މީރާއަށް ފައިސާ ދައްކަން ގޮސްތިބި ބަޔަކު މަޑުކޮށްލައިގެން: މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފައި.
12 ޖުލައި 2017 - 13:01
އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދުކުރުމުން ޓޫރިޒަމް ޖީއެސްޓީ އާއި ބީޕީޓީ އަދި ގްރީން ޓެކްސް ދެއްކުން މިމަހަށް ފަސްކުރުމުން މިދިޔަމަހު މީރާއަށް ޖަމާކުރި އާމްދަނީ 39 ޕަސެންޓް ދަށްވެއްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މީރާއަށް ޖަމާކުރި އާމްދަނީއަކީ ކުރިން ލަފާކުރި މިންވަރަށް ވުރެ 43.3 ޕަސެންޓް މަދު އަދަދެއް ކަމަށެވެ. އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދުކުރުމުން ޓޫރިޒަމް ޖީއެސްޓީ އާއި ބީޕީޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ޖަމާކުރި މިންވަރު މަދުވި ނަމަވެސް އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގާ ފައިސާ ޖަމާކުރަން ފެށީ މިދިޔަ މަހު އެވެ. އެ ފީގެ ގޮތުގައި ފުރަތަމަ މަހު ވެސް 41.9 މިލިއަން ރުފިޔާ ޖަމާކުރި ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިދިޔަ މަހު މީރާއަށް ޖަމާކުރި އާމްދަނީ ވަނީ 906.3 މިލިއަން ރުފިޔާ އެވެ.
އެ އޮތޯރިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ވެސް މީރާއަށް އެންމެ ބޮޑު އާމްދަނީއެއްގެ ގޮތުގައި ދައްކާފައި ވަނީ ޖީއެސްޓީންނެވެ. އެ ޓެކްސްގެ ގޮތުގައި މިދިޔަ މަހު 238 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 26 ޕަސެންޓް ދަށް އަދަދެކެވެ.
މިދިޔަ ޖޫން މަހު މީރާއަށް ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއްގެ ގޮތުގައި ޖަމާކޮށްފައި ވަނީ ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުލިންނެވެ. ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި މިދިޔަ މަހު 193.9 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
އަހަރު ދެބައިވިއިރު ޓެކްސްއާއި އެނޫންވެސް އާމްދަނީގެ ގޮތުގައި އެ އޮތޯރިޓީއަށް ޖުމްލަ 7.8 ބިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖަމާކޮށްފައި ވަނީ 7.9 ބިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީމަން ޒާހިރު
12 July 2017
އަދިވެސް ދައްވާނެ ކުރިޔައް އޮތަނުގައި... ސަބަބަކީ މީރާގެ ހަރުކަށި އުސޫލުން ކުދިވިޔަފާރި، މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވަނީ..އަހަރެން މީދިރިހުރި މިސާލެއް މީރާމީހުން އައިސް ކުރާއޯޑިޓް ކޮށްފަނެރޭ ރިޕޯޓުގައި ކިތަންމެ ގޯސްކޮށް އަދި ނާއިންސާފުން އޮތަސް ކޯޓުންވެސް އެއީ ތެދުކަމަށް ބަލާތީ. އާދައިގެ މީހުންނަށް ދެންވިޔަފާރިކުރާކަށް ފުރުސަތެއް މީރާއާއި ހެދި ނެތް
ބަދަލް
12 July 2017
ހިސާބަށްވުރެ ސިޔާސީ ވީމާ މީހުންކުރާ އިތުބާރު ދާނީ ނެތެމުން.
ދައުލަތުގެ އާމްދަނީ
12 July 2017
ޢަވަހަށް ސައިކަލުތަކުގަ އިސްޓިކާ ތަޅާލާ. ޒޯން ތެރޭ ހުރި އެއްޗިހިވެސް ބޭރަށް ދަމާލާފަ އިސްޓިކާ އެއް ތަތް ކޮށްލައްވާ