ރާއްޖޭގެ އެންމެ ދިގު ވޯޓަ ސްލައިޑް ޖުމެއިރާ ވިއްޓަވެލި ރިސޯޓުން ދައްކާލައިފި | ފޮޓޯ: ޖުމެއިރާ
05 ޑިސެމްބަރ 2018 - 14:25
ޖުމެއިރާ ވިއްޓަވެލި ރިސޯޓުން އާ ވޯޓަ ވިލާ އާއި އެކު ރާއްޖޭގެ އެންމެ ދިގު ވޯޓަ ސްލައިޑް ދައްކާލައިފި އެވެ.
ޖުމެއިރާ ވިއްޓަވެލިން ބުނި ގޮތުގައި އެ ރިސޯޓުގެ ވޯޓަ ވިލާތަކުން މިހާރު ރީތި މަންޒަރުގެ އިތުރުން، ވިލާ ތެރޭގައި ވޯޓަ ސްލައިޑް ހަރުކޮށް، އިތުރަށް އެންޖޯއީ ކުރުމަށް ފުރުސަތު ހުޅުވާލާފައިވާނެ ކަމަށެވެ. އަދި މި ވޯޓަ ސްލައިޑް ތައާރަފްކުރީ ޓޫރިސްޓުން އެންޖޯއީ ކުރުމަށް ބޭނުންވާ ހުރިހާ އުމުރުފުރަޔަކަށް އަމާޒުކޮށްގެން ކަމަށް އެ ރިސޯޓުން ބުންޏެވެ.
ދެވަނަފުށީގައި ތަރައްގީކޮށްފައިވާ ޖުމެއިރާ ވިއްޓަވެލީގެ ޕްރައިވެޓް ވޯޓަ ވިލާތަކާއި އެ ރިސޯޓުގެ ހަތް އިންފިނިޓީ ޕޫލް ވިލާތަކުގައި ވަނީ 23 މީޓަރުގެ ދިގު ވޯޓަ ސްލައިޑް ހަރުކޮށްފަ އެވެ.
ޖުމެއިރާ ވިއްޓަވެލި ރިސޯޓަކީ ގިނަ ފަތުރުވެރިންގެ މެދުގައި ހަނީމޫން ހޭދަކޮށްލުމަށް މަގުބޫލުވެފައިވާ ތަނެކެވެ.
"ޖުމެއިރާ ވިއްޓަވެލީގައި އަޅުގަނޑުމެން ބަލަނީ ފަތުރުވެރިން އަބަދުވެސް ހައިރަން ކުރެވޭނެ ކަންކަން ކުރަން. މިސާލަކަށް ރާއްޖޭގެ ފުރަތަމަ އައިސް ސްކޭޓިން ރިންގް، ފަސް ކޮޓަރީގެ ރޯޔަލް ރެސިޑެންސް އަދި ބިމުއަޑީގެ ބާ ފަދަ ތަންތަން ހިމެނޭ،" އެ ރިސޯޓުގެ ޖެނެރަލް މެނޭޖަ، އަމިތު މަޖުމްޑަ ވިދާޅުވި އެވެ.
ހަނީމޫން ހޭދަކޮށްލުމުގެ އިތުރުން، ވިއްޓަވެއްޔަކީ ޕަޑީގެ ޑައިވް ބޭސް އަކާއި، ވޯޓަ ސްޕޯޓްސް ސެންޓަ، ސްޕާ އަދި، ތަފާތު ހަ ރެސްޓޯރަންޓާއި ބާ އެކުލަވާލައިގެންވާ ގޮތަށް ތަރައްގީ ކޮޮށްފައިވާ ރިސޯޓެކެވެ.
ޖުމެއިރާ ވިއްޓަވެލި އަކީ ދުބާއީގެ ޖުމެއިރާ ގްރޫޕުގެ ދަށުން ހިންގާ ރިސޯޓެކެވެ. އަދި މެދު އިރުމަތީގައި މިހާރުވެސް އެ ކުންފުނިން ދަނީ ބުރުޖް އަލް އަރަބް ފަދަ މަތީ ފެންވަރުގެ 15 ތަނެއް ހިންގަމުންނެވެ. އޭގެ އިތުރުން ޔޫރަޕް، އޭޝިއާ އަދި ދުނިޔޭގެ އެކި ހިސާބު ތަކުގައި 18 ތަފާތު ތަނެއް މިހާރު ދަނީ ތަރައްގީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރުކަލޯ
05 December 2018
ތިތަން ޓެސްޓުކޮށްލަން މަށަށް ދެވިދާނެތަ؟
ރާސްޓަސް
05 December 2018
މަވެސް ގެންދައްޗޭ ކަލޯ ޕުލީޒް