަތް ކުރިއެރުވުމަށް އެޅިގެންދާ ވަރަށް ބޮޑު ފިޔަވަޅެއް މިއީ.
ޝަފީޤާާ
07 July 2025
ރައީސް މުއިއްޒުގެ ތަސައްވަރު ވަރަށް ސާފް. މިއީ މި ގައުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް.