22 ޖުލައި 2025 - 20:45
މި މަހު އުމްރާގެ އަޅުކަމަށް ދާ ދިވެހިން ގެންދިއުމަށް ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގައި ތިން ދަތުރެއް ކުރަން ހަމަޖައްސައި މިއަދު ފުރަތަމަ ދަތުރުކޮށްފި އެވެ.
މޯލްޑިވިއަނުން ބުނީ މިއަދު އެ އެއާލައިންގައި އުމްރާގެ އަޅުކަމަށް ދާ ފުރަތަމަ ގްރޫޕް ޖިއްދާއަށް ގޮސްފައިވާ ކަމަށެވެ. މިއީ މުސާފިރު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން ގޮވައިގެން ކުރި ދަތުރެއް ކަމަށާއި އަނެއް ދެ ދަތުރަކީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށްދާ މީހުން ގެންދާ ދެ ދަތުރު ކަމަށް ބުންޏެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމަށް ދަތުރުތައް ކުރުމުގެ ފުރުސަތު ލިބުމަކީ އެ ކުންފުންޏަށް ލިބޭ ފަހުރެއް ކަމަށެވެ. މިއީ އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމަށް މޯލްޑިވިއަނުން ކުރާ ފުރަތަމަ ދަތުރުތައްކަން ފާހަގަކުރައްވާއި އޭނާ ވިދާޅުވީ މިއީ އެ އެއާލައިނުގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ކުރާ ދަތުރުތަކެއް ކަމަށެވެ.
މި މަހު މޯލްޑިވިއަންގެ ފްލައިޓުތަކުގައި 750 ފަސިންޖަރުން އުމްރާގެ އަޅުކަމަށް ސައޫދީއަށް ދަތުރުކުރާނެ އެވެ.
މޯލްޑިވިއަނުން މި އަހަރު ވަނީ ރާއްޖޭން ހައްޖަށް ދިޔަ މީހުން ވެސް ސައޫދީއަށް އުފުލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
23 July 2025
މީގެ ކުރީގައިވެސް ޔާމީނުގެ ސަރުކާރުގައި މޯލްޑިވިއަންގައި އަހަރަމެން ދިޔައިން މައްކާ އަށް ، އެފަހަރު އެބުރި އައިމަގުމަތީ އިންޑިޔާގެ މުންބައީގައި ޖައްސާފައި ތެޔޮ ނުލިބިގެން 10 ގަޑިއިރު ބޯޓް ގައި ތިބެންޖެހުނު ،