ވިޔަފާރި / ބޯފެން

ތާޒާ އާއި ލައިފްގެ އޯޑަރު ނެގުން މަޑުޖައްސާލުމުން ފެން ލިބުން ދަތިވެއްޖެ

ފުޅީގައި ބަންދުކުރި ފެން ކޭސްތަކެއް މާލެއަށް ބޭލުމަށް ފަހު ބަޔަކު ގެންދަނީ: ފިހާރަތަކަށް ޑެލިވަރީކުރުން ލަސްވެ، ބައެއް ތަންތަނުން ފެން ވިއްކާ އަގު ދަނީ ބޮޑުކުރަމުން.

މާލޭގެ ފިހާރަތަކަށް ސަޕްލައިކޮށްދޭ ތާޒާ ފެނާއި އާއި ލައިފް ފެނުގެ އޯޑަރު ނެގުން އެ ދެ ކުންފުނިން މަޑުޖައްސައިލުމުން މާލޭގައި ފެން ލިބުން ދަތިވެއްޖެ އެވެ.

މާފަންނުގައި ހުންނަ ފިހާރައަކުން ވާހަކަދެއްކި މީހަކު ބުނީ އެމްޑަބްލިއުއެސްސީ އާއި ހެޕީ މާކެޓުން ވިއްކާ ފެނުގެ އޯޑަރު ނެގުން އަންނަ ހަފުތާ އަށް ފަސްކޮށްފައިވާ ކަމަށް އެ ދެ ކުންފުނިން ބުނާ ކަމަށެވެ. އެގޮތުން އެމްޑަބްލިއުއެސްސީން އުފައްދާ "ތާޒާ" ބްރޭންޑްގެ ފެނަށް އޯޑަރު ދޭން ގުޅުމުން ކަސްޓަމަރުންނަށް މިހާރު އަންގަނީ އޯޑަރު ނޯޓުކުރެވޭނީ ވެސް ދެ ދުވަސް ފަހުން ކަމަށް އެ މީހާ ބުންޏެވެ.

"ތާޒާގެ 1.5 ލީޓަރުގެ ކޭހަށް އޯޑަރު ނޯޓު ވެސް ނުކޮށްދޭ. އެންމެ ފަހުން ވެސް ފެން ގެނެސްދިނީ މިދިޔަ ހޯމަ ދުވަހު،" އޭނާ ބުންޏެވެ.

"މި ވަގުތު ތާޒާ އިން ލިބެނީ ހަމައެކަނި ފަސް ލީޓަރު ފެން. އެހެން ސައިޒުތަކުގެ ފެން ޑެލިވަރީ ކުރެވޭނީ އެންމެ އަވަހަށް ވެސް އަންނަ އާދީއްތަ ދުވަހު ކަމަށް މިއަދު ގުޅީމަ ވެސް ބުނި."

އެ މީހާ ބުނީ ކުންފުނިތަކުން ފެން ހޯދުން ވަރަށް ބޮޑަށް އުނދަގޫ ކަމަށެވެ. އެހެންވެ ފެން ވިއްކުން ވެސް މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ފެން ހިފައިގެން އަންނާނަމޭ ބުނެގެން ކޮންމެ ރެއަކު ބާރަ ޖަހަންދެން ހޭލާ ތިބެން އެބަ ޖެހޭ. މިހާރު އެހެން ބުނެގެން ފާއިތުވި ދެ ރޭ ވެސް ހޭލައި ތިބެގެން ފެނެއް ނުލިބޭ،" އެ މީހާ ބުންޏެވެ.

އޭނާ ބުނީ ހެޕީ މާކެޓުން ސަޕްލައިކޮށްދޭ "ލައިފް" ބްރޭންޑްގެ ފެން ހޯދުން ވެސް ވަރަށް ބޮޑަށް އުނދަގޫ ކަމަށެވެ. އަދި އެ ތަނުން އެންމެ ފަހުން އެންގީ ދެން އޯޑަރު ނެގޭނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ވެސް އެ މީހާ ބުންޏެވެ.

"މިދިޔަ ހޮނިހިރު ދުވަހު ދިން އޯޑަރު އަދިވެސް ޑެލިވައެއް ނުކޮށްދޭ. ކޮންމެ ދުވަހަކު ވެސް ގުޅީމަ ބުނަނީ އެބަ ބަލަމޭ ޑެލިވާކުރެވޭތޯ،" އޭނާ ބުންޏެވެ.

އެ ފިހާރައިން ވާހަކަދެއްކި މީހާ ބުނީ އެ ތަނުން ދުވާލަކު މަދުވެގެން ފަސް ލީޓަރުގެ 20 ކޭސް ވިކޭ ކަމަށެވެ. އަދި 500 އެމްއެލް އާއި 1.5 ލީޓަރުގެ 12 ކޭސް ފެން ވިކޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މާލޭގެ ބައެއް ފިހާރަތަކުން ވަނީ 1.5 ލީޓަރުގެ ފެން ފުޅިއެއް ވިއްކާ އަގު ހަތް ރުފިޔާ އަށް ބޮޑުކޮށްފަ އެވެ. ފަސް ލީޓަރު ވިއްކާ 15ރ. އަށް ވެސް ބައެއް ތަންތަނުން ވިއްކާ އެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވީ ފެން އުފައްދާ ކުންފުނިތަކަށް ފިހާރަތަކުން ބޭނުންވާ މިންވަރަށް މިހާރު ފެން ޑެލިވާ ނުކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް އެނގޭ ދުވާލު ފެން ޑެލިވާކުރި ގޮތަށް ރޭގަނޑު ލިބޭ ކުޑަ ވަގުތުކޮޅު އެކަން ކުރަން ދަތިވާނެ ކަން. އެހެންވެ އަޅުގަނޑުމެން ވެސް ފެން ވިއްކުން ކޮންޓްރޯލް ކޮށްގެން މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.

އެ ވިޔަފާރިވެރިޔާ ވިދާޅުވީ މި ދުވަސްވަރު އާދަޔާ ހިލާފަށް ހޫނު ގަދަވުމުން ފެން ވިކޭ މިންވަރު ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

"މީގައި އެބައުޅޭ ދެ ކަމެއް. ފެނުގެ ޑިމާންޑް މި ދުވަސްވަރު ބޮޑުވުމާއި ޑެލިވަރީކުރާ ވަގުތަށް އައި ބަދަލާ ގުޅިގެން ރޭގަނޑު ޑެލިވަރީ ނުކުރެވުން ހިމެނޭ،" އޭނާ ވިދާޅުވި އެވެ.

މާލޭގެ ފިހާރަތަކުން ފެން ލިބުން ދަތިވެފައި ވަނީ، މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، މާލެ ތެރެއަށް ދުވާލު ގަޑީގައި މުދާ އުފުލުން ސަރުކާރުން މަނާކުރުމާ ގުޅިގެންނެވެ.

ނަމަވެސް ހެޕީ މާކެޓްގެ ސީއީއޯ އަދި އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ވިދާޅުވީ މާލޭގައި މިހާރު ރޭގަނޑު ފެން ޑެލިވަރީކުރަން ލިބޭ ވަގުތުގައި، ކުރެވޭ ވަރަށް ގެންގޮސްދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިން ޑެލިވަރީ ނުކުރެވި އޯޑަރުތަކެއް ހުރުމުން އޯޑަރު ނަގަނީ ޑެލިވަރީކުރެވޭ މިންވަރަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރިޔަށް ވުރެ ޑިމާންޑް ވެސް ބޮޑުވެއްޖެ، އެ ޑިމާންޑާ އެއް ވަރަށް ޑެލިވާކުރަން މަސައްކަތްކުރަމުން ދަނީ. މި ވަގުތު އޯޑަރު ނަގަނީ ލިބިފައިވާ ވަގުތުގައި ޑެލިވަރީކުރެވޭ ވަރަށް،" އޭނާ ވިދާޅުވި އެވެ.

އިހުސާން އިއްޔެ ވިދާޅުވީ ރޭގަނޑު އެންމެ ފުރަތަމަ ފެން ގެންގޮސް ދެނީ ވެސް ފިހާރަތަކަށް ކަމަށެވެ.

"ރޭގަނޑު ޑެލިވަކުރަން ފަށަނީ ފިހާރަތަކަށް. އޭގެ ފަހުން ރެސްޓޯރަންޓް، ކެފޭ އަދި ހޮޓާތަކަށް ގެންގޮސް ދެނީ. އެއީ ރެސްޓޯރަންޓްތައް ބަންދުކުރާ ގަޑި ފަސްކުރުމުން،" އިހުސާން ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އެމްޑަބްލިއުއެސްސީން ވާހަކަދައްކަން ބޭނުމެއްނުވި އެވެ.

16 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 8%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަލިދީދީއައްޑޫސިޓީ

05 April 2018

އިކޮނޮމިކް މިނިސްޓަރ އަކީ ޓްރާންސްޕޯރޓް އޮތޯރިޓީ ގެ ވެސް ވެރިޔާ. އެހެންކަމުން މިހުރިހާ ކަމަކަށް ޖަވާބުދާރީ ވުމަށް ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން މަޖިލިސްކުރާ ގެއަށް ރައްޔިތުންގެ ކުރިމައްޗަށް ޙާޟިރުވާންޖެހޭ. އެކަމަކު، އެކަން އެހެންވާކަށް ނެތް. މަޖިލިސް އޮތީ "ތަޅުއަޅުވާފަ" . މިއީ މިވެރިންނަށް ވެރިކަން ކުރަން އެނގޭ ގޮތް. ފަނޑިޔާރުން ޖަލަށް ލައިގެން ބިރުދައްކައިގެން، ފުލުހުންނާ ސިފައިންގެ މަދަދު ހޯދައިގެން މަޖިލިސް ތަޅު އަޅުވައިގެން. އެކަމަކު މިއީ "މަގެ ދީނާ މަގެ ޤައުމު" ގެ ޙައްޤުގައި ކުރާ ވެރިކަމެކޯ!!!!!

The name is already taken The name is available. Register?

އުދުހޭ

04 April 2018

ސްވިޒަލޭންޑް މީހުންނަކީ އެހާ ގިނައިން ފެން ބޯ ބައެއްނޫން. ލޮލް.

The name is already taken The name is available. Register?

ޢަލީ1

04 April 2018

އަޅުގަޑަކަށް ނޭންގެ ތާޒާފެނާއި ލައިފްފެން ބޯންޖެހޭ ސަބަބެއް ދެފެނަކީވެސް މިނެރަލް ފެނެއްނޫން ހަމަ އާރުއޯ ފެން ގޭގައިންނަ ވޯޓަރ ސަޕްލައފެނަށް ރަގަޅުފިލްޓަރ ސިސްޓަމެއް ގުޅީމަހަރަދު ކުޑަވެފަ މާރަނގަޅުވާނެ

The name is already taken The name is available. Register?

ވަކަ

04 April 2018

ދެން މިނިސްޓަރު ނިކުމެ ވިދާޅުވާނެ ސަރުކާރުން އަމިއްލައަށް ފެން އުފައްދާގެންވެސް ރައްޔިތުންނަށް ފެން ފޯރުކޮށްދޭނަމޭ

The name is already taken The name is available. Register?

ސިންތިލީ ވޫމް

04 April 2018

ޓޯކިޔޯ މީހުން ފެނައްޖެހުނީ ދޯ!!!

The name is already taken The name is available. Register?

‫ސަލާމީ

04 April 2018

‫ ‫ސާބަހޭ މ ސައީދު .. މިއީތަ ތިބޭނުން ވާގޮތަކީ!!!!! ރަތްއިތުން އިރު އޮއްސޭއިރައް ޒަރޫރީ ގޮތުން ބޭނުންކުރާ މުދާ ހޯދުމައް ތެޅިފޮޅެނީ. ގައުމުގެ ވެރިން ރޭގަޑު ވީމަ އަރާމުގަ އަބިދަރިންނާއެކު ގޭގަ ކަސޯޓީބަލަން..

The name is already taken The name is available. Register?

ރިޟް

04 April 2018

ބުރޯ ތިބުނާ ޑްރާމާ ނިމިއްޖެ.

The name is already taken The name is available. Register?

ފެންޖާޑި

04 April 2018

ކުރިއަށް އޮތީ ރޯދަ މަހެވެ.

The name is already taken The name is available. Register?

އަލިީއަލީ

04 April 2018

ކުރިއަށ

The name is already taken The name is available. Register?

އަހުމަދުބެ

04 April 2018

ފެން އަގުބޮޑު ކުރާ ފަރާތް ތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަމެވެ. އަދި ފެން ޑެލިވަރީ ނުކޮށްދީ ލަސް ކުރާ ފަރާތް ތަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނަމެވެ. އަޅުގަނޑަށް ކިޔަނީ މުހައްމަދު ސައީދު އެވެ.

The name is already taken The name is available. Register?

Fiyalhu Alhaanamo

04 April 2018

މާލޭގެ ފިހާރަތަކަށް ބޯފެނާ ، ކާޑުގެ ބާވައްތަކާ މުދާ ސަޕްލައި ކުރުން MPL އާައި ހަވާލު ކުރަން Transport ހިންގުމާއި ހަވާލުވެ ހުރި މިނިސްޓަރަައް ދަންނަވަން. ?

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454