އެއާޕޯޓުގައި ސީ ޕްލޭން މަރާމާތުކުރަން އަލަށް ހެނގަރު ހަދާ ސަރަހައްދު ޝީޓް ޕައިލްކުރުމުގެ މަސައްކަތްކުރަނީ. ފޮޓޯ: އެމްއޭސީއެލް
03 އޮކްޓޯބަރ 2017 - 14:35
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސީޕްލޭން ޓާމިނަލެއްގެ އިތުރުން، ބޯޓު މަރާމާތުކުރާ ތަނެއް ހަދަން ހިއްކި ސަރަހައްދު ހިމާޔަތް ކުރަން ޝީޓް ޕައިލް ކުރަން ފަށައިފި އެވެ.
އެއާޕޯޓު ހިންގާ (މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އޮފިޝަލަކު މިއަދު ވިދާޅުވީ އާ ސީ ޕްލޭން ޓާމިނަލް ހަދާ ސަރަހައްދު ކައިރީގައި ހިއްކައިވާ ތަނުގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ. އެ ގޮތުން އެ ސަރަހައްދުގެ 140 މީޓަރުގެ ސަރަަހައްދެއް ޝީޓް ޕައިލް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސީ ޕްލޭން ޓާމިނަލާއި މަރާމާތުކުރަން ހަދާ އިމާރާތް ހުންނާނީ ވަކިން. އެ އިމާރާތުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސީ ޕްލޭން ޓާމިނަލް ހަދަން ހިއްކި ސަރަހައްދުގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން 350 މީޓަރުގެ ސަރަހައްދެއް ޝީޓް ޕައިލް ކޮށްފައިވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
އެއާޕޯޓުގައި ސީ ޕްލޭން މަރާމާތުކުރަން އަލަށް ހެނގަރު ހަދާ ސަރަހައްދު ޝީޓް ޕައިލްކުރުމުގެ މަސައްކަތްކުރަނީ. ފޮޓޯ: އެމްއޭސީއެލް
އެއާޕޯޓުގައި އާ ސީ ޕްލޭން ޓާމިނަލެއް ހެދުމަށް ހިންގާ 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ)ގެ ބޮޑު މަޝްރޫއުގެ ދަށުން 3.2 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކައިފަ އެވެ.
ވެލާނާ އެއާޕޯޓުގައި އަލަށް ހަދާ ރަންވޭ ނިންމައި އަންނަ އަހަރު ބޭނުންކުރަން ފަށަން ހަމަޖެހިފައިވާ އިރު، ރަންވޭ ބޭނުންކުރާނީ ސީޕްލޭން ޓާމިނަލް ބަދަލުކޮށްގެން ކަމަށް އެމްއޭސީއެލް އިން ކުރިން ބުނެފައިވެ އެވެ. އެއާއެކު އާ ރަންވޭ ބޭނުންކުރުމުގެ ކުރިން ސީޕްލޭން ޓާމިނަލާއި އެ ތަނާ ގުޅުން ހުރި ހުރިހާ އިމާރާތެއް ބަދަލުކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮޕަރޭޓްކުރާ ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ އިތުރުން، ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަންގެ ސީޕްލޭންތައް ވެސް އޮޕަރޭޓްކުރަނީ ވެލާނާ އެއާޕޯޓުގަ އެވެ. ޓީއެމްއޭގައި 49 ސީޕްލޭން އޮންނަ އިރު، މޯލްޑިވިއަންގެ 10 ސީޕްލޭން ގެންގުޅެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
04 October 2017
މިއީ 7 މިލިއަން ޓޫރިސްޓުންނަށް އަމާޒްކޮށްގެން ހަދާ ސީޕްލޭން ޓާމިނަލެއްތޯ؟
ޓާޓާ
03 October 2017
މަމެން ޕިންކީންގެ ވެރިކަމެއްތެރޭ އާ ސީޕްލޭން ޓަރމިނަލެއް ހެދުމަކީ މަމެން ވަރަށް އުފާކުރާކަމެކެވެ. ރިޔާސީ އިންތިހާބުގެ ކުރިން ސްޓީލް ސްޓްރަކްޗަރ އިން ހަދައިގެން ނަމަވެސް ތަމެން ތިތަން ހުޅުވަން ޖެހޭނެ، އަދި އެމިރޭޓްސް އޭ380 ޖެއްސޭ ރަންވޭ ޑެވެލޮޕް ކޮށް، މޯލްޑިވިއަންއަށް ބްރޭންޑް ނިޔު އޭ380 އެއް ގެނެސް ހިދުމަތް ދެވެން ޖެހޭނެ
މިރައީސްސް
03 October 2017
އެއާޕޯޓެއް ލައްގަޅޭ މައިންމަގައްލައްގަޅޭ ސަރުކާރުން އަބަދުވެސް އަމަލުކުރަނީ ތަފާތުކުރުން އިންތިހާ ބޮޑުކޮއް ރާއްޖޭގެ އުތުރާ ދެކުނު ތަރައްގީނުކޮއް މާލެ އޭރިޔާ ތޮއްޖައްސާ ވަކިބަޔަކު މުއްސަނދިކުރަން
ހައުކަމް
03 October 2017
ހުޅުލޭގެ ސީޕްލޭން ޓާމިނަލާއި ހެނގަރު ހަދާ ތަން ޝީޓް ޕައިލް ކުރަނީ ނަމަ އެއީ އުފާ ކުރަން ޖެހޭނެ ކަމެކެވެ. މިފަހަރު ސީޕްލޭން ޓާރމިނަލް ދަގަނޑުން ނަހަދާ ކޮންކްރީޓް ކޮލަމްސް ތަކާއި އަދި ކޮންކްރީޓް ސްލެބްސް ތައް އަޅައިގެން 10 ބުރި އަށް ނަގަންވީ ނޫންތޭ. ދެން މިހާރު ހުޅުލޭގެ ފެރީ ޓަރމިނަލް ގައި ދަގަނޑުން ހަދާ އިމާރާތުގެ ފެންވަރު ތިބުނާ މޮޅެއް ނޫނެވެ. އަދި އެތަނުގެ ފުރާޅުގެ އާރކިޓެކްޓަރ ރާއްޖޭގެ އެއްވެސް ކަލްޗަރ އަކާއި ނުގުޅެއެވެ. އިމާރާތުގެ ރީތި ކަން އަންގައިދޭނީ އިމާރާތުގެ ފުރަޅުންނެވެ. ވަކިން ޚާއްސަ ކޮށް ފެރީ ޓާރމިނަލް ކައިރީގައި ހަދާ ރެސްޓޯރަންޓް ބިލްޑިންގް ފުރާޅު ބަލާލުމުން އެއީ ރާއްޖޭގެ ރިސޯރޓް ފީލިންގް ގެނެސްދޭ ތަނަކަށް ވާން ޖެހޭނެއެވެ. މިހާރު އެހެނެއް ނޫން ދޯ އެފުރާޅު އެހެރީ. ދެން ފުރާޅުގައި ދަގަނޑު ޓިނު ޖަހާ ކަން އެއީ މަމެން ހައިރާން ވާކަމެކެވެ. ކީއްވެ ފައިބަރ ޓިނު ނުޖަހަންވީ. ތިޔާ ޓިނު ހީވާނީ ދަބަރު ގުޅައެއް ހެން އަހަރު ދުވަސް ތެރޭގައި. އެމްއޭސީއެލް ގެ ޑިޒައިން ޓީމް ގެ ތަޖްރިބާ ސުމެއް
ތަމެންނަށް
03 October 2017
ނޭގެނީތަ ބޮޑު ސިންގާ ރަންވޭއެއް ކައިރީގަ 10 ބުރީގެ އިމާރާތެއް ނުކުރެވޭނެކަން