ވިޔަފާރި / އެޑްވަޓޯރިއަލް

ޒަމްޒަމް ހައްޖު-އުމްރާ ޖަމާއަތާ އެކު އުމްރާ އަށް ދާންވީ ކީއްވެ؟

ޒަމްޒަމް ގްރޫޕުގެ އޮފިޝަލުން މައުލޫމާތު ދެއްވަނީ: އެ ޖަމާއަތާ އެކު ދަތުރުކުރާ މީހުންނަށް ދީނީ ދަރުހާއި އެކިއެކި މުހިންމު މައުލޫމާތުތައް ފޯރުކޮށްދޭ

ރާއްޖޭގައި ހައްޖަށާއި އުމްރާ އަށް މީހުން ގެންދިއުމަށް ވަރަށް ގިނަ ޖަމާއަތްތައް އުފެދިފައިވާ އިރު މިއީ ވަރަށް ހާއްސަ ޖަމާއަތެކެވެ. އޭގައި ސަބަބުތަކެއް ވެސް އެބަހުއްޓެވެ. އުމްރާ އަށް ދާން ޒަމްޒަމް ހައްޖު އުމްރާ ޖަމާއަތް އިޚްތިޔާރުކުރަން ޖެހޭ މުހިންމު ބައެއް ކަންތައްތަކަކީ މިއީ އެވެ؛

- ޖަމާއަތުގެ ވެރިޔާ އަބްދުލް އަޒީޒް: މަޝްހޫރު ދީނީ އިލްމުވެރިޔާ އަބްދުލް އަޒީޒް ނުވަތަ އެންމެންގެ ވެސް އަޒީބެ އަކީ ހައްޖާއި އުމްރާގެ އަޅުކަން އަދާކޮށްދިނުމަށް މީހުންނަށް އެހީތެރިވެވަޑައިަގަތުމުގައި ނަމޫނާ ބޭފުޅެކެވެ. ހައްޖާއި އުމުރާގެ މަސައްކަތުގައި އޭނާ ދެމިހުންނަވާތާ 25 އަހަރުވީ އެވެ. އޭނާގެ ތަޖުރިބާ ހުރިހާ އެންމެންނަށް ވެސް ވަރަށް މުހިންމެވެ.

- މައްކާ އާއި މަދީނާގައި ތިބުމުގެ އިންތިޒާމް: ޒަމްޒަމް ގްރޫޕުން އަބަދުވެސް އިޚްތިޔާރު ކުރަނީ ދެ ހަރަމްފުޅުގައި ވެސް އެންމެ ކައިރިން އެއިރެއްގައި ލިބެން ހުންނަ އަދި ލިބޭ ފައިސާއިން ހަމަޖެއްސޭވަރުގެ އެންމެ ފެންވަރު ރަނގަޅު ހޮޓާތަކެވެ. މާޒީވެދިޔަ ތަނުގައި ވެސް ކަންތައް ކޮށްދީފައި ވަނީ އެ ގޮތަށެވެ. މި އަހަރުގެ ރޯދަ މަހު އުމްރާ އަށް ވަޑައިގަންނަވާ ބޭފުޅުންނަށް ވެސް ވަނީ އެހާމެ ހިތްހަމަޖެހޭ ހޮޓަލެއްގައި އަރާމުގައި ތިބެލުމުގެ އިންތިޒާމް ގްރޫޕުން ހަމަޖައްސައިދީފަ އެވެ.

- ކެއިންބުއިމުގެ އިންތިޒާމްތައް: ޒަމްޒަމް ގްރޫޕާ އެކު އުމްރާ އަށް ވަޑައިގަންނަވާ ބޭފުޅުންނަށް އެންމެ ފުރިހަމަ ގޮތުގައި ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަކީ ގްރޫޕުން އެންމެ އިސްކަން ދޭ ކަންތަކެވެ. ކޮންމެ އަހަރަކު ވެސް ޖަމާއަތުން ދަނީ ދިވެހިންނާއި ގުޅޭ ގޮތަށް ކެއުންތައް ތައްޔާރުކޮށް ދެމުންނެވެ. ޚާއްސަ ގޮތެއްގައި ދިވެހި ރަހަތައް ކޮންމެ އިރެއްގެ ފަރިއްކޮޅުގައި ވެސް ހިމެނިފައިވެ އެވެ.

- ދަތުރުފަތުރުގެ އިންތިޒާމް: މައްކާ އަދި މަދީނާގައި ގްރޫޕާ އެކު ވަޑައިގަންނަވާ ބޭފުޅުން ބޭނުންފުޅު ކުރައްވާނީ އެންމެ ފެންވަރު ރަނގަޅު އެއާކޯން ބަސްތަކެވެ.

އުމްރާ އަށް ވަޑައިގެންނެވި ބޭފުޅުންތަކަކާ އަޒީބެ ވާހަކަ ދައްކަވަނީ: މައްކާ އާއި މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރުމުގެ އިންތިޒާމް ހަމަޖައްސައިދޭ

- މައްކާ އާއި މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރުން: އުމްރާ އަށް ވަޑައިގަންނަވާ ބޭފުޅުން މައްކާ އާއި މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރުމުގެ އިންތިޒާމް ގްރޫޕުގެ ފަރާތުން ފަހިކޮށްދޭނެ އެވެ. މުހިންމު ތަންތަނަށް ޒިޔާރަތް ކުރާއިރު ގްރޫޕުގެ ޝެއިޚުން އެ ތަންތަނާ ބެހޭ މައުލޫމާތު ވެސް ދެއްވާނެ އެވެ.

ގްރޫޕާ އެކު ވަޑައިގަންނަވާ ބޭފުޅުންނަށް ހިލޭ ފޯރުކޮށްދޭ ތަކެތި: ޒަމްޒަމް ފެންފުޅިއެއް (ފަސް ލިޓަރުގެ)، ފައިވާން ލާ ކޮތަޅު، އަޅުކަން ފުރިހަމަކުރާނެ ގޮތުގެ އަތްމަތީ ފޮތް، އަދި މީގެ އިތުރުން ރޯދަމަހު ޢުމްރާގައި ފޮށި، އަތް ދަބަސް، އިހުރާމް.

ޒަމްޒަމް ގްރޫޕާ އެކު އުމްރާ ފުރިހަމަ ކުރެއްވި ބޭފުޅެއްގެ ވާހަކަ

އުމްރާގެ އަޅުކަމަށް އަޅުގަނޑު ސައުދީ އަރަބިއާ އަށް ދިއުމާ އެކު ފުރަތަމަ ވެސް ފާހަގަކުރެވުނީ ގްރޫޕުގެ އެހީތެރިންގެ ހިތްހެޔޮ ކަމެވެ. އަޅުކަން ނިންމުމަށް ފަހު ރާއްޖެ އައުމާ ހަމައަށް ޝަކުވާއެއް ކުރާނެ ފުރުސަތެއް ގްރޫޕަކުން ނުދެ އެވެ. ހުރިހާ ވެސް ކަމެއް ކޮށްދީފައި ވަނީ ބައިވެރިން އެންމެ ހިތްހަމަ ޖެހޭ ގޮތަށެވެ. ފަހަރެއްގައި މީހަކު ހިތްހަމަ ނުޖެހޭ ކުޑަ ކަމެއް ހުރެދާނެ އެވެ. އެކަމަކު އަޅުގަނޑު އެއްވެސް ޝަކުވާ އެއް ގްރޫޕާ މެދު ނެތެވެ. ކުރަންޏާ ކުރަން އޮތީ ކަންކަން ރަނގަޅުވެގެން ކުރާނެ ޝަކުވާ އެވެ. ރާއްޖެ އިން ފުރިއިރަށް ވުރެ ބަރުދަން އިތުރުވުމުގެ ޝަކުވާ އެވެ. ގްރޫޕުގެ ކެއުން މާބޮޑަށް ވެސް ރަނގަޅީ އެވެ. އަޅުގަނޑު ބައެއް ފަހަރު ހިތަށް އަރަ އެވެ. މިވަރަށް ކާން ނުހަދާށޭ ވެސް ބުނެފާނަމެވެ.

ޒަމްޒަމް ޖަމާއަތާ އެކު އުމްރާ އަށް ވަޑައިގެންނެވި ބޭފުޅުން ކޭން ބައްލަވަނީ: ޚިދުމަތް ފުރިހަމަ

ޒަމްޒަމް ގްރޫޕުން އަޅުގަނޑަށް ފާހަގަވި އަނެއް ކަމަކީ ކޮންމެ ދުވަހަކުހެން ދެއްވާ ދީނީ ދަރުސްތަކެވެ. ޚާއްސަކޮށް ގްރޫޕުގެ ވެރިޔާ އަޅުގަނޑުމެން އެންމެންގެ އަޒީބެ ބައެއް ފަހަރު ޖޯޝާ އެކު އަނެއް ބައި ފަހަރު ކަރުނައާ އެކު ދެއްވާ ދީނީ ތަގުރީރުތަކަކީ ނަފްސު އިސްލާހު ކުރަން ލިބޭނެ ރަނުގެ ފުރުސަތެކެވެ. ހަމަގައިމު ވެސް ކަނުލާ އަޑު އަހައިފި މީހަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ އެވެ.

އަޅުގަނޑުމެން މައްކާގައި ތިބީ ހަރަމްފުޅާ މާދުރުނޫން ހިސާބުގެ ހޮޓަލެއްގަ އެވެ. ކޮޓަރިތައް ހިތްފަސޭހަ އެވެ. ތަނަވަސް ލޮބީ އޭރިއާ އެކެވެ. ގްރޫޕުގެ އިސްވެރިން ބުނި ގޮތުގައި ކޮންމެ ފަހަރަކު ވެސް އިސްކަން ދެނީ ހަރަމާއި އެންމެ ކައިރިން އެންމެ ފެންވަރު ރަނގަޅު ހޮޓާތައް ހޯދުމަށެވެ.

މައްކާ އާއި މަދީނާގެ އެކި ތަންތަން ބަލާލަން ކުރި ދަތުރަކީ ހަމަގައިމު ވެސް އެ ދަތުރުގައި ބައިވެރިވި ކޮންމެ މީހަކު ދެ ވަނަ ފަހަރަށް ސައުދީ އަށް ދާން ޝައުގުވެރިވާނެ ދަތުރުތަކެކެވެ. ހިތްގައިމު ބަސްތަކުގައި ދަތުރު ކުރާ އިރު ދީނީ ނަސޭހަތް ދޭން ފެށުމާ އެކު ބައެއް ފަހަރު ހިތުގައި ސުވާލުތައް ވެސް އުފެދެ އެވެ. އެކަމަކު ދަރުސް ނިމިގެން ދާއިރު އުމްރާގެ އަޅުކަމާ ބެހޭ ގޮތުން އިތުރަށް އޮޅުންފިލުވާނެ ކަމެއް ނޯވެ އެވެ. ގްރޫޕުގެ ޝެއިޚުންގެ ކުޅަދާނަ ކަމެވެ. ޚާއްސަކޮށް އަޅުގަނޑު މިހާރު ވެސް ހަނދާން ހުންނަ އެއްކަމަކީ އުހުދު ހަނގުރާމަ ހިނގި މައިދާނުގައި ވަރަށް އަސަރާ އެކު އަޒީބެ ތަގްރީރު ދެއްވަމުން ދިޔައިރު ކަރުނަތައް ފައިބަމުން ދިޔަ މަންޒަރެވެ. ހިތަށް އެރީ މި ގްރޫޕާ އެކު ދަތުރެއްކޮށްލާނެ އިތުރު ފުރުސަތު ލިބޭނެ ނަމައޭ އެވެ.

ޒަމްޒަމް ގްރޫޕާ އެކު އުމްރާ އަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން އިތުރު މައުލޫމާތު ހޯއްދަވަން ގުޅުއްވާނީ: 7766130، 7911121، 7776174

12 ކޮމެންޓް, 47 ރިއެކްޝަންސް

icon happy icon happy 72%
icon sad icon sad 4%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާލިމީ

22 May 2017

އުމްރާ އަށް މީހުން ގެންދާ ގްރޫޕްތައް ދާދި އެއްގޮތްވާނީ. މައްކާގައި ތިބެނީ އެއް ހިސާބެއްގައި. މިހެން ބުނާއިރު ދެތިން މިނިޓްގެ ތަފާތެއް ހުރެދާނެ. އަޒީބެ ކާރިވެސް ވެދާނެ ދުރުވެސް ވެދާނެ. ކެއުމުގައި ދިވެހި ކެއުން ހުރިހާ ގްރޫޕެއްގައިވެސް އޮވޭ. ހުރިހާ ގްރޫޕަކުންވެސް ޒިޔާރަތް ކުރަނީ ޢެއްތަނަތަނަށް. އަޒީބެގެ ހިތްހެޔޮކަން އެހެން މީހުނަށްވުރެން އިތުރުވާނެ.

The name is already taken The name is available. Register?

ޢަބްދުއްރަޙްމާނު

22 May 2017

އެކި ޚިޔާލުގެ މީހުން، އެކި ޢުމުރުގެ މީހުން، އެކި ފެންވަރުގެ މީހުން ގޮވައިގެން އުޅޭއިރު އެމީހުންގެވެސް އެތައް މައްސަލައެއް ހުންނާނެތާ؟ ގަޑިގަޑިއަށް ތަންތަނަށް ދާން ބަސް ތައްޔާރުވެފައި އޮންނައިރު ނުނިކުތުމާއި، ދަތުރު މަތީގައި ހިސާބަށްވުރެ ލަސްވުމާއި، އަޅުކަމާއި ޙަރަމްފުޅުތެރޭ އަދި އެހެން ކަންކަމުގައިވެސް ދޭ އިރުޝާދުތަކަށް ތަބާނުވުމާއި، މިފަދަ އެތައް ކަމެއް މި މީސްމީހުންގެ ހުންނާނެތާ ދޯ. އެކަމަކު އަޒީބެގެ ގްރޫޕުން މިފަދަ އެއްވެސް ކަމަކާއި ގުޅިގެން މީހަކަށް ބުރަބަހެއް ބުނީތީ އަޑެއް ނާހަން. ޝަކުވާކުރީތީ ނުދެކެން. ހިނިތުންވުމާއެކު އެންމެނާށް ޚިދުމަތްދެމުން ގެންދިޔައީ. ދީނީ ދަރުސްތަކަކީ ޙަޤީޤަތުގައިވެސް ވަރަށް އަސަރުން ފުރިގެންވީ ޢިބުރަތްތެރި ފިލާވަޅުތަކެއް. ދެން ޒަމާނާއި ގުޅިގެން އަންނަ ކުރިއެރުންތަކާއިއެކު މަޢުލޫމާތު ދިނުމާއި، ދަތުރުމަތީ ނަމާދުފަދަ ކަންކަމުގައި ބައިވެރިންނަށް އިތުރު އިރުޝާދު ދިނުމަށް ސަމާލުކަން ދެއްވާ!

The name is already taken The name is available. Register?

ފާތިހު

10 May 2017

އަޒީބެ ވަރެއް ނެތް. ހަމަ ތަޖުރިބާ ކޮށްލުމުން ނޫނީ ނޭނގޭނެ.

The name is already taken The name is available. Register?

އަޑީބް އެންޑް ބަދީއް

10 May 2017

އަޒީބެއަށް އެވޯޑެއް އަރުވަންފެނޭ.

The name is already taken The name is available. Register?

ާަަމުހަންމަދުފުޅު

10 May 2017

ޒަމް ޒަމް ގުރޫޕް ބަރާބަރު ގުރޫޕް.

The name is already taken The name is available. Register?

އަހުމްދު

10 May 2017

އަޒީބެވަރެއްނެއި

The name is already taken The name is available. Register?

އިބްރާ

10 May 2017

ޒަމްޒަމް ގުރޫޕާއި އެކު ފުރުމުގެ ކުރީން ގުރޫޕައް އެއްމެބޮޑެތިމައްސަލަތައް ދިމާވެ ލަސްވި ދަތުރު އުމުރާއައް ދިޔަމީހެއގެ ހައިސިއްޔަތުން ބުނެލަން އޮތީ ޤުރޫޕްގެ ޚިދްމަތްތައް ވަރައް ރަނަގަޅޭ ..ކެޔުމައި މައްކާއި މަދީނާގައި ތިބިއިރު އަޒީބެ އަދި އެހެން ޝެއިހުންގެ ފަރާތުން ލިބުނު ނަސޭހަތާއި އިރުޝާދު ފުރިހަމަ.. އިސްލާހް ކޮށްލަން ޖެހޭ ދެތިން ކަމެއް ފިޔަވާ....ފުރަތަމަކަމަކީ ދަތުރުމަތީގައި ޝެއިހެއްގެ ދީނީ އިރުޝާދު ނިމިބުން...ހާއްސަކޮށް އަލައްދާމީހުންނާއި ގިނަދުވަސްކޮށްފައި ދާމީހުންނަށް ..އިމިގުރޭޝަން ކިޔުގަ ގިނައިރު ވާނެ މިންވަރާއި އެއްޖިހި ތަޖްރިބާ ކޮށްފައި ނެތްމީހުނަށް...ރޭގަނޑުގެ ނަމާދުތައް ބޯޓްމަތީގައި ކުރުމަށާއި ..އިމިގްރޭޝަން ކިޔުން ސަލާމަތްނުވެ ނަމާދުވަގުތު ހިނގައިދާނެކަމާއި ފިފަދަ މަޢުލޫމާތެއް ނުލިބޭ...ކިޔުން ސަލާމަތްވީ ގައިގަނޑަކަށް އެއްމެފަހުން .އޭރު ރޭދެބަިވަނީ ..ބޭރައް ނުކުންއިރު އޮފިސަލުން އެންގީއަވަހަށް ބަހައްއަރަން..ނަމާދުކުރަން ޖެހުނީ ތެޅިފޮޅެގެން..ބަސްކަޓާފާނެތީ ބިރުން ތިބެ....އެންބުރި އައިރު ތަންކޮޅެއް އަވަހަށް އެތެރެޔައް ވަދެވުމުން ފަތިސްނަމާދު ވަގުތުގައި ކުރެވުނު..އެކަމު ބެއެއްމީހުން އިރު އެރިފަހުން ވަދެވި ނަމާދައް އެރިތަން ފެނުނެ....ވީ މާ ދަތުރުމަތީގައި ޝޭހުން ބައިވެރިވެ އިރުޝާދު ލިބެމުންދިޔަނަމަ މިހެން ނުވީސްކަން ފާހަގަކުރެވެ...މިކަން ބޮޑައް ފާހަގަވީ އެކުގައި އައި އެހެން ގޮރޫޕްތަކުގެ ޝެއުޚުން އިބުރިއަިއިރު ބޯޓްގައި މެންދުރު އަދި އަސުރުކުރުމަޝާއި ތަޔައްމަމް އަދި ނަމާދުކުރާނެ ގޮތުގެ އިރުޝާދު ދެމުންދިޔަލެއް ފުރިހަމަކަމުން

The name is already taken The name is available. Register?

ތަކުރު

10 May 2017

ތަފާތު ގުރޫޕުތަކުން މީގެ ކުރިން އުމުރާއަށް ދިޔައިން. މިދިޔަ އަހަރު ދިޔައީ އަހަރެންވެސް އަޒީބެ އާއި އެކު... އިންސާނުން ކުރާ ކަމެއްވެެއްޖިއްޔާ ކޮންމެސް މީހެއް ނުނީ ބައެއްގެ ޝަކުވާ އެއް ނައިސް ދިއުން އެއީ މުސްތަހީލު ކަމެެއް. އަހަންނަ އިނގުނުކަމަކީ އަޒީބެގެ ހިތް ހެޔޮކަމާއި އޯގަތެރިކަން. އެހެން ބައެއް މީހުންނާ ތަފާތުކޮށް އަޒީބެއަކީ މީހުންނާ ކުރިމަތިލާ މައްސަލަތައް އަޑުއަހާ އޯގާތެރި ކަމާއެކު މުއާމަލާތު ކުރުން ދަންނަ މީހުންގެ ލޯބި ލިބިފަ ހުރި ބޭފުޅެއް. އަދި ވެސް ހަނދާނުން ފިލާގެން ނުދޭއަޒީބެގެ އަސަރުގަދަ ދަރުސްތައް. ކައިރި މުސްތަގުބަލެއްގަ އަދި ވެސް އަޒީބެ އާއި އެކު މައްކާގެ ބިމަށް ދެވޭނެ ކަމަށް އުންމީދު ކުރަން.

The name is already taken The name is available. Register?

ތަސްލީމު

10 May 2017

ތިޔައީ އަޒީބެ ގުރޫޕު ވާހަކައެއް ނޫން. ތަޖުރިބާ ކޮށްފޭ މި ބުނީ!

The name is already taken The name is available. Register?

މުދިންބެ

10 May 2017

ޢަޒީބެ އަކީ ތިކަން ކުރެވޭ ފެންވަރުގެ މީހެއް. މީހުންނާގުޅޭ ވަރަށް ހިއްހެޔޮ ބޭފުޅެއް. އަޒީބެގެ މަސައްކަތަށް ސާބަސްދީ ކާމިޔާބު ދެއްވުމަށް ދުއާ ކުރަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454