ދިރާގު ޓީވީ ފުވައްމުލަކުގައި ތައާރަފް ކުރުމުގެ ތެރެއިން: 4ކޭ ޗެނަލް ފުރަތަމަ ދައްކާނީ މާލޭ ސަރަހައްދުގެ ރަށްރަށަށް އެކަނި ކަމަށް ވަނީ ބުނެފައި.
09 ޖޫން 2018 - 18:55
ދިރާގު ޓީވީން 4ކޭ ކޮލިޓީގައި ގެނެސްދޭ ޓީވީ ޗެނަލެއް ފޮނުވަން ފަށައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބުނީ އަލަށް މިއަދު ދައްކަން ފެށި ޗެނަލަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ލަވް ނޭޗާ" ޗެނަލް ކަމަށެވެ. އެ ޗެނަލަކީ ގުދުރަތީ ރީތި މަންޒަރުތައް ހިތްގައިމު 4ކޭ ކޮލިޓީގައި ގެނެސްދޭ ޑޮކިއުމަންޓަރީ ޗެނަލެކެވެ.
އައިޕީޓީވީގެ ހިދުމަތް ފުޅާ ދާއިރާއެއްގައި މުޅި ރާއްޖެއަށް ދޭ ހަމައެކަނި ކުންފުނި ކަމަށްވާ ދިރާގުން ބުނީ އަލަށް ދައްކަން ފެށި ޗެނަލުގެ ސަބަބުން 4ކޭ ޓީވީތަކުގެ ފުރިހަމަކަން ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.
އަލްޓްރާ ހައި ޑެފިނިޝަން ނުވަތަ 4ކޭ ޓެކްނޮލޮޖީ އަކީ މިހާރު މާކެޓުގައި ހުރި ސްމާޓް ޓީވީތަކުން ފެންނާނެ އެންމެ ފުރިހަމަ ކޮލިޓީ އެވެ.
ދިރާގު ޓީވީއިން 4ކޭ ޗެނަލެއް ތައާރަފް ކުރުމަކީ ދިރާގުން ރާއްޖޭގެ ކޭބަލް ޓީވީ މާކެޓް އިތުރު ހަރުފަތަކަށް ގެދިއުމަށް، ކުރިއަށް އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
"ލަވް ނޭޗާ" ޗެނަލް ތައާރަފް ކުރީ ދިރާގު ޓީވީގެ އިންޓްރޯ ޕެކޭޖްގެ ބޯނަސް ޗެނަލެއް ގޮތަށެވެ. އަދި އެ ޗެނަލް ބެލޭނީ ފައިބާ ކަނެކްޝަނެއް މެދުވެރިކޮށް ދިރާގު ޓީވީ ހިދުމަތް ނަގާފައިވާ ފަރާތަކަށް ކަމަށް ދިރާގުން ބުނެ އެވެ.
"ފުރަތަމަ މިޗެނަލް ލިބިވަޑައިގަންނަވާނީ މާލެ އާއި މާލެ ކައިރީގައިވާ ފައިބާ ކަނެކްޝަން ހުރި ރަށްތަކަށެވެ. މި އަހަރު ނިމުމުގެ ކުރިން ދިރާގު ފައިބާ ކަނެކްޝަން ހުރި ކޮންމެ ރަށަކަށް މި ޗެނަލް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.،" ދިރާގުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ގިނަ އަދަދެއްގެ އެޗްޑީ ޗެނަލްތަކެއް ހިމެނޭ ދިރާގު ޓީވީގައި މިހާރު 80 އަށް ވުރެ ގިނަ ޗެނަލް ލިބެން ހުރެ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި އަލަށް ތައާރަފުކުރި ޑިޒްނީގެ ޗެނަލްތަކާއި ހިންދީ އަދި އިނގިރޭސި ފިލްމު ދައްކާ ޗެނަލްތައް ހިމެނެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީ ހިދުމަތުގެ މަހު ފީ އަކީ 300ރ. އެވެ. އަދި ދިރާގު ޓީވީގެ ހިދުމަތް ނަގާ މީހުންނަށް، އެ ޓިވީ ބަލަން ބޭނުންވާ ޖޯއިބޮސް ހިލޭ ދޫކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލި
09 June 2018
ޢަދިވެސް ދިރާގު 4ޖީ ނެޓްވޯކް ބޭނުންކޮއްްގެން މޯބައިލް އިން ބެލޭގޮތައް . ޑޭޓާ ޗާޖުނުވާ ގޮތައް އިންނަނަމަ
އަންތަރީސް9
09 June 2018
މިއަށްވުރެ ތާހިރު ނަމެއް މިއަށް ކިޔަން ނޭނެގުނީތަ. ކޮބާތަ އެކެޑަމީ. ލަދުން ބޯހަލާކު.
އިސްހާގު
09 June 2018
ދިރާގައްވުރެ މަށަށް ރަނގަޅީ އުރީދޫ. މިކޮމެންޓް ޖަހައިދެއްވާ.
އިންޑިއާއިން
09 June 2018
ނިކަން އިނޑިއާގެ ޖީއޯ ކުންފުނިން އެހުންނަހެން ،ޖީއޯ ސިނަމާ، ޖީއޯޓީވީ އަދި ސޮނީ،ޒީޓީވީ މިހެންގޮސް އެތައް ޗެނަލެއް ފެންނަ މޮބައިލް އެޕެއް ތައާރަފޮކޮށް އިންޓަނެޓް އަގުހެޔޮކޮށްދެއްވާ! މިސާލަކައް އިންދިއާއިން193ރުޕީސް އަށްޕެކޭޛްނެގީމަ ކޮންމެ ދުވަހަކު 1.4ޖިީބީ ލިބޭ.ބޭނުންކުރެވޭނެ ސްޕީޑައް ބަދަލެއްނައިސް 28ދުވަހު. އެއާޓެލްވެސް ސަޅި އިންދިއާ އިންޓަނެޓް ވަރަށްސަޅިމަށަށް.
އިންޑިއާ
09 June 2018
އަސްލު އަގުބޮޑުވަނީ ވަރަށްގިނަ ސަބަބު ތަކާހެދި.. މަގޭ ނަޒަރުގައި އަގުހެޔޮ ނުވުމުގައި އޫރިދޫ ގެ މައްސަލަވެސް ބޮޑު.. އެހެންޔާފަހެ އެއޮށް ބޮޑު ކުންފުންޏަށް ކީއްވެ ދިރާގާ ވާދަކޮށް ބަލިނުކުރެވިގެން އުޅެނީ.. މީ ރާއްޖެ ވީނަ ކޮންމެސް ކަންތަށްގަނޑެއް އެބަހިނގާ.. އަތްޖަހާފަ ބާރަށް ކުރިޔަށް އާއުސްމިންތަކަށް އެރީމަ ރަނގަޅުވާނެ... ކެކެ
ޖިއޯ، ރިލަޔަންސް، އިންޑިޔާ
10 June 2018
އިންޑިޔާގެ ކޮމެންޓަށް ބުނެލަން، މި ރާއްޖޭގައި އިންޓަނެޓްގެ އަގު ހެޔޮނުވެގެން އުޅެނީ ޓެލެކޮމް ރެގިޔުލޭޓަރީ ބޮޑީގެ ސަބަބުން. މުވާސަލާތީ ޚިދުމަތްތަކާގުޅޭ ކޮންމެ އެއްޗެއްގެ އަގު ބަދަލުކުރިޔަސް، އަގު ރަސްމީކުރުމުގެ ކުރިން އެންމެ ފުރަތަމަ ފާސްކުރަން ފޮނުވަން ޖެހެނީ ޓެލެކޮމް އޮތޯރިޓީއިން. އެމީހުންނަށް އެއަގަކީ މާކުޑަ އަގަކަށް ފެނިއްޖެނަމަ، ނުވަތަ ދެންއޮތް ޓެލެކޮމް ކުންފުންޏަށް "ޗެލެންޖަކަށް" ވެދާނެފަދަ އަގަކަށް ފެނިއްޖެނަމަ އެކަން ފާހެއް ނުވާނެ. ހަމަ މިފަދައިން އެއަގަކީ މާބޮޑު އަގަކަށް ވެއްޖެނަމަވެސް ފާސްވުން ދުރު. ދިރާގަކީ ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏަކަށް ވެފައި ގައުމުގެ ޖީޑީޕީއަށް ބޮޑު ހިއްސާއެއްކުރާ ކުންފުންޏަކަށް ވުމަކީވެސް މިކަމަށް އެޅިފައިވާ ހުރަހެއް. އަގުގެ ހަނގުރާމައެއް ފެށޭ ހިސާބުން ސަރުކާރަށް މިހާރު ލިބޭ ފައިދާ ކުޑަވެ، ޢާއްމުންނަށް ހިއްސާގެ ފައިދާ ދެކުންފުނިން ލިބޭވަރު މަދުވާނެ. ދެން މިކޮމެންޓް ލިޔުނު މީހާ ހޯދައިގެން އަދަބުދޭން ނުވިސްނައްޗޭ އިނގޭ، ޓެލެކޮމް އޮތޯރިޓީ!