ވީއައިއޭގެ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލުން ޓޫރިސްޓުންތަކެއް ނުކުންނަނީ
14 މާޗް 2018 - 13:57
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހަދަން ބޭނުންވާ ފައިސާ ހަމަޖެހިއްޖެ ކަމަށާއި މާ ގިނަ ދުވަހެއްނުވެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު ބުނެފި އެވެ.
ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން ތަރައްގީކުރަން ނިންމާފައިވާ ޓާމިނަލް މަޝްރޫއު ފަށާނެ ކަމަށް އެމްއޭސީއެލް އިން މީގެ ކުރިން ވެސް އެކި ތާރީހުތައް ދީފައިވެ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ތިން މަސް ނިމެން ކައިރިވިއިރު ވެސް އެ މަސައްކަތެއް ނުފެށެ އެވެ.
ވީއައިއޭގެ އާ ރަންވޭގެ މަސައްކަތް ކުރިޔަށް ދާ ގޮތާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އާ ޓާމިނަލަށް ބޭނުންވާ ފައިސާ ހުރީ ހަމަޖެހިފައި ކަމަށެވެ. އޭގެ ތެރެއިން ބޮޑު ބައި ދެނީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުންނެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ޓާމިނަލްގެ މަސައްކަތް ނުފެށި ލަސްވީ މަޝްރޫއުގެ އަގުގެ 70 ޕަސެންޓަށް ވާ ފައިސާ ހަމަޖެހިފައިވާ ކަމުގެ ބޭންކް ގެރެންޓީ ސައުދީ ބިންލާދިން ގްރޫޕަށް ނުދެވިގެންނެވެ. ނަމަވެސް މިހާރު އެ ފައިސާ ހަމަޖެހިފައިވާ ކަމަށްވެ އެވެ. އަދި ޓާމިނަލްގެ ޑިޒައިން މަސައްކަތް ނިންމައި އެމްއޭސީއެލްއާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
"ބައެއް މަސައްކަތްތަކަކީ އަދި ބުނާ ތާރީހަށް ނުފެށުނަސް، އެ މަސައްކަތަކީ އަޅުގަނޑުމެން ކުރިޔަށް ގެންދާ މަސައްކަތެއް. ދެން ފެށުން ތަންކޮޅެއް ލަސްވެފައި އޮތަސް، މަސައްކަތް ފަށައިގެން އަޅުގަނޑުމެން ކުރިޔަށް ދާއިރު އެ ގެއްލުނު ދުވަސްތައް އިރާދަކުރެއްވިއްޔާ ކެޗަޕް [އަނބުރައި ހޯދޭނެ] ކުރެވޭ ގޮތަށް ރާވާފައި ހުންނާނީ،" އާދިލް ވިދާޅުވި އެވެ.
އާ ޓާމިނަލްގެ މަސައްކަތް ފެށޭނީ ކޮން ދުވަހަކުތޯ ދެންނެވުމުން އޭނާ ވިދާޅުވީ މިހާރު ކުރަމުން އަންނަނީ ތާރީހުތައް ކަނޑައަޅައި ނިންމުމުގެ މަސައްކަތް ކަމަށެވެ. އަދި ތާރީހުތައް ކަނޑައެޅުމުން ހާމަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އެހެން ނަމަވެސް ދެން މާ ގިނަ ދުވަސްތަކެއް ނުނަގާނެ ކަމުގެ ޔަގީންކަން ދެން،" އޭނާ ވިދާޅުވި އެވެ.
އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ޓާމިނަލްގެ މަސައްކަތް ބިން ލާދިން ގްރޫޕާ ހަވާލުކުރީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށް މޭ 2016 ގަ އެވެ.
އާ ޓާމިނަލް އަޅަން ނިންމާފައި ވަނީ މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލާ ޖެހިގެން ދެކުނަށް އޮތް ސަރަހައްދުގަ އެވެ. މި ޓާމިނަލް އެއްކޮށް ނިންމައި ބޭނުންކުރަން ކަނޑައަޅާފައި ވަނީ 2019ގަ އެވެ. ނަމަވެސް މިހާރު މަސައްކަތް ނުފެށި ލަސްވެފައިވާތީ އަންނަ އަހަރަށް މަސައްކަތް ނިމޭނެ ކަމަށް ނުބެލެވެ އެވެ.
އާ ޓާމިނަލް ބޭނުން ކުރަން ފެށުމުން، މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ބޭނުންކުރަން ހަމަޖައްސާފައި ވަނީ ޑޮމެސްޓިކް ޓާމިނަލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަރައްގީ
15 March 2018
އެމްޑީޕީ ނަޝީދު ވަނީ މިރާއްޖެ ވިއްކާލަން އުޅެފަ.
މަންޑޭލާ
15 March 2018
މިސަރުކާރު ކަޑައޭކިޔަސް މިރާއްޖެ ތަރައްގީކުރުމުގާ ހަބޭސް.
ސޮކްތެރެޕީ
15 March 2018
ނަޝީދަކީ މިރާއްޖެ ހިންގަންނޭގުނުމީހެއް.
ޖަމަލޭ
14 March 2018
ކޮބައިހޭ ކައްޕި......މޮޅު ވާހަކައެއް ނުދައްކާތީ ފޫހިވޭ.
ލަބީދު
14 March 2018
ޖެނެރަލް އަދުރޭ ކީކޭ ބުނަނީ.
ހަސަނު
14 March 2018
ބިންލާދީން ގުރޫޕު ވަނީ ބަނގުރޫޓުވުމާ ގާތުގަ.. ކިހިނެއްތޯ ބޭންކަކުން އެ ގުރޫޕަށް ގެރެންޓީއެއްދޭނީ؟؟ދިނަސް ކިހިނެއްތޯ އެމީހުންނަށް އެކަން ވާނެ ކަމަށް ބަލާނީ؟
ޖަޒްބާތު
14 March 2018
މޯރި މަރައިގެން ނަމަވެސް ކަލޭމެން ތިޖޫރީ ރައްކާތެރިކުރާތި
ފައްލަންބެ
14 March 2018
ކުދިންނޭ ތިޖޫރީއަށް ސަމާލުވާތި! އުމަރުބުނީ ހަމަ ތެދެއް
ދުންބުރުވި
14 March 2018
ތިޔަތަނުގެ ހާލަތަކީ ޖީއެމްއާރަށް 300 މިލިއަން ޑޮލަރު ދައްކާފަ 800 ވަރަކަށް މިލިއަން ޑޮލަރު ރަންވޭއަށް ހަރަދުކޮއްފަ 350 ވަރަކަށް މިލިއަން ޑޮލަރު ޓާމިނަލަށް ހަރަދުކުރަނީ. އެކަމަކުވެސް ވަނީހަމަ ފައިދާ؟
ޕިންކް
14 March 2018
ކޮބާ ފެނޭ... ރައީސް ޔާނުގެ ތަރައްގީ މިއޮތީ މެކުހަށް ޖަހާފަ.. ރައީސް ޔާމީން 2018 ޔަގީން... އަދި ޗައިނާ އިން ހެދިގޮތަށް އުމުރުދުވަހަށް ޔާނު އަށް ވެރިކަމުގަ ހުރެވޭގޮތައް ޤާނޫން ބަދަލް ކުރާނަން..