ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ޓީއެމްއޭގެ ޓާމިނަލް ސަރަހައްދު. އާ ރަންވޭ ހުޅުވަން މާދަމާ ހަވީރު އެއާބަސް އޭ 380 ޖައްސަން އަންނަ ގަޑިއާ ދިމާކޮށް ޓީއެމްއޭ ސަރަހައްދު ބަންދުކުރަން ވަނީ ނިންމާފައި.
17 ސެޕްޓެމްބަރ 2018 - 19:26
ވެލާނާ އިންޓަނޭޝަން އެއާޕޯޓުގެ އާ ރަންވޭ ހުޅުވަން މާދަމާ ހަވީރު އިއްތިހާދު އެއާވޭސްގެ އެއާބަސް އޭ380 ޖައްސަން އަންނަ ވަގުތާ ދިމާކޮށް، ސަލާމަތީ ސަބަބުތަކަށްޓަކައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ޓާމިނަލް ސަރަހައްދު ހުސްކުރަން އަންގައިފި އެވެ.
އެ އެއާޕޯޓުގައި އަލަށް ހެދި ރަންވޭއަށް ފުރަތަމަ އެއާބަސް އޭ380 މަރުކާގެ މަތިންދާބޯޓު ޖެއްސުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 3:30 ގަ އެވެ. އެ ރަސްމިއްޔާތު 3:00 ގައި ފަށާތީ، ޓީއެމްއޭ ސަރަހައްދުގައި ހިމެނޭ ޓާމިނަލް ބީ އާއި ޓާމިނަލް ސީ އާއި ސްޓާފް ކެންޓީން އަދި އިރުމަތީ ފަރާތުގައި ހުންނަ ހެނގަރު ވެސް ހުސްކުރަން އެމްއޭސީއެލް އިން އަންގާފައިވެ އެވެ.
ޓީއެމްއޭގެ މުވައްޒަފުން އެތަނުގައި މަސައްކަތްކުރުން ވެސް 3:00 ން 4:00 އަށް ހުއްޓާލާނެ އެވެ.
ޓީއެމްއޭގެ ޓާމިނަލާއި ހެނގަރު ހުންނަނީ ވެލާނާ އެއާޕޯޓުގައި އަލަށް ހަދި ރަންވޭގެ މެދެއްހާ ހިސާބުގަ އެވެ. އަދި އެ ސަރައްދުގައި ހުރި ޓީއެމްއޭގެ އިމާރާތްތަކާއި ހެނގަރު އެއާޕޯޓުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް އާ އިމާރާތްތަކެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާކު
18 September 2018
ޓަވަރު ހުސްކުރަން ނުޖެހޭކަން ނަސީބެއްނު ބޯޓު ޖައްސާ ކޮންމެ ފަހަރަކު. ލޮލް.
ޓވވޓތްރތ
18 September 2018
އަޅެ މޫދައްތަ ޖައްސަނީ ވޯޓާލޭންޑިން އެއް ދޯ
އަބްދުއްﷲ
18 September 2018
އިކޮނޮމިސްޓްން ހަދާތަންތަން ވާނީ މިހެން ތިޔައުޅެނީ ނިޒާމްބޭގެ މައްސަލައެއް ހަކީމްބޭ ގެ މައްސަލައެއްނޫން! އިކޮނޮމިސްޓް ވަރައްވުރެމޮޅީ ޖާގަދޭންހޭ ވަރު މިއިނގެނީ ބޯޓުޖައްސަން ވީމައި މިކަހަލަ އިކޮނޮމިސްޓަކު މަދުވާނެދުނިޔޭގައި!
އައްލާ
18 September 2018
ހެހެ ހަޖާމް ބެ
އަތަ
18 September 2018
ތީގެންވެސް ސާފުކޮށް އެނގެނީ ތިޔަ ރަންވޭ ބޭނުންކުރަން އަދި ރެޑީއެއްނޫނޭ. އަވަސްއަރުވާލައިގެން ތިކުރަން އުޅޭކަމަކީ ކެމްޕެއިން. އެކަމަކު ވައިގެދަތުރުފަތުރަކީ ކުޅިވަރެއްނޫން، ސަމާލުވޭ!
ޙަޖަމް
18 September 2018
ފިސާރި ހަޖަމް ވެފަ ތި އޮތީ... ހަސަނިކަށް
ދަތްނެތްކުއްޖާ
17 September 2018
ކޮންމެ ފަހަރަކުވެސް 380 ގައްސަންޏާ ތިބުނާ ސަރަހައްދު ހުސްކުރަޖެހޭ ދޮތަ! މި ވައްތަރު ރަންވޭ މަމެން ބޭނުމެއްނޫން.
މަންނޭގެ
18 September 2018
ޙަޖަމް ކުރަންވާނެ، ޤަބޫލު ނުކުރިޔަސް ކުރިޔަސް އެކަން އެއޮތީ ނިންމާފަ. ޙަޖަމް ކޮށްބަލަ
ދިވެހި
17 September 2018
ޙަޖަމް ވާނެބާ!!
ޝިނީ
17 September 2018
ޢިސްރާފު ކުރުން އެއީ ހަޖަމް ކުރަންޖެހޭކަމެ ނޫން.
ހަސަންމަނިކް
17 September 2018
ތިބޭފުޅާ ހީކުރަނީ ޔާމީނުގެ ޖީބުން ފައިސާނަގާ ހަދާފަ އޮތް ތަނެއްކަމައްތަ އެއީ! މަގެވެސް ފައިސާ! މަގެވެސް އެއާޕޯޓު! މަށައް ހަޖަމްވެސްވާނެ! ތިބޭފުޅާއަށް ކުރާނީ އަސަރެއް!
ކޮކްޓެއިލްރައީސް
18 September 2018
ހަޖަމެއް ނުވާނެތާ ބުރިޖު ހުޅުވިބީދާއިން ނުނިމެނީސް އިންތިޚާބާ ދިމާކޮށް އަވަހަށް ރިބަން ކަނޑަން ހުޅުވާލީމަ، އެހެން ނޫންނަމަ ތަން ހުސްކޮށް އޮޕަރޭޝަން ހުއްޓާލާފަ ބޯޓެއް ޖައްސާ ކޮންމެ ފަހަރަކު އެތަން ދޫކޮށް ޓީއެމްއޭ މީހުން ދާކަށް ނުޖެހޭނެތާ، ބުރިޖުވެސް ހުޅުވީ، ހަމަ ޔަޤީން ހިލޭ ބުރިޖުން ދަތުރެއް ނުކުރެވޭނެ، އެކަމަކު ޓޯލް ގޭޓެއްވެސް ހެދިފަނެތް، ކިހާ ތާހިރު.
މަންސޫރު
18 September 2018
ތައްޔާރުނުވާ ރަންވޭއަކަށް ފްލައިޓެއް ޖެއްސީމައިވެސް ހަދި ހަޖަމުކުރަންޖެހޭ އެއްޗެއް އޮވޭތަ؟ މެދަށް ޖައްސާފައި ބާރަށް ބުރަކި ޖައްސަން އޮތީ. ދެން ފުރަން ޖެހޭނީ ބައު ރަންވޭއިން. އަނެއްކާވެސް ދައްކަން ތަޅާލާ ފައިސާ gަނޑެއް.
ހަސަންނާ
18 September 2018
ހަސަންމަނިކަށް ހަޖަމް ނުކުރެވޭނެ. އެތަން ފެނިގެން މިދަނީ މަތިން ބައި އަމިއްލައަށް ގެޅިގަނެގެން ތިއުޅެނީ ހަހަހަހަހަަަަ
ޝައުކަތު
18 September 2018
ހަސަންމަނިކު ކަހަލަ މީހުންނާއި ހެދި މުުތަމައުގެ އެކުވެރިކަން ގެއްލެނީ
ރަންރީދޫ ޓްވިޓަރޭ
18 September 2018
ހަޖަމް ނުވެގެންމިއުޅެނީ 600 މިލިއަން ޑޮލަރަށް އެޅޭތަނެއް 1200 މިލިއަން ޑޮލަރަށް އެޅުނީމަ އެއްފަރާތް ކޮށްލިބައި ބޮޑުތަނުން ބޮޑުކަމުން