ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކޮށްފައިވާ ފްލެޓުތައް: ޕެންޝަން ފަންޑުން ޑައުން ޕޭމަންޓް ދެއްކޭ ގޮތް ހަދަނީ - ފޮޓޯ: ނިޝާން އަލީ/މިހާރު
21 ޖޫން 2016 - 12:01
ގެދޮރު ނުވަތަ ފްލެޓް ގަތުމަށް ޕެންޝަން ފަންޑު މެދުވެރިކޮށް ޑައުން ޕޭމަންޓް ދެއްކޭ ގޮތަށާއި އެކަކަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ވެސް އެ ފައިސާ ދެއްކޭ ގޮތަށް ގަވައިދެއް އެކުލަވާލައިފި އެވެ.
ޕެންޝަން ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހާ ގުޅިގެން ޕެންޝަން އޮފީހުން ވަނީ ގެދޮރު ގަތުމަށް ބޭނުންވާ ޕެންޝަން ސްކީމްގެ ބައިވެރިވެރިންނަށް ޑައުން ޕޭމަންޓް ދައްކައިދޭނެ ގަވައިދެއް ހަދައި ގެޒެޓްކުރަން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.
ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއިލް ސުޖާއު "މިހާރު" އާ ވާހަކަދައްކަވަމުން ވިދާޅުވީ ޕެންޝަން ސްކީމްގެ ބައިވެރިންނަށް ގެދޮރު ގަތުމަށް ބޭނުންވާ ޑައުން ޕޭމަންޓް ދައްކައިދޭ އުސޫލް ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށެވެ.
"އަލަށް ހެދި ގަވައިދުގެ ދަށުން ގޯތި ނުވަތަ ފްލެޓް ގަތުމަށް ޑައުން ޕޭމަންޓް ދައްކަން ދެމަފިރިންނަށް ވެސް ބައިވެރިވެވިދާނެ. އަދި ދެ މީހުންނަށް ވުރެ ގިނަ މީހުން ވެސް ބައިވެރިކުރެވިދާނެ. އޭގެ ބޭނުމަކީ ވީހާ ގެދޮރު ހޯދުމަށް ވީހާވެސް ފަސޭހަ ގޮތްތަކެއް ހޯދައިދިނުން،" އޭނާ ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ އެ ގަވައިދުގެ ދަށުން ޕެންޝަން ސްކީމްގެ ބައިވެރިންނަށް ރާއްޖޭގެ ކޮންމެ ތަނަކުން ދޫކުރާ ފްލެޓެއް ގަންނަން ވެސް ކުރިމަތިލެވިދާނެ ކަމަށެވެ.
"ބޭންކް ނުވަތަ ފައިނޭންސްކޮށްދޭ ފަރާތަކަށް މި ފަންޑުން ދޭނީ ފްލެޓް ގަތުމަށް ބޭނުންވާ 20 ޕަސެންޓާ ފައިސާ އެ މީހެއްގެ ނަމުގައި ހުރިކަމުގެ ޔަގީންކަން. މިހާރު އެންމެ ގިނަ ބަޔަކަށް ދިމާވެފައިވާ މައްސަލައަކީ ޑައުން ޕޭމަންޓަށްވާ ފައިސާ ދެއްކޭނެ ގޮތެއް ނެތުން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔުއާން
21 June 2016
މަ ބޭނުމެއްނެއް ތި ފުލެޓް ގަންނާކަށް އިގޭ.. މަ ބޭނުމީ ރަށުގައި ހުރި އަހަރެންގެ ގެ ހަދަން.. އަމިއްލަ ގެ ހަދަންވެސް ތި ލާރި ހަމަ ދޭން ޖެހޭނެ ދޯ.. އަހަރެންގެ އަމިއްލަ ލާރި ދޯ ތި އީ... ތިހާ ހަރާން ކޯރު ވާކަށް ނުވާނެ ދޯ.. މީހުންގެ ލާރިތައް ނުދީ ހިފަހައްޓާގެން....
އަލޯ
21 June 2016
މިނިސްޓަރު.. ބަލަ މަގޭ ދަރިންނަށް ކިޔަވާދޭން، ހައްޖައް ދާން މަގޭ ރުފިޔާ ނުދީ ފްލެޓް ގަންނަން ލިބެނީ. ތީ ކޮންކަހަލަ އިންސާފެއް. އެންމެން ބޭނުމެއް ނުވާނެދޯ މާލެ ސިޓީއަށް ދިރިއުޅުން ބަދަލުކުރާކަކަށް.
އަޙްމަދު
21 June 2016
ތިގޮތަށް ތިކަން ކުރަންޏާ ރާއްޖެ ތެރޭގައި ގެވަޚު ނަގައިގެން ގެނޭޅިފައިވާ މީހުން ނަށްވެސް ތި ފައިސާއިން އެ ގެތަށް އެޅޭނެ ގޮތެއް އޮންނަންވާނެ.އެހެން ނޫނީ ތީކީ އިންސާގެއް ނޫން.ތި އުޅެނީ ވަކި ބަޔަކު ހިތް ހަމަޖައްސަން.
ކުރާނެ
21 June 2016
ދެން އަތޮޅުތެރޭ ހުރިހާ ރައްޔިތުން މާލެ ގެންނަންވީއެވެ. ޖަޕާނު ބެންކުން ލޯނު ނަގައިގެން މާލޭގައި ބިން އޮތް މީހުން އިމާރާތް ހަދައިގެން ކުއްޔަށް ދޭނީއެވެ. އަތޮޅުތެރެއިން މީހުން ގެނެސްގެންނޫނީ ލިޓިލް ސިންގަޕޫރުގައި ކުލީގެ އަގު އަރައިގެން މިދާ ސްޕީޑުގައި މައްޗަށް ނުދާނެއެވެ. އޭރުން ލިޓިލް ސިންގަޕޫރުގެ އަސްލު ރަށްވެހިން ނިކަމެތިވާނެއެވެ. ދެން ލިޓިލް ސިންގަޕޫރުގެ ކުދިން އިންޖިނިއަރިންގ އާއި މެޑިސިން ހަދަން ސްކޮލަރޝިޕް ދީފާ ފޮނުވާނީއެވެ.
މުހައްމަދު އަހުސަން
21 June 2016
މާލޭގެ ރައްޔިތުން ހުރިހާ މޮޅެއް ލިބޭގޮތައް ކަންކުރަނީ ރާއްޖެތެރޭ ނިކަމެތިމީހާ އަތުން ވެސް ޕެންސަނައް ރުފިޔާކަނޑާ އެކަމަކު އެމީހާއައް އެންމެ ލޯލާރިއެއްވެސް ނެގޭނެ ގޮތެއްނެއިތް ގެދޮރުނޭޅި ދަރިން ބޮޑެތިވެ އެއްކޮޓަރީގަ ނިދަންޖެހިފާވާ އެތައް ބަޔަކު ރާއްޖެ ތެރޭގަ ތިބިއިރު އެމީހުންގެ ހައްގު ގެއްލުވާލާފަ ވަކިބަޔަކައް މޮޅައް ގަވައިދު ހަދާގެން ކަނީ މިއަދު ތިގޮތައް ކަންކުރިޔަސް މަހުސަރު ދުވަހުން މީސްތަކުންގެ ހައްގުތައް ނަހަމަގޮތުގާ ކައިއުޅުނު މީހުން ހިތާމަކުރާނެ މާތްﷲ މިބައިމީހުންނައް ހެޔޮވިސްނުންދެއްވާ ހުރިހާމީހުންނައް ހަމަހަމަގޮތަކައް ޕެންސަން ރުފިޔާ ލިބޭނޭގޮއިތް މިންވަރުކުރައްވާށި އާމީން
މާހިރު
21 June 2016
ރާއްޖޭގެ ރަށްރަށުގައި ގެވަޅު އޮވެ ގެދޮރު ނޭޅި 15 ، 20 އަހަރުވެފައިވާ މުވައްޒަފުންނަކަށް ތިކަމުގެ އުފަލެއްނެތް ދެއްތޯ. އަބަދުވެސް މާލެ،މާލެ ބަލަ އަޅުގަނޑުމެންވެސް ޕެންޝަނަށް ކަނޑައަޅާ މިންވަރަށް ފައިސާ ދައްކަމޭ އެހެންވިއްޔާ ކީއްވެތޯ ދައުންޕޭޓް ނުދެއްކެންވީ ގެދޮޜުއެޅުމަށް ލޯނުނަގަން.
އަލި
21 June 2016
"ސުޖާއު ވިދާޅުވީ އެ ގަވައިދުގެ ދަށުން ޕެންޝަން ސްކީމްގެ ބައިވެރިންނަށް ރާއްޖޭގެ ކޮންމެ ތަނަކުން ދޫކުރާ ފްލެޓެއް ގަންނަން ވެސް ކުރިމަތިލެވިދާނެ ކަމަށެވެ"
މުހައްމަދު
21 June 2016
ޢަތޮޅު ތެރޭ މުވައްޒަފުންނަށް އޮތީ ކޮން ޕޭމަންޓެއް.
ލޮލް
22 June 2016
ރަގަޅަށް ކިޔާފަ ކޮމަންޓު ކުރަން ވެއްޖެއް ނުން...ލޮލް