ދިރާހު ހެޑް އޮފީސް -- ފޮޓޯ: ނިޝާން އަލީ
16 ނޮވެމްބަރ 2018 - 16:44
ދިރާގު ހައިސްޕީޑް ފައިބާގެ ހިދުމަތާއި، ދިރާގު ޓީވީގެ ހިދުމަތް ގދ. ގައްދޫގައި ތައާރަފް ކޮށްފި އެވެ.
ދިރާގުން ފައިބާގެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި 2016 ވަނަ އަހަރުން ފެށިގެން 'ފައިބާ ޓު ދަ ހޯމް' ގެ ހިދުމަތް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 40 އެހެން ރަށަކަށް މިހާތަނަށް ފޯރުކޮށްދީފަ އެވެ.
ފައިބާ ބްރޯޑް ބޭންޑަކީ ބްރޯޑް ބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބާ ބްރޯޑް ބޭންޑް ހިދުމަތަކީ 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސް ކަމުގައިވާ 1 ޓީބީގެ ޕެކޭޖާއެކު ރާއްޖޭގައި މިވަގުތު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ބްރޯޑް ބޭންޑް ހިދުމަތެވެ. އެ ހިދުމަތް މިހާރު ގދ. ގައްދޫގެ އާންމު ރައްޔިތުންނަށާއި، ވިޔަފާރިތަކަށް ފުރިހަމަޔަށް ލިބެމުންދާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ފިކްސްޑް ބްރޯޑް ބޭންޑް ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. އެގޮތުން އެ ޕްރޮމޯޝަންގެ ދަޑުން ގޭގެއަށް ފައިބާ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން 3 މަސްދުވަސް ވަންދެން ނަގާ ކޮންމެ ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހު ފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy