ވިޔަފާރި

ބީއެމްއެލްގެ ލުއި އެކްސްޕްރެސް ލޯނު ތިން ލައްކަ ރުފިޔާއާ ހަމައަށް ބޮޑުކޮށްފި

ބީއެމްއެލް އިން މިއަދު ބޭއްވި ނިއުސް ބްރީފިންގައި އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ ޝަރީފް ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ލުއި އެކްސްޕްރެސް ލޯނުގެ މިންވަރު ތިން ލައްކަ ރުފިޔާއާ ހަމައަށް ބޮޑުކޮށް، އިތުރު ދެ ލޯނެއް ދޫކުރާ މިންވަރު ވެސް އިތުރުކޮށްފި އެވެ.

ބީއެމްއެލުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ބުނީ ލުއި އެކްސްޕްރެސް ލޯނު ނެގޭ މިންވަރު ތިން ލައްކަ ރުފިޔާއާ ހަމައަށް އިތުރުކުރިއިރު، އެ ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ދޭނެ ކަމަށެވެ.

ލުއި އެކްސްޕްރެސް ލޯނަކީ އެ މީހެއްގެ އެކައުންޓަށް ގަވައިދުން މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް ދޫކުރާ ލޯނެކެވެ. މި ލޯނަށް އެދި ހުށަހަޅާއިރު ރަހުނެއް ބަހައްޓާކަށް ނުޖެހެ އެވެ.

ލުއި އެކްސްޕްރެސްގެ ނަމުގައި އެންމެ ފުރަތަމަ 2015 ގައި ދޫކުރީ 100،000ރ. ގެ ލޯނެވެ. މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 18 ޕަސެންޓުގަ އެވެ.

މީގެ އިތުރުން، ލުއި މައިކްރޯ ލޯނުގެ ދަށުން 25،000ރ. އާ ހަމައަށް ލޯނު ނެގޭ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. މި ލޯނު ދެއްކުމަށް ވެސް ކަނޑައަޅާފައި ވަނީ ފަސް އަހަރުގެ މުއްދަތެކެވެ. ކުރިން މި ލޯނު ދޫކުރަމުން އައީ 15000ރ. އާ ހަމަ އަށެވެ.

ބީއެމްއެލް އިން މިހާރު ވަނީ އާމްދަނީގެ ގޮތުގައި ކުލި ލިބޭ ފަރާތްތަކަށް އަމާޒުކޮށް "ލައިފް ސްޓައިލް" ލޯނެއް ތައާރަފު ކޮށްފަ އެވެ. އަލަށް ތައާރަފު ކުރި މި ލޯނު ރަހުނަކާ އެކު 1.5 މިލިއަން ރުފިޔާއާ ހަމައަށް ނެގޭނެ އެވެ. އަދި ރަހުނަކާ ނުލައި އެއް ލައްކަ ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ އެވެ.

ބީއެމްއެލުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެތަނުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ބޮޑު އިންޓަރެސްޓް ރޭޓާ އެކު ލުއި ލޯނު ދޭތީ މީހުން ސުވާލު ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ، ލުއި އެކްސްޕްރެސް ލޯނުތަކަކީ އެންމެ ބޮޑު އިންޓަރެސްޓް ރޭޓުތަކުގައި ދޫކުރާ ލޯނު ކަމަށެވެ. ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި، އެއީ ރަހުނަކާ ނުލައި ދޫކުރާ ލޯނުތަކަށް ވާތީ އެވެ.

"ލުއި ލޯނަކީ ވަރަށް ފަސޭހަ އިން ދޫކުރާ ލޯނެއް. ބޭންކަކުން ރަހުނަކާ ނުލައި ލޯނެއް ދޭ އިރު އިންޓްރެސްޓް ބޮޑުވާނެ. ރަހުނު ކުރާ ނަމަ ލޯނު ދައްކާނެ ކަމުގެ ޔަގީންކަން ބޮޑުވާނެ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، ލުއި ލޯނުގެ އެންމެ ބޮޑު ފައިދާ އަކީ ސައިކަލް ފަދަ އަގު ބޮޑު ތަކެތި އިންސްޓޯލްމަންޓަށް ނެގުމުގެ ބަދަލުގައި ލޯނެއް ނަގައިގެން ދެއްކުން ކަމަށެވެ. ލޯނެއް ނަގައިގެން އެ ފައިސާ އަދާކުރާ ނަމަ މާބޮޑަށް އަގު ހެޔޮވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ލުއި ލޯނަކީ ބީއެމްއެލް އިން މިހާތަނަށް ދޫކުރާ އެންމެ މަގުބޫލު ލޯނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ގާތްގަނޑަކަށް 40،000 މީހުން މިހާރު ވެސް އެ ލޯނު ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

33 ކޮމެންޓް, 58 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 12%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަރަނި

11 February 2019

އެވްރެޖްކޮށް ސިވިލް ކޯޓުގައި ދުވާލަކު 3-4 މައްސަލް ލުއި އެކްސްޕްރެސް ލޯނު ނުދެއްކިގެން ތާވަލް ކުރުމަކީ ތި ލޯނުގެ މަގުބޫލުކަން.

The name is already taken The name is available. Register?

ދަރަވަންދޫ

11 February 2019

ދެންތިިހާކައްހާވަރައް ލުއިވާނީ%18ވިއްޔާ ރައްޔިތުން ގުބޯ ނުހައްދަބަލަ

The name is already taken The name is available. Register?

Ahmed

10 February 2019

ލުއިގޮތަކަށް ރިބާ ކެއުން.

The name is already taken The name is available. Register?

ޢައްލާ

10 February 2019

"ޝަރީފް ވިދާޅުވީ،....... ލޯނެއް ނަގައިގެން އެ ފައިސާ އަދާކުރާ ނަމަ މާބޮޑަށް އަގު ހެޔޮވާނެ ކަމަށް އޭނާ ވިދާޅުވި އެވެ." Auto Loan Summary $100000 for 5 years with a 18% interest rate $2,539.34 Monthly Payment $152,361 Total of 60 Payments $52,361 Total Interest Paid Jan, 2024 Pay-off Date ޢެއްލައްކަ ރުފިޔާގެ ލޯނަކަށް އިންޓަރެސްޓަށް ބައިލައްކަ. ކިހާ އަގުހެޔޮތޯ. ޙެޔޮނުވާނެ ކައިރިވާން.

The name is already taken The name is available. Register?

މުދިމު

11 February 2019

ދެން ހަމަތިގޮތަށް ހިސާބު ހަދާލަދީބަލަ ސައިކަލް ވިއްކާ ތަނަކުން އިންސްޓޯލްމެންޓަށް 50،000 ގެ ދެ ސައިކަލް ނެގީމަ އިތުރަށް ކިހާވަރެއް އަރާތޯ. އިންޓަރެސްޓް ކިޔާތީ ބޮޑުވަނީދޯ.

The name is already taken The name is available. Register?

ޟުހަނު

10 February 2019

މުއްސަދިންނަށާ މަޖިލިސް މެންބަރުންނަށް އިތުރަށް ލިބޭނެ ގޮތެއް ހޯދަދިނީ ސަރުކާރުން.

The name is already taken The name is available. Register?

ރެކިފުތާ

10 February 2019

ދިވެހިން ތެރޭގައި އުޅޭ ބޯގަޅިންނަށް ދޫކުރާ ލޯނެއްމީ. ލޯނު ލިބޭއިރަށް އައިފޯނަކާއި، ސައިކަލެއްގަނެ ނޫނީ ފުރައގެން މެލޭޝިއާއަށްގޮސް ޝޮޕިން ހަދާލެވުނީމާ ނިމުނީ ދެން ހުންނާނީ މީހާ އިނދަޖެހިފައި.

The name is already taken The name is available. Register?

Naseem

10 February 2019

ތިލޯނު 50000 ނެގީމާ3އަހަރުން 72000 ދައްކަންޖެހުނު އެއީ%18ތަ؟

The name is already taken The name is available. Register?

ރެކިފުތާ

10 February 2019

ލުއިލޯނޭ ކިޔައިގެން ނިކަމެތިން ފެލަން ބޭންކުން ޖަހާ ވަރަށް ހީލަތްތެރި މަޅިއެއްމީ. ލޯނެއް ލުއިވަނީ އެދައްކާ މުއްދަތު ކުޑަ އިންޓަރެސްޓަކާއި އެކު ލިބޭނަމަ.

The name is already taken The name is available. Register?

‫އަހްމަދު އައްސި

10 February 2019

ލ‫ުއި ލޯނޭ ކިޔާފަ ގައުމީ ބެންކުން ދޫކުރާ ތި އެއްޗަކީ އިނދަޖެހިފަ ތިބޭ ނުވިސްނޭ މީހުންގެ ކަރަށްމަޅިއެއް މަހައި ދަން ޖައްސާފަދަ އެއްޗެއް. ހެޔޮނުވާނެ ތި ލުއިފުރޭތަޔާ ކައިރިވާން

The name is already taken The name is available. Register?

އައްލާބެއްޔާ

10 February 2019

ތިޔަ ލޯނު ލިބޭނީ މަޖިލިސް މެންބަރުންނަށް މިބުނީ އެވަރުގެ މުސާރައެއްލިބޭމީހުންނޭ ކޮލިފައި ވާނީ ތިޔަ ލޯނަށް ދެރަވަރުގެ ސޮރަކަށް ނުލިބޭނެ! މާ ސަޅިވީސް 10 މިލިޔަންގެ ލުއިލޯނު ދޭންނިންމައިފިކަމަށް ބުނިނަމަ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454