އެސްޓީއޯ ކޮންސްޓަރަކްޝަން އިން ކުރިޔަށް ގެންދިޔަ "ލައްކަ ސާމާނު" ޕްރޮމޯޝަންގެ ގުރުއަތު މިއަދު ނަގަނީ. ފޮޓޯ: އެސްޓީއޯ
18 އޮކްޓޯބަރ 2017 - 15:07
އެސްޓީއޯ އިން ކުރިއަށް ގެންދިޔަ "ލައްކަ ސާމާނު" ޕްރޮމޯޝަންގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.
ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން ސާމާނު ވިއްކާ ކުންފުނިން މިދިޔަ މޭ މަހުން ފަހުން ފެށިގެން ފަސް މަސް ދުވަހަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަން ވަނީ މި މަހުގެ 16 ވަނަ ދުވަހު ނިންމާލައިފަ އެވެ.
އެ ޕްރޮމޯޝަން ނިމުމާ ގުޅިގެން މިއަދު ހެނދުނު އެސްޓީއޯ ކޮންސްޓްރަކްޝަން ފަސް ނަންބަރު ސޭލްސް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ޕްރޮމޯޝަންގެ ނަސީބުވެރިންގެ ކޫޕަންތައް ނަންގަވައި ދެއްވީ އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ޖެނެރެލް މެނޭޖަ އަބްދުލް ވާހިދު މޫސާ އެވެ.
އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އޮތީ ނަގުދު ފައިސާ ދައްކާ ކަސްޓަމަރުންގެ ތެރެއިން 5،000ރ. އިން ފެށިގެން މަތީގެ ވިޔަފާރިކުރި މީހުންނަށެވެ
މިއީ ޖުމުލަ 500,000ރ. ލިބޭ ބޮޑު ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަންގައި ހޮވި ފަސް ނަސީބުވެރިންގެ ތެރެއިން ކޮންމެ މީހަކަށް ވެސް 100,000ރ. ގެ ކޮންސްޓްރަކްޝަން ސާމާނު ހިލޭ ލިބުމުގެ ފުރުސަތު ދީފައިވެ އެވެ.
• ޕްރޮމޯޝަންގެ 1 ވަނަ ނަސީބުވެރިޔާގެ ކޫޕަން ނަންބަރަކީ: 10237
• ޕްރޮމޯޝަންގެ 2 ވަނަ ނަސީބުވެރިޔާގެ ކޫޕަން ނަންބަރަކީ: 10339
• ޕްރޮމޯޝަންގެ 3 ވަނަ ނަސީބުވެރިޔާގެ ކޫޕަން ނަންބަރަކީ: 05498
• ޕްރޮމޯޝަންގެ 4 ވަނަ ނަސީބުވެރިޔާގެ ކޫޕަން ނަންބަރަކީ: 10640
• ޕްރޮމޯޝަންގެ 5 ވަނަ ނަސީބުވެރިޔާގެ ކޫޕަން ނަންބަރަކީ: 01433
އެސްޓީއޯ އިން ބުނީ ޕްރޮމޯޝަން މައިގަނޑު ބޭނުމަކީ އެ ކުންފުނިން ވިޔަފާރިކުރާ އަދި ހިދުމަތް ލިބިގަންނަ އާންމު ކޮންޓްރެކްޓަރުންނަށް އެ ދާއިރާގައި ވީހާ ވެސް ފައިދާވާނެ އަދި އަގުކުރެވޭނެ ގޮތަކަށް އަގު ބޮޑު އިނާމްތަކެއް ލިބުމުގެ ފުރުސަތު މަގުފަހިކޮށްދިނުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނގަޅު
18 October 2017
ތިބާވެސް ދެން މުއައްޒަފުންގެ މުސާރައިންކަނޑާލާ!