24 ޖުލައި 2025 - 23:48
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ޓިކެޓު ބުކްކުރާއިރު އައިޑީ ކާޑާއި ޕާސްޕޯޓުގެ ކޮޕީ ހުށަހަޅަން ނުޖެހޭ ގޮތަށް އައިލެންޑް އޭވިއޭޝަނުން ހަމަޖައްސައިފި އެވެ.
އެ ކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ޓިކެޓު ބުކްކުރާއިރު، އަންނަ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އައިޑީކާޑު ނުވަތަ ޕާސްޕާޓު ކޮޕީއެއް ދެން ބޭނުންނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި، ރަސްމީ ލިޔުމެއްގައި އޮންނަ ގޮތަށް މައުލޫމާތުތައް ހިއްސާކުރުމުން ޓިކެޓަށް ނަން ނޯޓު ކުރެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
ނަމަވެސް، އެ މައުލޫމާތުތަކުގައި މައްސަލައެއް އުޅޭ ނަމަ [email protected] ނުވަތަ މޯލްޑިވިއަންގެ ކޯލް ސެންޓަރު 1671 އަށް ގުޅައި ހިއްސާ ކުރެވޭނެ ކަމަށް ބުންޏެވެ. މައުލޫމާތު އިސްލާހު ކުރުމަށް އެއްވެސް އަގެއް ނުނަގާނެ އެވެ.
އެ ކުންފުނިން ބުނީ ޓިކެޓު ބުކިން ޕްރޮސެސް އަށް ބަދަލުތަކެއް ގެނައީ ކަސްޓަމަރުންގެ ޕްރައިވަރީ ރައްކާތެރިކުރުމާއި ފަސޭހަކޮށްދިނުމަށް ކަމަށެވެ.
ނަމަވެސް ދަތުރުކުރާއިރު މިހާރެކޭ ވެސް އެއްގޮތަށް މުއްދަތު ހަމަނުވާ އައިޑީ ކާޑު ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓު އަތުގައި އޮންނަން ޖެހޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަން އިން މިހާރު ވެސް ރާއްޖޭގެ 18 މަންޒިލް އަދި ބޭރުގެ ހަތް މަންޒިލަކަށް ދަތުރުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްތަގުދިނާ
25 July 2025
ތިކަހަލަ ކޮންމެހެން އެހާ މުހިންމުނޫން ފަސޭހަތައް ނުދިނަސް، ގިނަގިނައިން ދަތުރުކުރާ މީހުންނަށް ޑިސްކައުންޓު ލިބޭ ޕްރޮގްރާމަކާއި، ކުރިން ޓިކެޓް ގަތީމަ އަގުހެޔޮވާ އުސޫލެއް ތަޢާރަފް ކޮއްބަލަ.
ގެދޮރުނެތް މާލޭމީހާ
25 July 2025
ޚަބަރު ނުކިޔާ ކޮމެންޓް ނުކޮށްބަލަ. 1 އޯގަސްޓުން ފެށިގެން ލިޔުން ބޭނުން ނުވާ ވާހަކަ ބުނީމަ އިއްޔެވެސް އެހިޔޯ.
ބަބްސް
25 July 2025
ދިވެހިން މޯލްޑިވިއަން ބޭނުންކުރަނީ އެހެންގޮތެއް ނެތީމަ. އަގުބޮޑުވުމުގެ އިތުރުން އޮންލައިންކޮށް ބުކް ކުރަންވެސް އެހާއުނދަގޫ.
އަބްޑޫޅް +
25 July 2025
"ރަސްމީ ލިޔުމެއްގައި އޮންނަ ގޮތަށް މައުލޫމާތުތައް ހިއްސާކުރުމު"ގެ ބަދަލުގައި، ރަސްމީ ލިޔުމެއްގައި އޮންނަ ގޮތަށް މައުލޫމާތުތައް ލިޔުމުން ފުދޭނެތަ؟
މެންގްރޫވް
25 July 2025
އިއްޔެ ޓިކެޓް ނަގަން ދިޔައީމަވެސް ސުވާލުކުރި ޕާސްޕޯޓް ކޮބާތޯ؟
ޢަޒީ
25 July 2025
ޢީފާސް އޮތިއްޔާ ކީކުރާ އައިޑީއެ؟
ޑިޖިޓަލަމޭން
25 July 2025
2.0 އަންނަނި ބައެއް ތަންތަނަށޭ… މޯލްޑިވިއަން އަދި 2.0 އަށް ނުދޭ ޖާހިލިއްޔަ ޒަމާނުގަ އުޅެނީ.. އެކަމު އެމްއޭސީއެލް ޑިޖިޓަލައިޒްވެފަ.. ދެން ދޭތި ދިމާނުވާތީ ހުރިހާ ދުއްޕާނެއް އާންމުނަށް އެހެންވީމަ ތިބެން މިޖެހެނީ 1.0 ގައި..
ބަބްސް
25 July 2025
ތެދެއް ތިބުނީ ... ހެއްވާ ކަމެއް. ބަޔެއް އޮފީސްތަކަށް ޢީފާހޭ ބުނީމަ ދެލޯއަޅައިގެން ހުންނަނީ.
ގަރުދިޔަ
25 July 2025
ޑޮމެސްޓިކް ޓާމިނަލްތަކުންވެސް ޗެކިންވެ ނިމޭއިރު ބޯފެންފުޅި ވެސް އަތުލާ. ބޯފެން ލިބޭނެ އިންތިޒާމެއް ނުހުރޭ ފުލައިޓް ޑިލޭވެ ތިންހަތަރު ގަޑިއިރު ވީމަ ލިބެނީ 80 ރުފިޔާ. ފަސިންޖަރުންގެ ޙައްޤުތައް ވަނީ ނިގުޅާގެންފަ
މަހޭބެ
25 July 2025
ސުވާލަކީ 3 ހަތަރުތަނުން އައިޑީ ކާޑް ޗެކްކުރަނީ ކޮންބޭނުމަކުހޭ. ބައެއް ދުވަސްތަކުގައި ކިއުދިގުވެގެން މީހުންތައް ތޮށްޖެހޭއިރުވެސް އައިޑީކާޑާ ބޯޑިންގ ޕާސް ޗެކްކުރަން ހުންނަ ސެކިއުރިޓީ އޮފިސަރު އޭނަގެ މުހިންމުކަން ދަންކަން އެއްވެސް އަަވަސްކުރުމެއް ނެތި ހުރެއެވެ. ޗެކިން ކުރާއިރު އައިޑީ ކާޑުބޭނުންވޭ އަދި ބޯޑިންގް ކުރާއިރު އައިޑީކާޑު ބަލާފަ ބޯޑުކުރަކީ ދެންކީންކުރަންހޭ ސެކިއުރިޓީ ޗެކިންނަށް ވަންނައިރު އައިޑީ އަދި ބޯރޑިން ޕާސްޗެކްކުރަނީ؟
ޙގގގގފދދ
25 July 2025
އާން އަދި އަވަސް ކޮށްދެން ބުނީމަވެސް ބުނަނީ އެއާލައިން އިން ބަލާ އަންނާނެޔޯ ލަސް ވަންޏާ. ބުނާއިރު ނޭންގޭ މި މީހުންގެ ނާގާބިލް ކަމުން ކަމެއް ސެކިއުރިޓީ ކިއު ދިގުވަނީ.. އޮފްލޯޑް ކުރާއިރުވެސް އަނގަ މައްޗައް ޖަހައިގެން ތިބެނީ
ބޭކާރު ވާހަކަ
25 July 2025
ތޮއްޖެހިފަ އޮންނަ ތަނަކުން ބޯޓަށް އަރަނީ ރަނގަޅު މީހާ ތޯ ބަލަން
ބޭޗާރާ
25 July 2025
އެއީ ތިމާޔާ އެހެންމީހުންގެ ސަލާމަތަށް. ސެކިއުރިޓީއަށް ވަންނައިރޭ ދޯ ތިކިޔަނީ؟ ތިދަނީ ފެރީއަކަށް އަރަންތ؟ އައިޑީ ކާޑު ދައްކަންޖެހުނީމާ އެވެސް ބުރަކަމަކަށްވީ ދޯ؟
ޒަރީރު
26 July 2025
ޗެކިން ކްލޯސްކުރާ ގަޑިޔަށް ޗެކިން އަށްދަނީ ، ޗެކިން ނިންމާފަ ސައިބޯން ބޯޑިންގ އަށް ގޮވާއިރުވެސް. ފަައިނަލް ކޯލް ގޮވީމަ އަންނަގޮތަށް ނުވަދެވުނީމަ ނާގާބިލް ވަނީ ކޮން ބައެއްތޯ
މިވަރެއްނެތް
25 July 2025
އައިޑީކާޑުގެ މުއްދަތު ހަމަވިތޯ ބަލަނީ ކީއްކުރަންތަ؟ ތިވެރިންގެ ޑޮމެސްޓިކް ފްލައިޓެއްގެ ސިކިއުރިޓީ ސްކްރީނިނިންގ ދުބާއި، ސިންގަޕޫރު، މެލޭޝިޔާ ފަދަ ގައުމުތަކުން ފުރާއިރުވެސް ނުކުރާވަރަށް ކުރަންޖެހޭ! ބެލްޓާ، ވޮލެޓާ، ފެން އެހެން ގޮސް ކިޔާނެކަމެއް ނަމެއް. ބޮޑު އުނދަގުލަކަށްވޭ
ބަކަރިބޯ
25 July 2025
ތިބުނާގައުމުތަކުގައިވެސް އޮންނަނީ ހަމަ މިގައުމުގައިވެސް އޮންނަގޮތަށް. އުދަގޫވަންޏާ އާގުބޯޓަކަށް އަރައިގެންދޭ.
ރަމްޒު
25 July 2025
ތިޔަ ނަން ކިޔާލި ގައުމުތަކަކީ ވަރަށްގިނަ ދިވެހިން މިހާރު އާއްމުކޮށްދާ ގައުމުތައް.އެތަންތަނުގެ ސެކިއުރިޓީ ޕްރޮސީޖަރތައް އަހަރުމެންނަށް އެނގޭ.. "މިވަރެއްނެތް" އަށް އަދި ކިރިޔާ ތިތަންތަނަށްދޯ ދެވުނީ.. ދިވެހިން ނުދާ ތަނެއްގެ ވާހަކަ ދައްކާލިނަމަ ދީ.
2025
25 July 2025
ޢިންޑިޔާ ޓިކެޓް މިހާރު ހާދަބޮޑޭ އަގުހެޔޮކޮށްބަލަ.....ބޮއިހަލަކި
ބޒވސވ
25 July 2025
ލިބޭތާ ލިބިގަންނާށޭ އޮންނަނީ. ނުލިބޭތާ ޖަހައިގަންނަންވެސް ލަހެއްނުވާނެ