ބީއެމްއެލް އިން ކުރިޔަށް ގެންދާ "އަހަރެންގެ ބޭންކް" ކެމްޕޭން ފެށުމުގެ ގޮތުން ފުލުހުންގެ މީހަކު އެ ބޭންކުގެ ހެޑް އޮފީސް މަތިން ވަލެއްގައި ފުންމާލަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
01 ފެބުރުއަރީ 2018 - 13:39
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހެޑް އޮފީހުގެ މަތިން ވަލުގައި ފޭބުމުގެ ހަރަކާތަކާ އެކު، މުޖުތަމައަށް އެކި ގޮތް ގޮތުން އެހީތެރިވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "އަހަރެންގެ ބޭންކް"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް މިއަދު ހެނދުނު ފަށައިފި އެވެ.
ބީއެމްއެލް އިން ކުރިޔަށް ގެންދާ "އަހަރެންގެ ބޭންކް" ކެމްޕޭން ފެށުމުގެ ގޮތުން އެ ބޭންކުގެ މުވައްޒަފަކު ބީއެމްއެލްގެ ދިދަ ހިފައިގެން ހެޑް އޮފީސް މަތިން ވަލެއްގައި ފައިބަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
ހަތް ބުރިއަށް ހަދާފައިވާ ނުވަދިހަ ފޫޓުގެ އުސް އިމާރާތުގެ މަތިން ވަލެއްގައި ބިމަށް ފޭބުމުގެ ހަރަކާތުގައި ފުލުހުންނާއެކު އެ ބޭންކުގެ ހަތަރު މުވައްޒަފަކު ވެސް ބައިވެރިވި އެވެ. އެ ހަރަކާތް ކުރިޔަށް ގެންދިޔަ އިރު ބޭންކުގެ އިސް ވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުން އެތަން ބެލުމަށް ހެޑް އޮފީހުގެ ބޭރުގައި ތިއްބެވެ. މިއީ ފުލުހުން އާއްމުންނާއެކު މިފަދަ ހަރަކާތެއް ބޭއްވި ފުރަތަމަ ފަހަރެވެ.
އެ ބޭންކުން ބުނީ އެއް މަސްދުވަހަށް ކުރިޔަށް ގެންދާ ހަރަކާތުގެ ކޮންމެ ދުވަހަކު ވެސް ތަފާތު އެކި ހަރަކާތްތައް ކުރިޔަށް ގެންދާނެ ކަމަށެވެ.
ބީއެމްއެލްއިން ހިންގާ "އަހަރެންގެ ބޭންކު" ކެމްޕޭން ފެށުމުގެ ގޮތުން ބޭއްވި ވަލުގައި ފޭބުމުގެ ހަރަކާތުގައި ބައިވެރި މުވައްޒަފުންނާއި ފުލުހުން. ފޮޓޯ: ނިޝާން އަލީ /މިހާރު
ރާއްޖޭގައި ބޭންކިންގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މުޅި އަހަރު ދުވަހަށް ބަހާލައިގެން 300 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވާ ކަމަށެވެ. އެ ބޭންކުން މިދިޔަ އަހަރު ވެސް "އަހަރެންގެ ބޭންކް"ގެ ނަމުގައި 300 މިލިއަން ރުފިޔާގެ ކެމްޕޭނެއް ހިންގާފައިވެ އެވެ.
"މި ކެމްޕޭންގެ ދަށުން ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ މުޖުތަމައަށް ފައިދާހުރި އެކި އެކި ހަރަކާތްތައް. އެ ގޮތުން މުޅި ރާއްޖޭގައި މި ހަރަކާތްތައް ކުރިޔަށް ގެންދަން ވަނީ ރާވާފައި،" އެ އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ.
02 February 2018
އަހަރެންގެ ބޭންކުން 50.000 ރިފިޔާގެ ލޯނެއް ނަގާފަ 75.000 ރުފިޔާ ދައްކަން ޖެހޭތަ މޮޔަފުޅު ވެގެން މިއުޅެނީ
ފާތުން
01 February 2018
އަހަރުމެންގެ ބޭންކޭ ނުކިޔާ ކޮންމެވެސް އެހެންއެއްޗެއް ކިޔާ.
ރަންނަމާރި
01 February 2018
ޥަރަށް ގާތް ރައްޓެއްސަކު ވަރަށް ދެރަވެފައި ބުނި މުސާރައަށް ޖަމާވީ ހަތަރު ހާސް ކޮންމެވެސް ވަރެކޭ. ބޭންކުން ކަންތައް ކުރީ ވަރަށް އިހާނެތިކޮށޭ. ލޯނުތަކަށާ އެއްކޮށް ހަތަރު ހާސް ރުފިޔާ ކަނޑާލިއޭ. ބާކީ އިނީ އަށެއްކަ ސަތޭކަ ރުފިޔާއޭ. ކިހިނެއްހޭ މިހެން ހެދީމަ ހަދާނީ. ކަރަންޓުބިލާ އެހެނިހެން ބިލްތައް ވެސް ހުރީ ދައްކަން ވެފައޭ. ޅާރިކޮޅެއް ނެތްހޭ.
މޮނޮޕޮލީބޭންކު
01 February 2018
އޯޓީޕީ ލިބެނީ 1 ގަޑިއިރު ފަހުން، އެކަމަކު ޓައިމްއައުޓްވޭ ތިންމިނެޓުން، މިހާރު ބަނޑަށްޖެހެންކައިރިވަނީ.
މިވެސް ކަސްޓަމަރެއް
01 February 2018
ތީ ކަސްޓަމަރުންނަށް ރަނގަޅު ޙިދުމަތެއްދެވޭ ތަނެއްނޫން! ކޯލްސެންޓަރު އަބަދު ބިޒީ.. ކިތައްމެގިނައިރެއްވިއަސް ޖަވާބުދޭނެ އިންސާނަކުނުވޭ،.. ކޮންމެ އަހަރެއްގެ އަހަރީ ރިޕޯޓުގައި ބެންކަށް ބޮޑުކޮށް ފައިދާވާއިރުވެސް ކޯލްސެންޓަރަށް މުވައްޒަފެއް އިތުރު ކޮށްލާކަށަ ނުކެރޭ! އެންމެފަހުން ރޭގަ ބޭރަށްދާމީހުމްނަށް ވިއްކާ ޑޮލަރު ގަންނަންވެގެން ވެބުސައިޓުން ރަޖީސްޓަރީނުކުރެވުނީމަ، ގުޅާ ގުޅާ ވަރުބަލޮވިއިރުވެސް ފޯނު ނުނެގީމަ އެސްއެމްއެސް ކުރަންބުނި ނަންބަރަށް އެސްއެމްއެސް ކުރީމަ ބެންކުންގުޅީ މިއަދު ހެދުނު ފުރަން ބޯޓަށްއަރާއިންދަ... ގުޅާފަބުނީ ސޮރީއޭ!!! މިދެން ފުކެއް ބޮޑުވަރު "ބޭންކު އޮފް މޯލްޑިވުސް" ކިޔާތީ ހަމަ ބުނެލީ.. ވ. ސަލާމް
ހަމްބެ ހ.އ.ދިއްދޫ
01 February 2018
ފުރަތަމަ އިންޓަނެޓް ބޭންކިން ރަނގަޅު ކޮށްބަލަ. ލާރިއެއް ޓުރާންސްފަރ ނުކުރެވި ރާއްޖޭންބޭރުގަ ހާލުގަޖެހިއްޖެ.
ފިރާގު
01 February 2018
ބީއެމްއެލް މިހާރު ގަދަ ކޮށްފިއޭ. ދެން ކަސްޓަމަރ ސާރވިސް ރަނގަޅު ކޮށްލާ
ސަޅި
01 February 2018
މަށެއް ތި އިވެންޓެއް ނުދެކެން. ޢެކަމަކު މެެެއިން ބްރާންޗް އިން ދުށިން އިސްތިހާރު. ޥ ވ ވ ސަޅި. ވެލްޑަން ބީއެމްއެލް.
ސައުދު
01 February 2018
ތަފާތު އިނގޭ. ކްރިއޭޓިވް ވީމާ ދިވެހިން ބޭނުން ކޮށްގެންވެސް ސަޅި ކަންތައް ކުރެވޭނެ. މިފަހަރުގެ ޓީވީ އެޑްވެސް ވ ހަބޭސް. މިހާތަނަށް ރާއްޖޭގަ ހެދި އެންމެ ސަޅި ފުޓުބޯޅަ އެޑް.
ބީއެމްޒީ
01 February 2018
އަހަަރެންގެ ބޭންކަށް ގޮސް އަހަރެންގެ 1 އަހަރުގެ ބޭންކް ސްޓޭޓްމަންޓް ޕްރިންޓްކޮށްދޭން އެދުނީމާ ބުނީ ނަގާނޭ 350 ރުފިޔާ! މިވަރަށް ލިބޭ އޭ.ފޯ ރީމެއްގެ ކަރުދާސް.. މިއީ ދެން ބޮޑު ވަރު!!.
ސަމަދު
01 February 2018
ބްރޯ ތި ސްޓޭޓްމަންޓް އިންޓަރނެޓް ބޭންކިންގ އިން ހިލޭ ލިބޭ..
ސުޕޭސު
01 February 2018
ސަމަދުމެން އިންޓެނެޓްބޭންކު އެނގުނަަކަސް، ތަނަކަށް ވިސާޔަށް ހުށައެޅީމަ އެގަބޫލެއްނުކުރެޔޭ. ތިބުނާ ސްޓޭޓްމަންޓްއަކީ ރިއަލްޓައިމްއިން އަޕްޑޭޓްވެސްވާއެއްޗެއްނު.
ސަމަދު ކާފަ
01 February 2018
ސޮމަދާ!! ހިލޭ ކުރެވެންޏާ ދެން އަހަރެންގެ ބޭންކުން އަހަރެމެންގެ އަތުން އެހާ ފައިސާ ނަގަނީ ކީއްވެ