ނނެޕީ
21 ނޮވެމްބަރ 2017 - 14:51
ދުނިޔޭގެ ގިނަ ބައެއްގެ އިތުބާރު ހޯދަމުން އަންނަ "ޕޮނިމޯ" ބްރޭންޑްގެ ނެޕީ، އެސްޓީއޯ ސްޕަމާޓުން މިއަަދު ރަސްމީކޮށް ބާޒާރަށް ނެރެފި އެވެ.
އެ ކުންފުނިން ބުނީ ޕޮނިމޯ ބްރޭންޑްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުކަން އެސްޓީއޯ އަށް ލިބިފައިވާ ކަމަށެވެ. އަދި މިއީ ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ރާއްޖޭގައި މިހާރު ވިއްކާ އެންމެ އަގުހެޔޮ، ކޮލިޓީ ރަނގަޅު، ނެޕީ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
"މިއަދު ބާޒާރަށް ނެރެފައިވާ ޕޮނިމޯ ފަރުމާކޮށްފައިވަނީ ބޭނުން ކުރައްވާ ބޭފުޅުންގެ ހަންގަނޑަށް އަރާމާއި ހިތްހަމަޖެހުން ލިއްބައިދޭނޭ ގޮތަށް. އަދި ބޭނުން ކުރައްވާ ބޭފުޅުންނަށް ތެތްކަން އިހުސާސް ނުވާނޭ ގޮތަށް، އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން،" އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ،
އާންމު ގޮތެެއްގައި ރާއްޖޭގެ ބާޒާރުގައި ހުންނަ ބޮޑެތި މީހުންނަށް ޚާއްސަ ނެޕީއެކޭ އެއްގޮތައް ޕޮނިމޯގެ މީޑިއަމް އަދި ލާޖް ސައިޒްގެ ނެޕީ ލިބެން ހުންނާނެ އެވެ. އެ ދެ ސައިޒުން ވެސް 30 ނެޕީ އަދި 15 ނެޕީ ހުންނަ ޕެކެޓް ވިއްކާނެ އެވެ.
ޕޮނިމޯ ނެޕީ ރާއްޖޭގެ ބާޒާރަށް ނެރުމާ އެކު، އެސްޓީއޯ ސުޕަމާޓް، އެސްޓީއޯ ރީޖަނަލްގެ ފިހާރަތަކުގެ އިތުރުން އެސްޓީއޯގެ ފާމަސީ ތަކުން ވެސް އެ ލިބެން ހުންނާނެ ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
21 November 2017
ޔާރައްބީ!!! 2018 އަދި ނުވެސް ފެށެއެއްނު! އަނެއްކާ ހުރިހާ "ބޮޑެތި މީހުންނަށް" ވާވަރަށް ސްޓޮކް ގަ ނެޕީ އެބަހުރިތަ؟