ވެލާނާ އެއާޕޯޓުގެ ސީ ޕްލޭން ހެނގަރު އެހެން ތަނަކަށް ބަދަލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހަދާ ސަރަހައްދުގައި ކުރިން ހުރި، ސީ ޕްލޭން ހެނގަރު އެހެން ތަނަކަށް ބަދަލުކޮށްފި އެވެ.


އާ ހެނގަރު ހަދާފައި ވަނީ އެ އެއާޕޯޓުގެ އިރުމަތީ ފަރާތުގައި، އެއާޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ފުރަގަހަށް ވާގޮތަށް އޮންނަ ފަޅުން 14،000 އަކަމީޓަރު ބިން ހިއްކައިގެންނެވެ. އެ ހެނގަރު ހެދީ އާ ރަންވޭ ވެސް ހަދާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ން އެވެ. އެ ހެނގަރުގެ އިތުރުން އެ ސަރަހައްދުގައި ސީ ޕްލޭންގެ އާ ޓާމިނަލް ހެދުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

އެމްއޭސީއެލް އިން ބުނީ މިހާރު އޮތީ ހަމައެކަނި ސިވިލް އޭވިއޭޝަންގެ އެސެސްމަންޓް ހެދުން ކަމަށެވެ.

އެއާޕޯޓުގައި ސީޕްލޭންތައް މަރާމާތުކުރަން އަލަށް ހެދި ހެނގަރުތައް. ފޮޓޯ: އެމްއޭސީއެލް

ދުނިޔޭގެ އެންމެ ބޮޑެތި ބޯޓުފަހަރަށް ވެސް ޖެއްސޭ ފެންވަރަށް ހަދާ ޒަމާނީ ރަންވޭގެ މެދަށް ވާ ބައިގެ މަސައްކަތް ނުކުރެވި އޮތީ، އެތަނުގައި ހުރި ސީޕްލޭން ހެވީ މެއިންޓަނަންސް ހެނގަރު އެހެން ސަރަހައްދަކަށް ބަދަލުނުކުރެވިގެންނެވެ. ނަމަވެސް އާ ހެނގަރުގެ މަސައްކަތް ނިމުމުން ރަންވޭގެ މަސައްކަތް މިހާރު ވަނީ ފައިފަ އެވެ.

އާ ރަންވޭގެ މެދުގައި ނުނިމި އޮތް ބައިގައި ސިމެންތި އާއި ހިލަވެއްޔާ އެކު އަޅާ ފަށަލައިގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އަދި މެދުބައިގެ މަސައްކަތް ކުރިޔަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.