ރާއްޖޭގެ ރަށެއް
12 ޑިސެމްބަރ 2018 - 13:58
ރާއްޖޭގެ ހުރިހާ ރަށްތައް ބެލެހެއްޓުން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، އާ ސަރުކާރާ އެކު ރާއްޖޭގެ ރަށްތަކާ ގުޅޭ ހުރިހާ މައުލޫމާތުތަކާއި ރެކޯޑްތައް ބަލަހައްޓަމުން ގެންދާނީ އެ މިނިސްޓްރީން ކަމަށެވެ. ކުރިން މި މައުލޫމާތުތައް ބަލަހައްޓަމުން ގެންގޮސްފައި ވަނީ ފިޝަރީޒް މިނިސްޓްރީންނެވެ.
މިނިސްޓަރު ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީން ރަށްތައް ބެލެހެއްޓި ނަމަވެސް ޓޫރިޒަމަށް ރަށްތައް ދިނުމުގައި ބިޑް ކުރުމުގެ މަސައްކަތްތަކަށް ކުރާނީ ޓޫރިޒަމް މިނިސްޓްރީން ކަމަށެވެ. އަދި ވަރުވާ އަށް ރަށްތައް ދިނުމުގެ ކަންކަން ވެސް ކުރާނީ އެކަމާ ގުޅޭ މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވި އެވެ. ވަރުވާ އަށް ރަށްތައް ދެމުން އަންނަނީ ފިޝަރީޒް މިނިސްޓްރީގެ ދަށުންނެވެ.
ރާއްޖޭގެ ރަށްތައް އެކި ބޭނުންތަކަށް ދޫކުރުމުގައި އިކޮނޮމިކް މިނިސްޓްރީން ހަވާލުވެފައިވާ އިރު ކުރިއަށް އޮތްތަނުގައި އެކި ބޭނުންތަކަށް ކައުންސިލްތަކަށް ރަށްތައް ހަވާލު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި 1190 ރަށް ހިމެނޭ އިރު އޭގެ ތެރެއިން 186 ރަށަކީ މީހުން ދިރިއުޅޭ ރަށްތަކެވެ. އަދި 133 ރަށް، ރިސޯޓް ގޮތުގައި ހިންގަމުންދާ އިރު 140 ރަށް އަންނަނީ ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއް ވަނީ ވަރުވާއަށް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހސެން
12 December 2018
ޖާބިރު އާއި ހަވާލް ކުރިނަމަ މާރަގަޅުވީސް
ކޭބީ
12 December 2018
ފަޅު ރިސޯޓަކަށް ހެދީމަ ކުރިން ހުރި ޖުމްލަ ރަށުގެ އަދަދަށް ބަދަލެއް ނާންނަ ސަބަބު މިއާޓިކަލް ލިޔުއްވިބޭފުޅާ ވިދާޅުވެދެއްވައިފި ނަމަ ޝުކުރިއްޔާ
ނަސީރުބޭގެ ދަރިޔާ
12 December 2018
ޤަބުރުސްތާނު ބެލެހެއްޓުން ވެސް އިކޮނޮމިކް މޮނިސްޓްރީގެ ދަށަށް ލާން ފެނެއެވެ.އެހެންނާ ފަހެ...ބަލާ ޤާނޫނަކުން މެންޑޭޓް ހަވާލު ނުކުރާ ކަމެއް މިނިސްޓަރީ އަކަށް ނުކުރެވޭނެއެވެ
ނާނާ
12 December 2018
ސުބްހާނަﷲ، ހިއެއްނުވޭ ޖާބިރު ބުނާހެން ދެން ބާކީތިބި ރަށްތައްވެސް ސަލާމަތްވާނެހެން/// މިހާރު ހުރި މިނިސްޓަރަކީ ވަރަށް ނުވިކޭ މީހެއްދޯ؟؟؟؟
މުރާސިލް
12 December 2018
ދެން ތިހެންގޮސް އެންމެ ފަހުން ގެދޮރުގެ ކަންކަން ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް ބޭރުގެ އެމްބަސީތައް ބެލެހެއްޓުން ހެލްތް މިނިސްޓްރީއަށްވެސް ހަވާލުކުރާށެވެ. ވެރިކަން ކުރާނެ ގޮތް ނޭންގެންޏާއި އިސްތިޢުފާ ދެއްވާފައި ވަޑައިގަންނަވާށެވެ. ތިކަން ކުރެވޭނެ ބޭފުޅުން އެބަ ތިައްބެެވެ.
މާރަނގާ - އައްޑޫ ސިޓީ
12 December 2018
ފަޅުރަށްރަށަކީ ދައުލަތަށް އެންމެބޮޑުއާމްދަނީލިބޭވަސީލަށް އަދި މިރަށްތަށްބޭނުންކޮށްގެން އެތެރެއާއިބޭރުގެއެތައްބަޔަކު ކުރުމުއްދަތެއްގައިބިލިޔަނަރުންނަށްވެއްޖެ.“ސަރުކާރުހިންގާންހުރިމީހާ ނުވަތަ އޭނާގެ ވަޒީރު ބޭނުންގޮތަކަށްރަށްތައްދިނުމުގެ ނަތީޖާއަކީ ޔާމީންގެވެރިކަމުގައި ހަޒާނާކަޅާކޮށްލުން” އިގޭތޯ. * * ރިސޯޓެއްހެދުމަށް ދޫކުރާރަށްއޮތްސަރަހައްދުގެ ސިޓީ، އަތޮޅު ކައުންސިލްގެބަސްއެކުލެވޭ ޤައުމީޓްއަރިޒަމްބޯޑެއް އޮވެގެންމެނުވީރަށްތައްދޫކުރުންހުއްޓާލަންޖެހޭ.
މާކަނަކޮޅު
12 December 2018
ތިއައީ އޮންނަންވީގޮތް އެރަށްތަށް އޮންނަ ސަރަހައްދުގެ މީހުންގެ ބަސްނެތި ރަށްތަށް ދޫކުރެވިގެން ނުވާނެ!މިހާރު އެއިން ރަށަކުން،އަތޮޅުރައްޔިތަކަށް އެއްވެސް ފައިދާއެއްނެތް! ހަމަ އުޅެންދާން މިޖެހެނީ ބޮޑުުކުއްޔަށް މާލެ!
ހަސަންފަރީދުދީދީ
12 December 2018
ބާރަށް ކުރިއަށްދާށެވެ. ރަނގަޅަށް ދިރުވާލުމުގެ ކުރިން ހިންދެމިލާށެވެ.