ދިވެހިން ބޭރަށްކުރާ ދަތުރުތަކާ ބެހޭ ގޮތުން އެމްއެމްއޭއިން ކުރި ސާވޭގައި އެއާޕޯޓުގައި މީހަކާ ސުވާލުކުރަނީ. ފޮޓޯ: އެމްއެމްއޭ
05 ޑިސެމްބަރ 2017 - 13:29
ޗުއްޓީ ދުވަސްވަރު ދިވެހިން ރާއްޖޭން ބޭރުގައި ކުރާ ހަރަދުތަކާ ބެހޭ މައުލޫމާތު ހޯދުމަށް ކޮންމެ އަހަރަކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރިއަށް ގެންދާ ސާވޭ މި މަހު 22ގައި ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
މަރުކަޒީ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދިވެހީންނާއި ބޭރުގެ ފަރާތްތަކާއި ދެމެދު ކުރެވޭ އިގްތިސާދީ މުއާމަލާތްތަކާ ގުޅޭ ތަފާސްހިސާބު ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން، ކުރިޔަށް ގެންދާ "ދިވެހީން ރާއްޖެ އިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ" މި މަހުގެ 22 ން 28 ށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލުގައި ކުރިޔަށް ގެންދާނެ ކަމަށެވެ.
އެމްއެމްއޭ އިން ބުނީ އެ ސާވޭގައި މައިގަނޑު ގޮތެއްގައި އެއް ކުރެވޭނީ ރާއްޖެ އިން ބޭރުގައި ދިވެހިން އެކިއެކި ކަންކަމަށް ފައިސާ ހަރަދުކުރާ ގޮތުގެ މައުލޫމާތު ކަމަށެވެ. އެގޮތުން އެއްކުރެވޭ މައުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު މަގުސަދާއި ދަތުރު ކުރި ގައުމާއި ޓިކެޓުގެ ހަރަދާއި ކެއުމާއި ހުރުމުގެ ހަރަދާއި ބޭސް ފަރުވާ އަށް ކުރެވުނު ހަރަދު އަދި ދަތުރުފަތުރަށް ހޭދަވި ހަރަދުގެ އިތުރުން ޖުމުލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ހަރަދުގެ މަޢުލޫމާތު ހިމެނޭނެ ކަމަށެވެ.
އެ އޮތޯރިޓީން ބުނީ ވަކިވަކި ފަރުދުންނާ ގުޅޭ ގޮތުން އެއްކުރެވޭ މަޢުލޫމާތުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި އެ މުއްދަތުގައި ރާއްޖެ އަށް އެނބުރި އަންނަ ހުރިހާ ދިވެހިން އެ ސާވޭ އަށް ފުރިހަމަ އެއްބާރުލުން ދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
އެ ސާވޭ އިން ދައްކާ ގޮތުގައި އެންމެ ގިނައިން ދިވެހިން މިހާރު ދަތުރުކުރަނީ ސްރީ ލަންކާއަށެވެ. ދެން އިންޑިއާ އާއި މެލޭޝިޔާ އާއި އިންޑިއާއަށެވެ. އެ ސާވޭ އިން ދައްކާ ގޮތުގައި ދިވެހިން އެންމެ މަދުވެގެން 500 ޑޮލަރު ހޭދަކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކުވެރިއެއް
06 December 2017
ނަޒީހޫ!! ހާދަ ޕްރޮފެޝަނަލްއޭ ދޯ!! ވަރަށް ފައްކާ!
ރައްޓެއްސެއް
06 December 2017
ވާވް، ނަޒީޙް ލުކިން ގުޑް
އެކުވެރިއެއް
06 December 2017
އާނއެކޭ! ވަރަށް ސަޅިދޯ! ބްލޫ ސޫޓްސް ޔޫ ވެލް ނަޒީޙް!
ޔެމްޔެމްޔޭ
05 December 2017
އަހަރެމެން ހަލާލު މަސައްކަތުން ހޯދާ ފައިސާ ހަރަދު ކުރާ ގޮތް އެއީ އެމްއެމްއޭއާ ބެހޭކަމެއްނޫން! ދައުލަތުގެ ފައިސާ ބިލިއަނުން ވަގަށް ނެގިއިރު ނުފެންނަކަމަށް ހަދައިގެން ތިބިބަޔަކު އާންމު ރައްޔިތުންނަށް އުނދަގޫކުރުންނޫން ކަމެއްނެތްދޯ ކުރަން!
ހަސަން
05 December 2017
ރަށްޔިތުންނަށް ސަރުކާރުން ރަށްޔިތުންގެ ޓެކްސް ލާރިން ކުރާ ހަރަދުގެ ތަފްސީލް ލިބިދާނެތަ ... މިސަރުކާރު ބަދަލުވާއިރު ފެންނާނެ ދިރުވާލާފަ ހުރި ވަރު ... ދެރައީ ދުވަހަކުވެސް ސާބިތުވެ އަދަބު ނުލިބޭތީ ...
ހަމަހޭ
05 December 2017
ބަލަ ހަމަ އެކަނި ޓިކެޓްވެސް އަރާނެ 500 ޑޮލަރު ދެން ތި ސަރވޭ ކުރަނީ ތިކަން ކުރަން އެނގިގެންބާ، ސާރވޭގެ އެނެލިސިސް އެހާ ހަމަނުޖެހޭތީ. މެލޭޝިޔާގަވެސް 500 ޑޮލަރު އެއީ އެންމެ ދެދުވަސް. އެބަޖެހޭ ސަރވޭ އަލުން ޑިޒައިން ކުރަން.
ވާލުސޮރު
05 December 2017
ޗުއްޓީ އަށާއި ސިއްހީ ފަރުވާއަށްދާ ދިވެހިން ބޭރުގަ ހޭދަކުރާ ކޮންމެ ޑޮލަރަކަށް މަދުވެގެން 5 ރުފިޔާގެ ޓެކްސް އެއް ނަގަން ފަށަނިކޮށް ދިވެހިން ބޭރުގަ ހޭދަކުތާ ފައިސާގެ އަދަދު މަދުވެ ބޭސްފަރުވާކުރަން ބޭރަށްދިއުން މަދުކުރެވިދާނެ. އަދި އެފައިސާ އޭރަކު ވެރިކަމުގަ އޮންނަ ޕާޓީއެއްގެ ކެމްޕޭންތަކަށް ޚަރަދުކުރަން މީރާ އަށް ނުވައްދާ ސީދާ ޕާޓީގެ އެކައުންޓްތަކަށް ޖަމާކުރާގޮތަށް ހެދުން ރަނގަޅުވާނެކަމަށްފެނޭ! އަންނަ ރިޔާސީ އިންތިޚާބުގެ ކުރިން މިކަންކުރުން ވަރަށް މުހިންމު.
ނާގޯށި
05 December 2017
ޗުއްޓީގެ ދުވަސްވަރު ދިވެހިން އެންމެ ގިނައިން ހަރަދު ކުރާނީ ލަންކާގެ ޖުވާކުޅޭތަން ތަނަށާއި، ބޭންކޮކް އަދި ސައޫދީ އެރެބިޔާ އަށް ނޫންތޯ؟