ވިޔަފާރި / ޓޫރިޒަމް

ޖީއެމް ފޯރަމްގައި 40 އަށްވުރެ ގިނަ ކުންފުނިން 150 ބޭފުޅުން ބައިވެރިވާނެ

ހޮޓެލިއާ މޯލްޑިވްސް އިން 2016 ވަނަ އަހަރު ބޭއްވި ޖީއެމް ފޯރަމްގެ ބައެއް ބައިވެރިން ވާހަކަދައްކަވަނީ. މިފަހަރުގެ ފޯރަމް އޮންނާނީ މިމަހުގެ 18 ވަނަ ދުވަހު.

ރާއްޖޭގެ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި އިންޑަސްޓްރީގެ އިސްބޭފުޅުންނާއެކު ބާއްވާ އެންމެ ބޮޑު ފޯރަމް، "ހޮޓެލިއާ މޯލްޑިވްސް ޖެނެރަލް މެނޭޖަސް ފޯރަމް"ގެ މިފަހަރުގެ ބައްދަލުވުމުގައި ޓޫރިޒަމް ދާއިރާގެ 40 އަށްވުރެ ގިނަ ކުންފުނިން 150 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވާނެ ކަމަށް ބުނެފި އެވެ.

ހޮޓެލިއާ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން އަހަރަކު އެއްފަހަރު ބާއްވާ އެއް ދުވަހުގެ ބައްދަލުވުން މިފަހަރު ބާއްވަން ހަމަޖައްސާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގަ އެވެ.

ޖީއެމް ފޯރަމަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ އެންމެ އިސްވެރިންގެ މެދުގައި ބާއްވާ މިފަދަ އެންމެ ބޮޑު ބައްދަލުވުމެވެ. އެ ފޯރަމްގައި ޓޫރިޒަމް ދާއިރާއާ ގުޅުންހުރި މައުލޫތަކަށް ބައިވެރިން ވާހަކަދައްކަވައި، ޕްރެޒެންޓޭޝަން ހުށަހެޅުއްވުމުގެ އިތުރުން ޕެނަލް ޑިސްކަޝަންތައް ވެސް ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވެ އެވެ.

"މީގެ ބޭނުމަކީ ފަތުރުވެރިކަމުގެ ދާއިރާގެ މިހާރުގެ ހާލަތާއި ކުރިމަގުގައި ހުރި ފުރުސަތުތަކާއި ގޮންޖެހުންތައް ހިއްސާކޮށް މަޝްވަރާކުރުން. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ނެގޭ ޓެކްސްއާއި ފަތުރުވެރިން އުފުލުމުގެ ވަސީލަތްތަކާއި ދުޅަހެޔޮކަމުގެ ދާއިރާއިން ނަފާ ހޯދެން ހުރި ފުރުސަތުތަކާއި ޑެސްޓިނޭޝަން މާކެޓިން ޓެރެންޑްސް ފަދަ މައުލޫތައް މިއަހަރުގެ ފޯރަމްގައި ހިމެނެ،" ހޮޓެލިއާ މޯލްޑިވްސް އިން ބުންޏެވެ.

އެ ފޯރަމަށް ވަޑައިގަންނަވާ ބޭފުޅުންގެ މެދުގައި ގުޅުން ބަދަހި ކުރުމަށް ކުރު ހަފުލާއެއް ވެސް ބާއްވަން ހަމަޖައްސާފައިވެ އެވެ.

ހޮޓެލިއާ އިން ބުނި ގޮތުގައި އެ ފޯރަމްގައި ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ އާއި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތައް ވެސް ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ކޮކޯ ކަލެކްޝަން، ޝަންގްރިލާ ހޮޓެލްސް، ސޮނޭވާ، ވަން އެންޑް އޮންލީ، އައިއެޗްޖީ ހޮޓެލްސް، ބެލިއޯނީ ހޮޓެލްސް، ލިލީ ހޮޓެލްސް، ކޮންސްޓެންސް ހޮޓެލްސް އެންޑް ރިޒޯޓްސް، ފެއަމޮންޓް، ޑައެމަންޑް ރެޒޯޓްސް، ޖުމެއިރާ، ސިނެމަން، އަދާރަން، ޔުނިވާސަލް ރިސޯޓްސް އަދި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް ހިމެނެ އެވެ.

ހޮޓެލިއާ މޯލްޑިވްސް އިން ބުނީ މިއަހަރުގެ ފޯރަމްގައި ވާހަކަފުޅު ދައްކަވާ ބޭފުޅުންގެ ތެރޭގައި ސީޕްރިޔާ ގްރޫޕްގެ ފައުންޑިން ޕާޓްނަރު އަދި ސޮލަރެލް އިންޝުއަރެންސްގެ ޗެއާމަން އިބްރާހިމް ސަލީމް (ބަންދު ސަލީމް) އާއި ހިލްޓަން އޭޝިއާ ޕެސިފިކް، ލަގްޒަރީ އެންޑް ލައިފްސްޓައިލްގެ ވައިސް ޕްރެޒިޑެންޓް ޑެނިއެލް ވެލްކް ވެސް ހިމެނޭ ކަމަށެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 40%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮޅާލާ

03 April 2018

ޖީއެމް ފޯރަމްގައި 40 އަށްވުރެ ގިނަ ކުންފުނިން 150 ބޭފުޅުން ބައިވެރިވާއިރު ހުރިހާ ޖީއެމް މެންނަކީ އެއީ ރާއްޖޭން ބޭރުމީހުންނޭ އެތަނުގައި ގިނައީ އޮސްޓްރޭލިއާ މީހުންނޭ ދެން އިންޑިއާ މީހުންނޭ ދެން ލަންކާ މީހުންނޭ. ރާއްޖޭގެ ރިސޯރޓްސް ތަކުގެ ސީއެފްއޯ އެއީ ލަންކާ އިންޑިއާ މީހުންނަށް ކަނޑައަޅާފައިވާ މަގާމް ތައް ދެން ޕްރޮކިއުމެންޓް ޑިޕާރޓްމެންޓް އެއީ ލަންކާ ނުވަތަ އިންޑިއާ މީހުންނަށް ކަނޑައަޅާފައިވާ މަގާމް ތައް ދެން އިންޖިނިއަރިންގް ޑިޕާރޓްމެންޓްގެ މަހަކު 300 ޑޮލަރަށް ވުރެން ބޮޑު ހުރިހާ މުސާރަ އެއްގެ މަގާމް ތައްް އެއީ ލަންކާ އިންޑިއާ މީހުންނަށް ކަނޑައަޅާފައިވާ މަގާމް ތައް. މިކަން ކަން ސިސްޓަމެޓިކް ކްރުއަލް މައިންޑް އުސޫލުން ޑަބަލް ސްޓޭންޑަރޑް ދިވެހިންގެ މެދުގައި ގެންގުޅެގެން ކުރަނީ ސީދާ ދޮން ޖީއެމް މެން އަޑީގައި ތިބެގެން ނޭ މިކަން ކަން މަޓީ އަށް ނުހުއްޓުވުނެއް ނޫންތޭ ތަމެން މާ ތާހިރު ނޫންތޭ ދެކޮޅަށް ތިބެގެން ދަނޑިދެމިއްޔާ ދޯ. ކޮން ޖީއެމް ފޯރަމް އެއްތޭ ޖީއެމް ފޯރަމް އޮޅާލަބަލަ އޮޅާލާ އޮޅާލާ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454