އައިއެމްޑީސީ އާއި ނަވަލޯކާއާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދު ހެނދުނު ސިމްޑީ ހެޑް އޮފީހުގައި.އައިއެމްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސިމްޑީ ގްރޫޕްގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ،ނާވަލޯކާ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރީ ޕްލޭނިން މެނޭޖަރ ނަލާކާ ނިރޮޝަނާ-- ފޮޓޯ:ހުސައިން ވަހީދު/މިހާރު
22 ޖެނުއަރީ 2019 - 13:48
ސިމްޑީ ގްރޫޕްގެ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލާއި ސްރީ ލަންކާގެ ނަވަލޯކާ ހޮސްޕިޓަލުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އައިއެމްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސިމްޑީ ގްރޫޕްގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ އެވެ. ނަވަލޯކާ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މެނޭޖަރު ނަލާކާ ނިރޮޝަނާ އެވެ.
ޝަކީލާ ވިދާޅުވީ، މި އެއްބަސްވުމާ އެކު، އައްޑޫގައި ހިންގާ މި ހޮސްޕިޓަލުން ދޭ ހިދުމަތްތައް އިތުރަށް ފުޅާ ވެގެންދާނެ ކަމަށެވެ. ނަވަލޯކާއާ ގުޅިގެން ހިދުމަތްތައް ދެވެން ފެށުމުން މާލެ ނައިސް އައްޑޫ ރައްޔިތުންނަށް ހާއްސަ ބަލިތަކަށް ފަރުވާ ހޯދަން ވަރަށް ބޮޑަށް ފަސޭހަ ވާނެ ކަމަށް ޝަކީލާ ވިދާޅުވި އެވެ.
އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލާއި ސްރީ ލަންކާގެ ނަވަލޯކާ ހޮސްޕިޓަލާ ދެދެމެދު އެއްބަސްވުމުގައި ސޮއިކުރަަނީ. --ފޮޓޯ:ހުސައިން ވަހީދު/މިހާރު
ޝަކީލާ ވިދާޅުވީ، މި އެގްރީމެންޓުގެ ދަށުން، ކަނޑައެޅޭ އެކި ދުވަސްތަކެއްގައި ނަވަލޯކާގެ ޑޮކްޓަރުން އެ ހޮސްޕިޓަލަށް ވަޑައިގެން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިވަގުތު އައިއެމްޑީސީން ދެވެން ނެތް ހިދުމަތްތަކަށް ފަރުވާ ހޯދުމަށް ނަވަލޯކާއަށް ދިއުމުގެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެއްބަސްވުން ހެދީ އެއް އަހަރުގެ މުއްދަތަށް ކަމަށާއި އެކަމަކު އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޝަކީލާ ވިދާޅުވި އެވެ.
ނަލާކާ ވިދާޅުވީ، ނަވަލޯކާ ހޮސްޕިޓަލަކީ މިހާރު ވެސް ރާއްޖޭގެ ގިނަ ބަޔަކު ހިދުމަތް ހޯދާ ހޮސްޕިޓަލެއް ކަމަށެވެ. މީގެ ހަތަރު އަހަރު ކުރިން އައްޑޫގައި ހިދުމަތް ދޭން ފެށި އައިއެމްޑީސީ ހޮސްޕިޓަލާ އެކު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން، ނަވަލޯކާގެ ހިދުމަތް ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަކަމާ އެކު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހޮސްޕިޓަލަކީ އާސަންދައިގެ ހިދުމަތް ލިބޭ ހޮސްޕިޓަލަކަށް ވާތީ ދިވެހިންނަށް ހިދުމަތް ހޯދަން އިތުރަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައިލާމަނިކެ
22 January 2019
https://mihaaru.com/business/31185 މިހުވަފެން މިހާރު ބިލާހަކަށްވީތޯ؟ މިކަހަލަ ކިތަންމެ ހުވަފެނެއް ދެއްކި ކުރިންވެސް. އެކަމަކު ހުޅުދޫ އަށް ނުވަތަ އުފަން ރަށެއް މިހާތަނަށް ކޮށްދެވުނުކަމެއްނެތް. ވަރަށްސަލާމް.
މާރަނގާ - އައްޑޫ ސިޓީ
22 January 2019
ޙޮސްޕިޓަލް ވަރުގަދަކުރުމަށް ނަވަލޮކާ ހޮސްޕިޓަލާއި ޔޯރޮޕް ނުވަތަ އެމަރިކާ، އޮސްޓްރޭލިއާގެ ހޮސްޕިޓަލަކަށް %50 ޝެއަރ އަދި ސިމްޑީއަށް 25 އައްޑޫގެ މެޑިކަލް ހުރިހާ ޑޮކްޓަރުންނަށް 10 ޕާކީއޮތް %15 އައްޑޫގެ ވިޔަފާރިވެރިންނަށް ވިއްކައިގެން ނަމަވެސް ހޮސްޕިޓަލް ކާމިޔާބުކަމާއިއެކު ހިންގޭތޯ ހިތްވަރު ކުރާންޖެހޭ. * * ޑރ ޝަކީލާގެ ތިޔަމަސައްކަތް އަހަރުމެން ދުވަހަކުވެސްހަދާންނައްތާނުކާނަން. ތިއައީ މުޙައްމަދު ސައީދު ފަދަ ދެގޮތެއްނެތް އައްޑޫ ވަންތަ އައްޑޫ ދަރިއެއްް.
މާރަނގާ - އައްޑޫ ސިޓީ
22 January 2019
ޑރ ޝަކީލާއަކީ ލޮބުވެތި ބައްޕާފުޅު ފަދައިން “ވަތަނީ ލޯބިންފުރިފައިވާ ކަނބަލެއް” ކަމުގައި އަހަރުމެން އައްޑޫމީހުން ފާހަގަކުރަނީ ފަޙްރުވެރިމަކާއިއެކު. * * ޝަކީލާއާއި ފުރިކަލުން DIDI އަކީ ތިކަންކުރުމުގެ ހުރިހާ ޤާބިލްކަމާއި ވަސީލަތާއި ހުނަރު ލިބިފައިވާ ބައެއް. * * ނަވަލޮކާ ހޮސްޕިޓަލްއާއި އަދި ޖަރުމަން ނުވަތަ ފްރާންސާއި އިޤިރޭސިވިލާތް ހިއްސާވާ ކުންފުންޏަކުން ހޮސްޕިޓަލްހިންގާ މެނޭޖްމަންޓް ވަނަލޮކާ ހޮސްޕިޓަލަށް ދޫކޮށްލުން ރަނގަޅުތޯ ދިރާސާކުރާންޖެހޭ.