އެސްޓީއޯ އިން ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ އެމްޑީ އަހްމަދު ޝަހީރު ވާހަކަ ދައްކަވަނީ.
01 މާޗް 2018 - 22:11
ސަރުކާރާއި ރައްޔިތުން ހިއްސާވާ ރާއްޖޭގެ އެންމެ ބޮޑު ކުންފުނި، އެސްޓީއޯއާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ނުފެތުރުމަށް އެ ކުންފުނިން މިއަދު އެދިއްޖެ އެވެ.
ރާއްޖެ އަށް ކާޑުގެ ބާވަތްތަކާއި، ތެޔޮ އެތެރެކުރާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ މަސްލަހަތުތަކަށް ގެއްލުންވާ ގޮތަށް، ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާތީ ހިތާމަކުރާ ކަމަށެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތްކުރަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން، އެސްޓީއޯ އިން މުއާމަލާތު ކުރާ ބޭރު ކުންފުނިތަކާއި ބޭންކްތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރެއިންނެވެ.
"އެސްޓީއޯ ގްރޫޕްގެ ވިޔަފާރީގެ ބައިވެރިންނާއި، އިންވެސްޓަރުންނާއި، ރެގިއުލޭޓިން އޮތޯރިޓީތަކުގެ އިތުބާރު ގެއްލޭ ގޮތަށް އަދި އެސްޓީއޯ ގްރޫޕްގެ މަސްލަހަތުތަކަށް ގެއްލުން ލިބޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ދައްކާ، ފެތުރުމަކީ މި ކުންފުނިން ހިތާމަކުރާ ކަމެއް،" އެފްއެސްއެމް އާއި އެލައިޑް އިންޝުއަރެންސްގެ އިތުރުން ވެސް އެތައް ކުންފުންޏެއް ހިންގަމުން އަންނަ އެސްޓީއޯގެ ބަޔާނުގައިވެ އެވެ.
އެސްޓީއޯ އިން އެ ބަޔާން ނެރެފައި މިވަނީ، އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ކުރަނިކޮށް ފެނުނު ކަމަށް ޖަޕާންގެ ފޮރިން މިނިސްޓްރީން ބުނުމާ އެކު، ބައެއް ފަރާތްތަކުން އެކަމާ އެސްޓީއޯއާ ގުޅުވައިގެން ވާހަކަ ދައްކާ ދަނޑިވަޅެއްގަ އެވެ.
ސޯޝަލް މީޑިއާގައި ވެސް ބައެއް ފަރާތްތަކުން ދަނީ އެ މައްސަލަ އެސްޓީއޯއާ ގުޅުވަމުންނެވެ.
ސަރުކާރުން ބުނެފައި ވަނީ އެ ތެޔޮ ޓޭންކަރާ ރާއްޖެއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެ ބޯޓުގައި ދިވެހި ދިދަ ނަގާފައި ހުރި މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢޮގީ
02 March 2018
ދޮގުވާހަކައެއް ނޫނޭ މޮޔަޔާ... ތިއޮތީ ހަމަ ރަނގަޅަށްވެސް ފައިން އެރިފަ
މަންނާނު
02 March 2018
ސީރިއަސް ކިޔާ ޑްރާމާއެއް ކުޅެލާ
ދިދަ
02 March 2018
ޖަޕާނަކުން ނުބުނޭ ރާއްޖޭގައި ރަޖިސްޓްރީކުރި ބޯޓެކޭ. ސްޓޭޓްމަންޓްގައިޮތީ ރާއްޖޭގެ ދިދަޖަހާފައިއޮތްބޯޓެކޭ.މެރިޓައިމް އިންޑަސްޓްރީގައި ހިގަމުން އަންންކަމެއް ޗައިނާގެ ބޯޓްތަކުން ނޯތްކޮރެއާއެކު ގަވާއިދާ ޚިލާފް މުޢާމަލާތްކުރުމުގައި ނުހަމަގޮތުގައި އެކިގައުމުގެ ދިދަޖަހައިގެން ބޯޓްދުއްވުން.
މަޒް
02 March 2018
ތީ އެންމެންގެވެސް އެދުން.. އެބަޔަކާ ދޭތެރޭ ދޮގޮވާހަކަ ނުފެތުރުން އެއީ އެންމެންގެވެސް އެދުމެއް. އެކަމަކު މި ސަރުކާރުމީ މީހުންނާ ދޭތެރޭ ދޮގު ހެކި އުފައްދާ ދޮގު ވާހަކަ ފަތުރުމުގައި އެންމެ އިސްކޮއް އޮތް ފަރާތް.. އެހެންވީމާ އަނެއްކޮޅުންވެސް އަންނާނެ ހަމަލާ.. ހަޖަމު ކޮއްލައިގެން ތިބޭ
ހަނދުކޭތަ
02 March 2018
ކޮންމެ ކަމެއްގަވެސް އޭގެ ހަގީގަތް އެގެންވާނެ. ދިވެހިން މިފަހަކަށް އައިސް ސަރުކާރާއި، ސަރުކާރުގެ ކުންފުނި ތަކާ ބެހޭ ގޮތުން ދޮގު ނޫނީ ތެދު ބަހުން ވާހަކަ ދައްކަން ނޭގެނީ ސަރުކާރުން ހުރިހާ ކަމެއްގައި ވެސް އޮޅުވާލާތީ. މިސާލަކަށް އިދިކޮޅު މީހުންނަށް މާލޭގައި ޖަލްސާއެއް ބާއްވާނެ ތަނެއް ނުދީ، ޕީޕީއެމް އިން ޖަލްސާ ބާއްވާފަ، އަދި އެޖަލްސާއަށް ދާން ސަރުކާރު އޮފީސްތަކުގެ އުޅޭ މީހުންނަށް މަޖުބޫރު ކޮށް، ދެން މިކިޔަނީ އިދިކޮޅަށް ސަޕޯޓު ކުރާ ބަޔަކު ނެތޭ. މިހެން ކަންތައް ކުރީމަ ވަރަށް ހިތި ނަތީޖާ ވަރަށް އަވަހަށް ނިކުންނާނެ. ބަލާ ޒިމްބާބުވޭ އަށް ވީގޮތް. ރާއްޖޭގައި މިހާރު ކަންތައް ހިގަމުން ދަނީ ހަމަ ސީދާ ޒިމްބާބުވޭގައި ކަންތައް ހިގި ގޮތަށް
ސަކީނާ
01 March 2018
އޭ މަގޭ އެސްޓީއޯ އާ ނުބެހެއްޗޭ! ކާންދޭ އަތުގަ ދަތްނަޅާ!!!!
ލަވްލީ
01 March 2018
ޢެބުނީ ދޮގެއް ނޫން. އަސްލު ހަގީގަތް ނޭނގި ވާހަކަ ދެއްކީމަ ތިމާ މީހާގެ އަގުވެސް ވެެއްޓޭނެ. ހިއެއް މުވޭ އެސްޓީއޯ އިން މިފަދަ ކަމެއް ކޮށްފާނޭ
ައަޅުގަނޑު
01 March 2018
މީހަމަ ރަނގަޅު ވާހަކަ. ކޮންމެހެން ދޮގު ވާހަކަ ފެތުރުވުމުގެ ބޭނުމެއް ނެތެއްނުން. އެހާ ދައްކަން ބޭންވަންޏާ ހަގީގަތަށް ދައްކަމާ!