ބުރުޒުމަގު ބާފަންނު ކޮޅުގައި ހުންނަ ރަންފައުން ފިހާރަ
06 ޑިސެމްބަރ 2018 - 14:40
ފުޅާ ދާއިރާއެއްގައި ރާއްޖެ އިން ބޭރުން މުދާ ގެނެސް ވިއްކާ ރަންފައުން ފިހާރައިން އަހަރު ނިމުން ފާހަގަ ކުރުމުގެ ގޮތުން ހާއްސަ އިޔާ އެންޑް ސޭލެއް ފަށައިފި އެވެ.
މިމަހު އެކަކުން ފެށިގެން ކުރިޔަށް ގެންދާ ޕްރޮމޯޝަންގައި އެ ފިހާރައިން ވިއްކަމުންދާ ތަކެތިން ވަނީ ބޮޑު ޑިސްކައުންޓެއް ދޭން ހަމަޖައްސައިފަ އެވެ. އެގޮތުން އެލްޖީ، ޕެނަސޮނިކް، ޑައިކިން ބްރޭންޑްގެ އޭސީ އާއި ސެމްސަންގް އަދި ހައިސަންސް ބްރޭންޑްގެ ޓީވީތަކުން ޑިސްކައުންޓް ލިބޭނެ އެވެ. އޭގެ އިތުރުން، ކެނޮން އަދި ނިކޮން ބްރޭންޑްގެ ޑީއެސްއެލްއާރު ކެމެރާ އަދި ކެމެރާ ލެންސުން ވެސް ޑިސްކައުންޓް ލިބޭނެ އެވެ.
ރަންފައުން ފިހާރައިން ބުނި ގޮތުގައި މި ސޭލްގައި ފޮޓޯގްރަފީ އަށް ޝަރުގުވެރިކަން ހުންނަ ކުދިންނަށް އަލަށް ފަށައިގަންނަ އިރު ބޭނުންވާ ތަކެތީގެ ހާއްސަ އަގުހެޔޮ ޕެކޭޖެއް ލިބޭނެ ކަމަށެވެ. އެގޮތުން އެ ޕެކޭޖްގައި ފޮޓޯގްރަފީ ދާއިރާގައި ފަށައިގަންނަން ބޭނުންވާ ޑިއެސްއެލްއާރު ކެމެރާ، މެމޮރީ ކާޑު، ޓްރައިޕޮޑާއި ކެމެރާ ބޭގް ހިމެނޭ ކަމަށް އެ ފިހާރައިން ބުންޏެވެ.
ބުރުޒުމަގު މާފަންނުކޮޅުގައި ހުންނަ ރަންފައުން ފިހާރައިގެ އިސްވެރިއެއް ކަމަށްވާ މުހައްމަދު ފާތިހު ވިދާޅުވީ މި ޕްރޮމޯޝަން ކުރިއަށް ދާނީ ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި އެ ސޭލްގެ ދަށުން އެތަނުން ވިއްކަމުންދާ ހުރިހާ ސާމާނަކުން 35 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ރަށްރަށަށް އެ ތަކެތި ފަސޭހަކަމާ އެކު ފޯރުކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ފައިސާ ޓްރާންސްފާ ކުރުމުން މާލެ އަދި ހުޅުމާލެ ކައިރީ އޮންނަ ބޯޓަށް ތަކެތި ފޮނުވައިދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އޭގެ އިތުރުން ހުޅުމާލޭގައި ހުންނަ ގޯޑައުނުން، އެ ފިހާރައިން ވިއްކާ މުދާ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ފޯރުކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮސްކަލޯ
06 December 2018
ފޮސްކަލޯ ހެޑިންކިޔާފަ ހީކުރީ ރަންފައުނު ވިއްކަންފެށީކަމަށް އެހެން ހީކޮށް އަނބިގޮއްޔަ ފޮސްފަންބުޑަށް ހަރުއަޑުން ބުނެލީމެވެ. ހިނގާށޭ ދަމާ ރަންފައުނު ގަންނަން...ފޮސްކަލޯ ދިވެހިބަހަށް ބަލިކަށީއެވެ،