ހުރަވަޅިން ޅ. އަތޮޅުގައި ތަރައްގީކުރި ކުޑަދޫ އައިލެންޑް ރިސޯޓް | ފޮޓޯ: ކުޑަޑޫ އައިލެންޑް ރިސޯޓް
26 ޑިސެމްބަރ 2018 - 11:24
ޅ. އަތޮޅުގައި ތަރައްގީކޮށްފައިވާ ކުޑަދޫ ރިސޯޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވާނެ އެވެ.
ހުރަވަޅިން ޅ. އަތޮޅުގައި ކުޑަދޫ ރިސޯޓް ތަރައްގީކޮށްފައިވަނީ ތިމާވެއްޓާ ވަރަށް ރަހުމަތްތެރި ކަންކަން ހިމަނައިގެންނެވެ. އެ ރިސޯޓް ރީތިކުރަން ބޭނުންކުރަނީ އެ ހިސާބުގައި ގުދުރަތީ ގޮތުން ހެދޭ ގަސްތައް ކަމަށް އެރިސޯޓުން ވަނީ ބުނެފަ އެވެ.
ކުޑަދޫ ރިސޯޓުގައި ހިމެނެނީ ޖަޕާނުގެ ސްޓައިލަށް ޑިޒައިން ކޮށްފައިވާ 15 ވިލާ އެވެ. އެގޮތުން ކޮންމެ ވިލާއެއް ދެ ފަންގިފިލާ އަށް އިމާރާތް ކޮށްފައި ވާއިރު، އެ ހުރިހާ އިމާރާތެއްގެ ފުރާޅުގައި ސޯލާޕެނަލް ވަނީ ހަރުކޮށްފަ އެވެ. މި ސޯލާ ޕެނަލްތަކުގެ ފުރިހަމަ ބޭނުންކޮށް، ދުވާލެއްގެ މައްޗަށް 300 ކިލޯވޮޓުގެ ކަރަންޓު އުފައްދައި މުޅި ރިސޯޓަށް ކަރަންޓް ދެވޭނެ އެވެ.
ހަމަ އެގޮތުން އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ކުޑަދޫ ރިސޯޓުން ބަދިގޭގެ ޕްލާސްޓިކެއް ބޭނުމެއް ނުކުރެ އެވެ. އަދި ތިމާވެއްޓާ ރައްޓެހި ތަކެތި ބޭނުންކުރަން ވަނީ ނިންމައިފަ އެވެ.
ކުޑަދޫ ރިސޯޓު ވަނީ އާކިޓެކްޗަރަލް ޑައިޖެސްޓުން 2019 ވަނަ އަހަރުގެ އެންމެ ރީތި ޑިޒައިންތަކުގެ ރިސޯޓުގެ ލިސްޓުގައި ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދު
26 December 2018
ކޮމެންޓު ކުރާ މީހުންނޭ.............ހޯހޯ… އުއްޗުއާއި ނުބެހޭތި ގަމަރު ފުށީ މައްސަލައިގަ އުއްޗު ރިޔާސީ ކޮމިޝަނަށް ހާޒިރުކުރި އެމް.ޑީ.ޕީ ޖެހުނީ 7 އަހަރުވަންދެން ރޯން. ދިވެހިހިން ދިވެހިންގެ ގޮތުގާ ފައިސާގެ އަޅުވެތިކަމުގާ އަބަދަށް
ލކއވ
26 December 2018
މިފަސްއަހަރު އޮންނާނީ މިހެން ރިބަން ކެޑުންދޯ
ޑުވާފް
26 December 2018
ކުޑަދޫ ހުޅުވުމައްފަހު ދެން އެމަނިކުފާނު ވަޑައިގަންނަވާނީ ހެބަނދުއަށެވެ. އުއްޗުގެ ބާތްޑޭ ފާހަގަ ކުރުމަށެވެ.ގައުމެއްގެ ވެރިޔަކު މިދަރަޖައައް ދިޔުމަކީ ބޮޑުވަރުދެއްތޯއެވެ. އިބޫވެސް އެހިންގަވަނީ ޔާމީނުވެސް ހިންގެވި މަގުންނެވެ. ލީވޯޓް ބޭކާރު އުންމީދު ބަރުބާދު
އިލްޔާސް
26 December 2018
ކުޑަދޫ ރިސޯޓް ހުޅުވާފާއި ކަައިރީގަ އޮތް ޅ.ހިންނަވަރަށް އެރުން އެދެން. މަނިކުފާނު 25 ވަރަކަށް އަހަރު މަޖްލިސް ގޮޑީގައި އިންއިރު ފުރުސަތު ލިބެނީ 5 އަހަރުން 1 އަހަރު ކެމްޕެއިންއަށް ދިއުމަށް. ދެން މި 5 އަހަރު ތެރޭ ހިންނަވަރާއި 500 މީޓަރ ކައިރީގައި ހުރީމަ ހަމަ ދަންނަވާލީ.
ނައޫފް
26 December 2018
އެމްއެމްޕީއާރުސީ ގެ ކޮރަޕްޝަނުން ދޫކުރި ގިނަ ރަށްނެގީ އުއްޗު. ތީވެސް އޭގެ ރަށެއް.
ނުރަބޯ
26 December 2018
އުއްޗު ނެގި ކޮންމެ ރަށަކަށް ދައްކަންޖެހޭ އިކުއިޒިޝަން ވަނީ ދައްކާފަ. ބަޔަކުން އެ ކެއުން އެއީ އުއްޗުއާ ބެހޭކަމެއް ނޫން.
ސާރީފު
27 December 2018
ސަރުކާރަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ އުއްޗު ރިޒޯޓެއް ނަހަދާ ..ސަރުކާރުތެރޭން ބަޔަކުއެފައިސާ ކެއުމަކީ ވަކިކަމެއް!
ތިމާވެށި
26 December 2018
ގަވާއިދާ ހިލާފައް ދޫކުރި ފަޅުރަށް ތަކާއި ފަޅުތައް ސަރުކާރަށް އަވަހަށް ނަގަން ވީއެވެ. މާލަސް ވެއްޖެއެވެ.
މަރޭމިތުރާ
26 December 2018
[[ރިސޯޓެއްގައި މަދުންނޫނީ ނުފެނޭ ދިވެހި މެނޭޖަރެއް! ރިސޯޓްތަކުގެ ޖޮބު އެދަނީ ދިވެހިންނަށް ނުދީ ބޭރަށް!]]............. އިހައްދުވަހު އެންމެ 5 ދިވެހިންނާއި އެކުހިންގަމުންދާ ރިސޯޓްގަވެސް މެނޭޖަރަކަށް ލާފައިހުރީ ލަންކާމީހެއް! ތަނެއް ހުޅުވާއިރު އެއްވެސް ގަވީއިދެއް، ގޮތެއް ނެތްގޮތައް ހުޅުވާދެއްވަންޏާ ދިވެހިން ބާކީވާނީ! ރިސޯޓްތައް ސަރުކާރުން ކުއްޔަށް ދީ މިފަސްގަނޑު ހުސްވެސްކުރެވިދާނެ!
ޖަޒީރާ ސޮރު
26 December 2018
ސުކުރިއްޔާ ރައީސް ޔާމީން އަދި މިފެންނަނީ މަނިކުފާނުގެ މަސައްކަތް ތައް ބަޔަކު ރިބަން ކެޑުމުގަ
ވަގު ކަދުރު
26 December 2018
ވަޒީފާގެ ފުރުސަތު ކިތައް ދިވެހިންނަށްބާ؟؟؟؟؟؟!!!!!.
ާހެނބަދޫ އިންޖީނުގެ
26 December 2018
މުޅި ޅ އަތޮޅު އެއް އާއިލާ އަކަށް. ހިންނަވަރާއި ނައިފަރުން ވެސް މީހުން ބާލާފަ އެރައްތައްވެސް ދޭން ވީނު.
ސަރީފު
27 December 2018
ސުކުރު ކޮއްބަލަ 30 އަހަރު މަޑިވަރު އެއަޕޯޓް ގެ ހުވަފެނަށްވެސް ކުލަ ގެނެވެނީ ހަމައެ ޗަންޕާއަށް ..ތިޔަ އެއަރޕޯޓް ހަދަން ކިތައްބަޔައް ކިތައްސަރުކާރުން ދެވުނީ ވީމަކެއް ދައްކަބަލަ!