ވީޑިއޯ ގޭމް ކުޅޭ މިހުންގެ މެދުގައި މަގުބޫލު "ފޯޓްނައިޓް" ގެނެސްދޭ އެޕިކް ގޭމްސްއާ ގުޅިގެ މަސައްކަތްކުރި ޒުވާނަކަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 10 މިލިއަން ޑޮލަރު ލިބިއްޖެ އެވެ.
ނިންޖާގެ ނަމުން މަޝްހޫރުވެފައިވާ އެމެރިކާގެ ޓައިލާ ބެލްވިންސް، 27، ސީއެންއެން އަށް ބުނި ގޮތުގައި އެޕިކް ގޭމްސްއާ އެކު ކުރެވުނު މަސައްކަތުގެ ތެރެއިން އޭނާ އަށް މިދިޔަ އަހަރު 10 މިލިއަން ޑޮލަރު އާމްދަނީއެއް ލިބުމަކީ ކާމިޔާބީއެކެވެ. އެޕިކް ގޭމްސްއަކީ އަހަރަކު މަދުވެގެން 3 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާ ކުންފުންޏެކެވެ.
ނިންޖާ ބުނި ގޮތުގައި ގޭމްތައް ސްޓްރީމްކުރަން އޭނާ ދޭ ހިދުމަތުގެ ތެރެއިން ޔޫޓިއުބް ޗެނެލާއި ޓްވިޗްއަކީ ކާންބޯން ކުރާ މައިގަނޑު މަސައްކަތެވެ. އޭނާގެ އާމްދަނީގެ 70 ޕަސަންޓްކީ އެ ދެ ޕްލެޓްފޯމް މެދުވެރިކޮށް ލިބޭ ފައިސާ އެވެ.
ނިންޖާގެ ޔޫޓިއުބްސް ސަބްސްކްރައިބަރުންގެ އަދަދު މިހާރު 20 މިލިއަން ފަހަނަޅާފައިވާ އިރު ޓްވިޓްއިން އޭނާ ފޮލޯކުރާ މީހުންގެ އަދަދު 12.5 މިލިއަނަށް އަރަ އެވެ.
ނިންޖާ ބުނި ގޮތުގައި ސްޕޮންސަރުންގެ ފަރާތުން ވެސް އޭނާ އަށް ބޮޑެތި އެހީތަކެއް ލިބޭތީ އެެއީ ވެސް އާމްދަނީ އުފުލުމަށް މެދުވެރިވާ އެއް ސަބެބެ. އޭނާގެ ސްޕޮންސަރުންގެ ތެރޭގައި ސެމްސަންގް، ރެޑް ބުލް، އޫބާ އީޓްސް ހިމެނެ އެވެ.
މީގެ އިތުރުން އާމްދަނި އިތުރު ކުރުމަށްޓަކައި ސްޓްރީމުން ތަފާތު އެހެން ހިދުމަތްތަކުގެ ތެރެއަށް ވެސް ވަންނަން ނިންޖާ މިހާރު ވަނީ ނިންމައިގަ އެވެ. އެއީ ކްލޯތިން އާއި މިއުޒިކެވެ.
ނިންޖާމީގެ މި ކާމިޔާބީގައި އޭނާއާ އެކު ހިއްސާ ވަނީ މެނޭޖަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްދޭ އަންހެނުން ޖެސް ބެލްވިންސެވެ.