ވިޔަފާރި / ބަހުގެ ޚިދުމަތް

ބްރިޖާއެކު ބަހުގެ ހިދުމަތް ފެށުމަށް އެމްޕީއެލުން 100 މިލިއަން ރުފިޔާ އިންވެސްޓް ކުރަނީ

މާލެ އާއި ހުޅުލެއާ ދެމެދު ހަދާ ބްރިޖްގެ މަސައްކަތްކުރަނީ: ބްރިޖް ނިމެންވާއިރަށް ބަހުގެ ހިދުމަތް ދޭން ފަށާނެ ކަމަށް އެމްޕީއެލް އިން ބުނޭ.

ބްރިޖް ހުޅުވުމުން މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އަށް ބަސްދަތުރުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 100 މިލިއަން ރުފިޔާ އިންވެސްޓްކުރަން ނިންމައިފި އެވެ.

އެ ކުންފުނީގެ އެސިސްޓެންޓް ސީއީއޯ ރާބިހު މުހައްމަދު "މިހާރު"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ބަހުގެ ހިދުމަތް ފަށައިގަންނަ އިރު އެކި ސައިޒުގެ 22 ބަސް ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކޮންމެ ދިހަ މިނެޓަކުން އެއްފަހަރު ދަތުރެއް ކުރަން ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ

ސަރުކާރުން ވަނީ މާލޭ ސަރަހައްދުގައި ބަހުގެ ހިދުމަތް ދިނުން އެމްޕީއެލްއާ މިދިޔަ އަހަރުގެ ފަހުކޮޅު ހަވާލުކޮށްފަ އެވެ. އެ ކުންފުނިން ބުނީ ބްރިޖްގެ ހިދުމަތް އަންނަ ޖުލައި 26ގައި ފެށުމުން މާލެއިން ހުޅުލެ އަށާއި ހުޅުމާލެ އަށް ބަހުގެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ. އެމްޕީއެލް އިން ބަހުގެ ހިދުމަތް ދިނުމަށް މާލޭގައި ފަސިންޖަރު ޓާމިނަލެއް ހަދަން ބޮޑުތަކުރުފާނުމަގުގައި ހުންނަ ތައިސޭކޮށިން ބައެއް ވަނީ ހަވާލުކޮށްފަ އެވެ. އަދި އެތަން ޑިޒައިންކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ތައިސޭ ކޮށީގައި ހަދާ ސެންޓްރަލް މީޓިން ޕޮއިންޓުން ބަސް ނައްޓާލާނީ ބްރިޖް މަތިން ހުޅުމާލެއަށާއި ހުޅުލެއަށް. އަދި ހުޅުމާލޭގައި ހުންނާނެ ޕޮއިންޓެއް. މިހާރު ހުޅުމާލޭގެ ކުނިކޮށި ހުރި ސަރަހައްދުގައި ހަދަން ވާހަކަދެކެވިފައި ވަނީ. ބަހުގެ ހިދުމަތް ދޭނީ ތިން ރޫޓަކުން. އެއީ މާލެ- ހުޅުމާލެ އަދި މާލެ- ހުޅުލެ،" ރާބިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބްރިޖް ހެދުމަށް ފަހު އެންމެ ގިނަ ބަޔަކު ދަތުރުކުރާނީ ހުޅުމާލެ އިން މާލެ އަށް ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މާލެ އިން ހުޅުލެ އަށް ވެސް މިހާރު ދުވާލަކު 15،000 އެއްހާ މީހުން ދަތުރު ކުރާ އިރު އޭގެ ތެރެއިން ގިނަ ބަޔަކު ބަހުގައި ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ރާބިހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ހިދުމަތް ދިނުމަށް ބޭނުންކުރާ އެއާކޯން ކޮށްފައިވާ ކޯޗްތަކެއް. އަދި މި ހިދުމަތް ހޯދުމަށް ކަސްޓަމަރުންނަށް އިލެކްޓްރޯނިކް ކާޑެއް ބޭނުންކުރެވޭ ގޮތް ހެދުމަށް މިދަނީ މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ.

ރާބިހު ވިދާޅުވީ ހުޅުމާލެ އާއި މާލެއާ ދެމެދު މިހާރު ވެސް ދުވާލަކު 28،000 މީހުން ދަތުރުކުރާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އޭގެ ތެރެއިން ވެސް ބޮޑު ބައެއް ބްރިޖް ނިމުމުން ބަހުގައި ދަތުރުކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުޅުމާލެ އަށް ދަތުރުކުރާ ފަސިންޖަރުން އުފުލަން އަޅުގަނޑުމެން ގަސްދުކޮށްފައި ވަނީ ޑަބަލް ޑެކާ [ދެ ބުރި އަށް ހުންނަ] ބަސް. އަދި ހުޅުމާލެ އާއި ހުޅުލެއާ ދެމެދު ވެސް ބަހުގެ ހިދުމަތް ދޭނެ،" ރާބިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާނީ 50-70 މީހުންގެ ޖާގައިގެ ބަހާއި 80-100 މީހުންގެ ޖާގައިގެ ދެބުރި ބަސްތަކެވެ. އޭގެ އިތުރުން 30 މީހުން އުފުލޭ ކުދި ބަސްތަކެއް ވެސް ބޭނުންކުރަން ނިންމާފައިވެ އެވެ. އެ ކުންފުނިން ލަފާކުރާ ގޮތުގައި ހުޅުމާލެ އިން މާލެ އަށް ބަހުގައި 12 މިނެޓުން ދަތުރު ކުރެވޭނެ އެވެ.

"އަޅުގަނޑުމެން ބޭނުންވީ އާދައިގެ ފެރީއަކުން އެއްފަހަރާ މީހުން ގެންދެވޭ ވަރުގެ ބަސް ހޯދަން. އަޅުގަނޑުމެން މި ބަލަނީ ފެރީ އާއި ބަހުގައި އެއް ކާޑެއް ބޭނުންކުރެވޭ ގޮތަށް ހެދުމަށް. އެ ގޮތުން އެމްޓީސީސީއާ އެކު މަޝްވަރާ ކުރަމުން އެބަގެންދަން،" އެ ކުންފުނީގެ ކޯޕަރޭޓް ޑިވިޝަންގެ ހެޑް އަބްދު ފާއިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން ބަހުގެ ހިދުމަތް ދިނުމަށް ފީސިބިލިޓީ ސްޓަޑީއެއް ހެދި ކަމަށެވެ. އަދި އެ ކުންފުނިން އެ ހިދުމަތުގައި ނަގާ އަގު މިހާރު ބޭނުންކުރާ ފެރީ ނިޒާމްގެ އަގަށް ވުރެ ބޮޑުނުވާނެ ކަމަށް ވެސް ފާއިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިބަލަނީ ދިހަ ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް. އަގުތައް މުޅިން ނިންމާނީ ސަރުކާރާއެކު މަޝްވަރާ ކުރުމަށް ފަހު،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހިދުމަތަށް ބޭނުންވާ ބަސްތަކަށް އަންނަ މަހު އޯޑަރު ދޭނެ ކަމަށެވެ. އަދި ބަހުގެ ހިދުމަތް ދޭން ފަށާއިރު ގާތްގަނޑަކަށް 300 އާ ވަޒީފާ އުފެދިގެންދާނެ ކަމަށް ވެސް ފާއިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަ ބަލަން ހުޅުލެ އަށް ފުރަން ދާ ފަސިންޖަރުންނަށް މާލެ އިން ޗެކިން ކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސައިދެވޭތޯ. އޭރުން މާލެ އިން ޗެކިން ކުރުމަށް ފަހު އެއާޕޯޓަށް ދާނީ ސީދާ ފުރަން،" އޭނާ ވިދާޅުވި އެވެ.

43 ކޮމެންޓް, 80 ރިއެކްޝަންސް

icon happy icon happy 74%
icon sad icon sad 1%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާއަހަރެން

29 March 2018

ގޭގަ ތިބެގެން ޗެކިން ކުރެވޭ ގޮތަށޭ ނުބުނީ ކީއްވެ. މާލެ ގަ ތިބެގެން ޗެކިން ކުރުން މީ އަދި މުޅިން ހަމަ ޖެހޭ ވާހަކަ އެއް ނޫން ކަންނޭގެ.

The name is already taken The name is available. Register?

ޯކަކުނި

29 March 2018

އެބަހުރި ފޯރިއެއް ސާބަސް މިއަދުގެ ސަރުކާރައް.

The name is already taken The name is available. Register?

ޑާޑާޑާޑާޑާ

29 March 2018

ޕްރައިވެޓް ކާރުގަ ދަތުރު ކުރައްވާ ފަރާތްތަކުން، ތިޔަ ބުރިޖު ހުރަސްކުރާ ކޮންމެ ފަހަރަކު ކިހާވަރެއް ދައްކަން ޖެހޭނެބާ!

The name is already taken The name is available. Register?

ހަސީބް

29 March 2018

މާލެ އާއީ ހުޅުލެ ބުރީޖަކުން ގުޅުވަލުމައް ރައީސް މައުމޫން ގެންގުޅުއްވީ ތަސައްވުރު މީއަދު މީ ވަނީ ހަގީގަތަކައް ވެފައީ.. އަދީ އެމަނީކުފާނުގެ ޒައާމަތުގައީ ހުޅުމާލެ ހީއްކަވާ އެރަށް ދީވެހީރައްޔީތުންގެ މުސްތަގުބަލުގެ ތަރައްގީއަށް އާބާދު ކުރައްވަން ފެއްޓެވީ މަސައްކަތް މީދަނީ ފޯދެމުން.. އަދީ ތާއުލީމީ ދާއީރާ ކުރީއަރުވަން އުފެއްދެވީ ޔުނީވާސީޓީ ދަނީ ކުރީއައް. ރައީސް މައުމޫނައް ދީވެހީ ރައްޔީތުންފަޚުރުވެރީވޭ.. އެމަނީކުފާނުގެ ޒައާމަތުގައީ ރާއްޖެއައް އައު ޑީމޮކްރެޓީކް ގާނޫން އަސާސީ ތަސްދީގުކުރައްވައީ ޒަމާނީ ޑީމޮކްރެސީއެއްގެ ބީންގާ އެޅުއްވީ.. މީސަރުކާރުންވަނީ އެ ބީންގާ މުގުރާލާފަ ރައީސް މައުމޫން ޖަލުގަ ބަންދުކުރައްވާފަ..

The name is already taken The name is available. Register?

ޢަހުމަދު

29 March 2018

100 މިލިޔަނެއް ނުދާނެ. ކުރިއްސުރެ ހިދުމަތްދޭ އަދި ލާރިގިނަވެގެން ރިއަލްއެސްޓޭޓްފެށި އެމްޓީސީސީ އޮއްވާ ފައިސާ ދަހިވެތިކަމު އެމްޕީއެލުން މިތެޅިގަތީ.!!!

The name is already taken The name is available. Register?

އައި

29 March 2018

އެއްމިކިޔަން ވަޒީފާ 22 ބަސް އިޕްރޭޓް ކުރަން ބޭނުން ވާނެ. އަދި ބުނަން ތި ބުރިޖަކީ ރައްޔަތުންގެ އެއްޗެއް، ސަރުކާރުގަ އެތިބީ މަސައްކަތް ހަވާލު ކޮށްފަ ތިބި ރައްޔަތުންގެ ނޯކަރުން.. ރައްޔަތުން ޔާމީން ހޮވާނެ ކަމަށް ހީކޮށް ތިކަން ކުރިޔަސް 2 ވަނަ ދައުރެއް ނުދޭނަން. ސަލާމް

The name is already taken The name is available. Register?

Tޓެކްސީޑުރައިވަރު

29 March 2018

10Rއަށް ކުރަންޏާ މާހިއްފަސޭހަވެފަ އަގުއަގުހެޔޮ ހަތަރުމީހުން ތިރީސްރުފިޔާދީފަ ޓެކްސީގަދިޔާމަ.

The name is already taken The name is available. Register?

ހަސަން

29 March 2018

ތައިސޭ ކޮށި ކައިރި ވަރަށް ބާރު ބޮޑުވާނެ. ޕާކިން ޖާގަ އާއި ޓްރެފިކް މެނޭޖް ކުރެވޭނެ ގޮތް ރަނގަޅަށް ޑިޒައިންގައި ހިމެނުން މުހިންމު. މާލެ އަކީ ނިސްބަތުން ދުނިޔޭގެ އެންމެ ބައިބޯ ރަށް. 10ރ. އަކީ ޓޯލް ހިމެނޭ އަގުކަމުގައި ވާނަމަ ރަނގަޅު އަގެއް. މާލެ އިން ޗެކިން ކޮއްލެވޭނަމަ ވަރަށް ސަޅިވާނެ.

The name is already taken The name is available. Register?

ސްމާން

29 March 2018

ހިހިހި... އަދި މިއުޅެނީ ވާނުވާ ނޭނގިގެން... ކިހިނެތް 12 މިނިޓުން މާލެއިން ހުޅުމާލެއަށް ބަހުގަިއ ދާނީ؟ 10 ރ ޓިކެޓުން ވާނެބާ؟ ފެރީއާއި ބަހުގައި އެއްކާޑެއް ބޭނުން ކުރަން އިހަށ ްތިކުރަން އުޅެ ކަންތައްތައް ވޭތޯ ބަލާށެވެ؟

The name is already taken The name is available. Register?

ސާމިހު

29 March 2018

މާލޭން ޗެކިން ކުރެވުނީމާ ދިވެހިންނައްވާނެގޮތަކީ އެންމެފަހުވަގުތު ދިހައެއް ޖަހާއިރު ނައްޓާލާ ފްލައިޓް އަށް ދިވެހި މާލެން ޗެކިން ކުރިމީހާ ފުރަންދާނީ ދިހަގަޑި 30 ގައެވެ. އެހެންކަމަށްވާއިރު ދާއިރު ފްލައިޓް ފުރާފާނެއެވެ. މިހުން މިކަންވާކަށް އެއަރލައިން އަކުން ބޭނުމެއްނުވާނެ. ދެނޯ ކޮންމެ ފްލައިޓެއް ފުރާނީ މާލެން ޗެކިންކުރިމީހާ ބަހައްޓާފައެވެ.

The name is already taken The name is available. Register?

ދާއޫދު:

29 March 2018

ކިތަންމެ ބޮޑު ބުރިޖެއް އެޅިޔަސް މިފަހަރު ޔާމީނު ނުހޮވޭނެ!

The name is already taken The name is available. Register?

ރަގަޅު

29 March 2018

ހަމަތެދެއް ތިބުނީ.... ބުރިޖަކީ ޔާމީނު އަޅާތަނެއްނޫން ، އެބޭފުޅާއަށް ކުރެޑިޓްދޭންޖެހޭ އެއްވެސް ސަބަބެއްނެތް... ބުރިޖުއަޅަނީ ބޮޑުލޯނުނަގައިގެން ކަމަށްވެފައި އަދި ބުރިޖުގެ ކޮންޓްރެކްޓު ހޯދަން ތެޅިމަރުވާ އެތައްބަޔަކުތިބިއިރު ގްރޭޑު 1 ގައި ކިޔަވާ ކުޑަކުއްޖަކު ވެރިކަމުގައި ހުއްޓަސް ބުރިޖު ހުންނާނީއެޅިފައި... އެއީ ދަރަންޏަށް ފައިސާނަގައިގެން ކުރާކަމަކަށްވާތީ... ޔާމީނުއަށް ކުރެޑިޓު ދޭންވީ ހަމައެއްވެސް ސަބަބެއްނެތް އަދި ވޯޓުދޭންވީ ސަބަބެއްވެސް ނެތް...

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

29 March 2018

ހަމަގައިމުވެސް ވޯޓެއް ނުދޭނަން، ދެން ހޮވެންޏާ ހޮވެންވީ، 2013ގަވެސް ވެރިކަމަށް އައިގޮތް ރައްޔިތުން ދެނަހުރި.

The name is already taken The name is available. Register?

މައްސަލް

29 March 2018

މިކަން އެމްޕީއެލުން ކުރަންވީ ކީއްވެ؟ ކީއްކުރަން؟ ސަރުކާރުގެ ހިއްސާ އޮންނަ ދަތުރުފަތުރާ ބެހޭ ހާއްސާ ކުންފުންޏެއް އޮވޭ ނޫންތަ؟ ހަމަ އެއްޗެކެ ކިޔައިގެން އެމްޕީއެލަށް އިތުރު ލާރި އަޅާނެ ގޮތެއް ހޯދީ. މިއީ މައްސަލައަކީ.

The name is already taken The name is available. Register?

ޖަހާމު ޝަރީފް

29 March 2018

މިހާރު ސަރުކާރުން ވަރަށް ބެލެންސް ކޮށް މިކަންކަން ކުރައްވަނީ. ބައެއް ސަރުކާރު ކުންފުނިތަކަށް އިތުރު ޢާމްދަނީ ހޯދޭނެ ގޮތް ހޯދާދިނުމަށް ސީދާ ދާއިރާއާ ނުގުޅޭ ކަންކަންވެސް ކުރަން އެބަ ފުރުޞަތުދޭ. މިސާލަކަށް އެމްޓީސީސީ އަށް ރިޒޯޓެއް ހިންގަންވެސް ދީފާނެ. އެހެންވީރު، އެމްޕީއެލްއަށް ބަސްގެ ދަތުރު ނުފެށޭންވީ ސަބަބެއް ނެތް. ބަހުގެ ދަތުރުތައް އެމްޕީއެލް އިން ފެށިނަމަވެސް، އެމްޓީސީގެ ފެރީސަރވިސް އެހެން މަންޒިލުތަކަށް ފުޅާކުރަން ޖެހޭނެ. އެކަމަށް މަގުފަހިވާނީ ބަސް ސަރވިސް އެހެން ބަޔަކަށް ދީފައި، ފެރީ ސަރވިސް އަށް ކޮންސަންޓްރޭޓް ކުރަން އެމްޓީސީސީ ބޭއްވިއްޔާ. ބައެއްފަހަރު ހިންގަވަން ހުންނަ ވެރިޔަކު "ޕްރޯ އެކްޓިވް" ނުވުމުގެ ސަބަބުން މިކަހަލަ ކަންތައްތައްވޭ. އޭނާއަށް ބަސް ސަރވިސްގެ މުހިންމުކަން ދުރާލާ އިނގިގެން ޕްރޮޕޯޒަލެއް ހަދާ ހިޔާލުތަކެއް ސަރުކާރަށް ހުށަހެޅުނުނަމަ، އެމްޓީސީސީ އިންކަންނޭންގެ ތިކަންކުރާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454