ގުޗީން ފަރުމާކޮށް ދާދި ފަހުން ވިއްކަން ފެށި "ހަޑިވެފައި" ހުންނަ ބޫޓް.
15 ފެބުރުއަރީ 2019 - 08:02
މިދިޔަ އަހަރު އިޓަލީގެ ގޯލްޑެން ގޫސް އިން ވިއްކި، ހަލާކުވެ ޓޭޕް އަޅާފައި ހުންނަ ގޮތް ސިފަކޮށްދޭ ބޫޓް ކަލެކްޝަނެއްގެ މައްސަލަލަ ބޮޑުވި އެވެ. އެއީ ފަގީރުންނަށް މަލާމަތް ރައްދުވާ ކަމަށް ބުނެ އެވެ.
މި ފަހަރު އަނެއްކާ ވެސް އިޓަލީގެ މަޝްހޫރު އެހެން ކުންފުންޏެއްގެ ބޫޓެއް މި ވަނީ ފާޑުކިޔުންތަކާ އެކު، އެތައް ބައެއްގެ ރާޑަރަށް އަރައިފަ އެވެ. ގުޗީ މިފަދަ މަޅިއެއްގައި މި ބެދުނީ ނަސްލީ ތަފާތުކުރުން ސިފަވާ ކަމަށް ބުނާ ޖަމްޕަރެއް ނެރެ މިދިޔަ ހަފުތާގައި ވިއްކަން ފެށުމުންނެވެ. މިހާރު އެ ވިއްކުން ހުއްޓާލައިފި އެވެ.
@gucci selling dirty feets now ? pic.twitter.com/uQHhMZOtxg
— Z (@10z17) February 10, 2019
ގުޗީން މި ފަހަރު ނެރުނީ ކިލާވެފައިވާ ގޮތަށް ފެންނަ ސްނީކާޒްއެކެވެ. ހަޑިވެފައި ހުންނަ ގޮތަށް ސިފަކޮށް ދިނަސް، މިއީ ގުޗީގެ ތަނަވަސް ހިޔާލުގެ ތެރެއިން ގެނައި ފަރުމާއެއް ކަމަށްވެ އެވެ. "ހަޑިވެފައި" ހުންނަ ސްނީކާޒްގެ އަގަކީ 615 ޕައުންޑް (791.06 ޑޮލަރު) އެވެ.
What do you make of these "dirty" trainers Gucci are selling for a mere £615? Bargain, right?! 🤔 #jeremyvine pic.twitter.com/ONqNUxgl7T
— Jeremy Vine On 5 (@JeremyVineOn5) February 13, 2019
ގުޗީގެ ވެބްސައިޓްގައި "ހަޑިވެފައި" ހުންނަ ބޫޓް ސިފަކޮށްފައި ވަނީ ފިރިހެނުނާ ގުޅޭ "ވިންޓޭޖް، ޑިސްޓްރެސްޑް އަދި އޯލްޑް ސްކޫލް ޝޭޕްސް" ގެ ފަރުމާއެއްގެ ގޮތުގަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ބޫޓްގެ ގިނަ ކުލަތަކެއް ލިބޭނެ އެވެ.
An absolute travesty that anyone world pay £615 for dirty trainers. Less Gucci more gullible #jeremyvine #emperorsnewclothes#Gucciorgullible https://t.co/HOCFaQioQ2
— Caroline Mitchell (@mitchy1972) February 13, 2019
ގުޗީން ކިތަންމެ ފަހުރުވެފައި މި ބޫޓް ކަލެކްޝަން ޕްރޮމޯޓް ކުރިޔަސް، ގިނަ ބަޔަކު ދަނީ ޓްވިޓާގައި އެ ކުންފުންޏަށް މި އުފެއްދުމާ ގުޅިގެން އެއްޗެހި ކިޔަމުންނެވެ. އަދި ކަސްޓަމަރުންގެ އަތުން ފައިސާ ހޯދަން ބޭނުން ނަމަ ތަންކޮޅެއް ހަރުދަނާ އެއްޗެއް ވިއްކަން ބައެއް މީހުން ވަނީ ގޮވާލައިފަ އެވެ.
މިފަދަ ބޭކާރު ފަރުމާތަކުން ދައްކުވައި ދެނީ ފެޝަން ކުންފުނިތަކުގެ އުފެއްދުންތެރިކަން ކުޑަވަމުން ދިއުން ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގިއްޔާ
15 February 2019
މިހާރު ފެޝަނަށް ވާގޮތެއް ނޭގޭ ދުވަސް ކޮޅަކުން ބޫޓްކުނިވަސް ދުވާ ބޫޓް ނުނެރުނިއްޔާ ރަގަޅު. ވަރަށް ފަހުން ފެނުނު ދިވެހި ކުއްޖަކު ނޫސް ކަރުދާހުން ހެދުމެއްލައިގެން ހުރިތަން. ހިތައްއަރަނީ އެކަހަލަ ހެދުންލައިގެން އުޅޭނަމަ އަބަދު އުޅެންޖެހޭނީ ކުޑަ ހިފައިގެން ނޫންބާވައޭ!
ގުޗީ.
15 February 2019
މިހާރުވެސް ވީދި ހަސްފަސް ނެތި ގޮސްފައިވާ ޖިންސެއް ނެރިބަލަ. މިތިބަ މީހުން ދާނެ އެއެއްޗެއް ގަންނަން. އެ ހެޔޮ ކިޑުނީ ވިއްކާލަން ޖެހުނަސް.