އެމްޓީސީސީގެ ކަށަވަރު ޝޯރޫމް ހުންނަ ސޯމިލް ސަރަހައްދު.
29 އޯގަސްޓް 2018 - 16:37
އެމްޓީސީސީ ސޯމިލް ބިމުގައި ހުރި "ކަށަވަރު" ފިހާރަ ހުސްކުރަން ފުލުހުން އެ ކުންފުންޏަށް އަންގައިފި އެވެ.
އެމްޓީސީސީގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ، "ކަށަވަރު" ފިހާރަ ނޫން އެހެން ހުރިހާ ތަނެއް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި "ކަށަވަރު" ފިހާރަ ހިންގާ ބިން ހަވާލުކުރަން މިއަދު ފުލުހުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކާނިވާ ސަރަހައްދު ކައިރީގައި ހުންނަ އަދި ކުރިން އެމްޓީސީސީ ސޯމިލް ހިންގި ބިމުގައި ހުރި "ކަށަވަރު" ފިހާރަ ނޫން އެހެން ބައިތައް ސަރުކާރާ ހަވާލުކުރީ އެތަނުގެ ކުރިމަތިން މާލޭ އިރުމަތީ ފަރާތުގައި ހަދަމުން އަންނަ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތަށް ބޭނުންވާ ސާމާނު ބެހެއްޓުމަށެވެ.
ސޯމިލް ބިމުން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލޭ ފެރީ ޓާމިނަލްގެ އިރުމަތީ ފަރާތުގައި އޮންނަ ޕާކިން އޭރިޔާ ވަނީ އެމްޓީސީސީ އަށް ދީފަ އެވެ.
"ހައުސިން މިނިސްޓްރީން އެތަން ހަވާލުކުރަން އެންގިއިރު އަޅުގަނޑުމެން ފެރީ ޓާމިނަލާ ޖެހިގެން ހަދަމުން އައި ޝޯރޫމްގެ މަސައްކަތް މުޅިން ނުނިމޭ. އެތަނުގެ މަސައްކަތް ނުނިިމި އޮތީ އެ ސަރަހައްދުގެ މަގުތައް ހަދަން އެތައް މަހެއް ހޭދަވުމުން،" އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަވަރު
30 August 2018
މަގާތު މީހަކު ބުނި ނޫރު މިސްކިތް ވެސް ނަގާނޭ. ނޫރު މިސްކިތް ހުރިބިމާއި އެމްޓީސީސީ ކަށަވަރު ފިހާރަ ހުރި ބިން ސަޢުދީގެ ބޮޑު މަހުޖަނަކަށް ހޮޓަލެއް އަޅަން ވިއްކާލިވާހަކަ އަޑުއެހިން. މި ތެދެއްތަ؟ ދެރަ އަހަރެމެން ހަމަ ނޭވާލާން ވެސް ބިންކޮޅެއް ބޭނުންވާނެދޯ. ތިޔަ ހެން ނުހަދާ މާލޭގެ މި ބޮޑު އާބާދީއާ އެކަށޭނަމިންވަރަށް ހުސްޖާގަ ބަހައްޓަންޖެހޭނެ.
ނަން
30 August 2018
ހެހެހެ.... ލޮލުންތަ އަޑު އެހީ؟
ޢަލީމް
29 August 2018
ތިބިންއޮތީ ވިޔަފާރ ވެރިއަކަށްދީފައޭ މަގޭހިތް ބުނަނީ.
ކައްތުބޭ
29 August 2018
އެމް ޓީ ސީ ސީ އެއް އެހެން ސީ ސީ ސީ އެއް ނޯން ނާނެ.. ޑެޑްލައިންއައް މީޓް ނުކުރެވެންޏާ ޖެހޭނީ ނެރެން! ތިޔަ އާ ޝޯރޫމް އެއް ހަދާތާ އަހަރުވަނީ! އަނެއް ކޮޅުން ހަދާނުނިމެނީސް ބޭރުން ފެންނަނީ ބަނޑިލާ ދަބަރު ހިލެމުންދާ އިމާރާތެއް!
ޯގޮވާ
30 August 2018
1 އަހަރު ނުވޭ. މަގު ހަދާތީ އެ ސަރަހައްދު ބަންދު ކޮށްފަ އަދިވެސް. މަގު ހަދާތީ އެތަށް ޑިލޭ އެއްވި.
ޓެގް
30 August 2018
https://mihaaru.com/news/9594 ހުސްކުރަނީ ހުސްކުރަނީ ? ތާރިޙް ބަލައިލީމަ އިގޭނެ..
ސައީދުބެ
29 August 2018
ފެރީ ޓަރމިނަލާ ޖެހިގެން އޮތް ބިމަކީ ކުރިންވެސް އެމްޓީސީސީގެ ބިމެއް. ސޯމިލްގެ ބަދުގައި އެއްވެސް ބިމެއް ނުދޭ. ޢަދި މިކަމުގައި ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް ނުދޭ.
ޓެގް
30 August 2018
ފެރީޓާމިނަލް ބިމަކީ އެޗް.ޑީ.ސީ ބިމެއް. ޕާކިން އޭރިޔާ ހުރިތާ ހަދާ އިމާރާތް ހަދަހަދާ ހުންޓާ މިސްކިއްވެސް ނިމެނީ އެޔޮށް. ތިޔަ އެމް.ސީ.ސީ ކުރާކަމެއް ނުނިމޭނެ އަވަހަކަށް މިހާރުވެސް ފެރީޓާމިނަލްގައި ފުރާޅުތަކެއްހަދަން އުޅޭތާ އެތައް މަހެއް، އަދިވެސް ނުނިމެ.
މޮޔަ ހީވޭ
29 August 2018
ނިކަން ނެރެބަލަ. އެންމެ ވޯޓެއްވެސް ނުދޭނަން!
ރަދީފް
29 August 2018
ކޮބާ މިފަހަރު އެމްޓީސީސީއަށް މިއޮތީ ޝޯރޫމް ކަށަވަރުނުވެ.ދެރަކަމެއް.
އަދީބު
29 August 2018
މުއިއްޒު ވެސް މުޅި ސޯމިލު އެއްކޮށް އެނެގީ އެމްޓީސީސީ އަތުން.. މިސަރުކާރުން އެމްޓީސީސީ އިދަ ޖައްސައިފި... މިކަން ފެންނާނީ 2 އަަހަރެއްހާ ދުވަަސްފަހުން..
ނަޝްފާ
29 August 2018
ކަލޯ މޮޔަ ނުގޮވަބަލަ.