ފަސް ރަށެއްގައި އެއާޕޯޓު ހަދަން މެލޭޝިއާ ކުންފުންޏާއެކު މިދިޔަ މާޗް މަހު ސޮއިކުރަނީ. ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
22 އޯގަސްޓް 2017 - 14:37
ޑޮމެސްޓިކް އެއާޕޯޓްތަކެއް ތަރައްގީކުރަން މެލޭޝިއާ ކުންފުންޏަކާއެކު ސޮއިކުރި އެއްބަސްވުން ބާތިލުނުކުރާ ކަމަށާއި އެ އެއާޕޯޓުތަކުގެ މަސައްކަތް ނުފެށި ލަސްވަނީ ލޯނު ހަމަނުޖެހިގެން ކަމަށް ރީޖަނަލް އެއާޕޯޓްސްއިން މިއަދު ބުނެފި އެވެ.
ފަސް ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް އަޅަން 57.7 މިލިއަން ޑޮލަރު (889 މިލިއަން ރުފިޔާ) އަށް މެލޭޝިއާގެ ގްރިފޮން އެނާޖީ ކޯޕަރޭޝަނާ ހަވާލުކުރީ މިދިޔަ މާޗް ހަތްވަނަ ދުވަހު އެވެ. އެ ކުންފުންޏާ ހަވާލުކުރީ ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ އާއި ފ. ނިލަންދޫ އާއި ގދ. މާވަރުލު އަދި ގދ. ފަރެސްމާތޮޑާގައި އެއާޕޯޓް ހެދުމަށެވެ.
ރީޖަނަލް އެއާޕޯޓްސްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ފަސް އެއާޕޯޓުގެ މަސައްކަތް ނިންމަން މެލޭޝިއާގެ ކުންފުންޏަށް 18 މަސް ދުވަސްދީފައިވާނެ ކަމަށެވެ. އެ އެއްބަސްވުން އުވާލާފައިވާ ކަމަށް ބައެއް ފަރާތްތަކުން ވާހަކަދެއްކި ނަމަވެސް އެއީ "ކަނޑައެޅިގެން ދޮގެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މަސައްކަތް ފެށުން އޮތީ ލަސްވެފައި. އެކަމަކު ލަސްވި ނަމަވެސް އެ އެއްބަސްވުން ބާތިލެއް ނުކުރޭ. އެ މީހުން ދަނީ ފައިނޭންސް ހޯދުމުގެ މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރި ދުވަހު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައި ވަނީ އެ އެއްބަސްވުމުގެ ދަށުން ފަސް ރަށުގައި އަޅާ އެއާޕޯޓުތައް އަންނަ އަހަރުގެ އޮކްޓޯބަރު މަހު ހުޅުވާނެ ކަމަށެވެ. އަދި އެގޮތަށް އެ މަސައްކަތް ނިންމައިލެވޭނެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެއާޕޯޓުތައް ތަރައްގީކުރާ ކުންފުންޏަށް ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުދޭ ކަމަށެވެ. ނަމަވެސް ލޯނު ހަމަޖެހުމުން ސަރުކާރުން ގެރެންޓީ ދޭން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
26 August 2017
ލޯނު ހަމަނުޖެހެނީ ރާއްޖޭގެ އިޤްތިސާދުގެ ހާލަތުގެ ސަބަބުން ބޭރުގެ ބެންކުތަކުން ލޯނު ނުދޭތީ، ރާއްޖޭގެ ސުވަރިންގް ގެރެންޓީ ހިފައިގެން ދިޔައީމަވެސް ބޭރުގެ އެއްވެސް ބެންކަކުން ފައިސާއެއްނުދޭ، އެހެންވެ ގެދޮޅު އެޅުމުގެ މައްސަލައިގައިވެސް ހައްލެއް ނުހޯދިފައިވަނީ
މުސްލިމް
22 August 2017
ލޯނު ހަމަޖެހުމުން ގެރެންޓީ ދިނުން މީ ކޮންވައްތަރު ގެރެންޓީ؟
ދިވެހިދަރިި
22 August 2017
އެހެންތާވާނީ ދައުލަތަށްލިބޭ ފައިސާ ހުސްކުރަނީ ބޭކާރުގޮތުގައި، އިޚްލާސްތެރިކަމެއްނެތް.
ާަާއަހުމަދު
22 August 2017
ޙުވަފެނުގަ ފެނިދާނެ ތިދުވަހެން
އަލްޖިބްރާ
22 August 2017
ފައިސާނެތި އެތަން މިތަނުގައި އެއަރޕޯޓް އަޅާނަމޭ ކިޔައިގެން ތިއުޅެނީ ވޯޓު ހޯދަން މީހުން ޅޮސް އުދޯއްޔަށް އަރުވަން އެހެން ނޫންތޯއެވެ؟ ތިޔަ ޅޮސްއުދޯއްޔަށް އަރާނެ ބަޔަކު މިހާރު މިޤައުމަކު ނެތެވެ.
ޚާންޔޫސފ
22 August 2017
ތީ ތި މައުލޫމާތު ދިން މީހާގެ ބޭބެ ގެނެސްގެން އުޅޭ ކުންފުންޏެއްވީމަ ގަދަބަސް ބުނެލީ. ތިމީހުންނަކަށް 6 މަސްދުވަހުން ލޯނެއް ނުލިބޭ އަދި ނުވެސް ލިބޭނެ.
ފުނަދޫ މީހާ
22 August 2017
ތިޔަ މަސައްކަތް ސިމްޑީ ޔާ ހަވާލުކުރިނަމަ މިހާރު އޮންނާނީ ނިމިފަކަން ޔަގީން
ވާލުސޮރު
22 August 2017
ބޮޑެތި ސިންގާ ފިރިހެނުން މި ދައްކަނީ ކުޑަކުދިން ކައިރީ ދައްކާ ކަހަލަ ވާހަކަ. ސަލާމަތް ބުއްދިހުރި އެއްވެސް ބަޔަކު އަދުތޯ މާދަންތޯ ވެފަ އޮތް ރައްޔިތުން އިތުބާރުނުކުރާ ސަރުކާރަކާ ގުޅިގެން އެއްކަމެއްވެސް ނުކުރާނެ. އެހެންވެ ލޯނު ހަމަނުޖެހިގެން ތިޔައުޅެންޖެހެނީ.