މާލިއްޔަތު ކޮމިޓީ. އޭސީސީއާ އެކު މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުން ސިއްރު
09 ޖުލައި 2025 - 11:43
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން އޭސީސީއާ އެކު މިއަދު ބޭއްވި ބައްދަލުވުން އެ ކޮމިޝަންގެ އެެދުމުގެ މަތިން ސިއްރު ކޮށްފި އެވެ.
މިއަދު ހެނދުނު 10:00 އަށް ތާވަލުކުރި ބައްދަލުވުމަށް އެޖެންޑާ ކޮށްފައި އޮތީ އޭސީސީން ނިންމަން ޖެހޭ މަސައްކަތްތައް ނިންމުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މައުލޫމާތުތައް އޮޅުން ފިލުވުމެވެ.
އެންސްޕާ އޮފީސް ބިންޑިން ކުއްޔަށް ދިން މައްސަލައާ ގުޅޭ ގޮތުން ބައެއް މައުލޫމާތުތައް ވެސް އޮޅުން ފިލުވަން މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.
އެންސްޕާގެ އޮފީސް ހިންގުމަށް ކުއްޔަށް އިމާރާތެއް ނެގި މައްސަލައާ ގުޅިގެން މީގެ ކުރިން އޭސީސީން ވަނީ އެންސްޕާ އާއި ފިނޭންސް މިނިސްޓްރީގެ އިމާރާތަށް ވެސް ވަދެފަ އެވެ.
މއ. ސީރާޒީގެއިން ތިން ބުރީގެ ތަނެއް 580،000ރ. މަހަކު ދައްކާ ގޮތަށް އެންސްޕާއިން އެ އިމާރާތް ކުއްޔަށް ނެގުމުން އާންމުންގެ ފާޑުކިޔުން އަމާޒުވެ، އެ އެއްބަސްވުން ފަހުން ވަނީ އެންސްޕާ އިން ބާތިލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޫލުމީ
09 July 2025
މީ ކިހިނެއް ވާކަމެއް ތަ؟. ވަގުންގެ ވާހަކަތައް ހަމަ ސިއްރު ވަނީ އިއްތިފާގަކުންތަ؟ އެވަގުތު ގަޕޯ މެން ވެސް ހަމަ ހަނުތަ؟