ރަންފައުނު ފިހާރަ--ފޮޓޯ: މިހާރު
15 ފެބުރުއަރީ 2019 - 18:39
ފުޅާ ދާއިރާއެއްގައި ރާއްޖޭ އިން ބޭރުން މުދާ ގެނެސް ވިއްކާ ރަންފައުނު ފިހާރައިން ރަށުގައި ހުރެގެން ފަސޭހަކަމާ އެކު އެއާކޯން ގަނެލެވޭނެ ވަރަށް ހާއްސަ ޕްރޮމޯޝަނެއް "ރަންފައުނު ޖަޒީރާ ސޭލް 2019" ގެ ނަމުގައި ފަށައިފި އެވެ.
މި މަހު 12 އިން ފެށިގެން 28 ގެ ނިޔަލަށް ކުރިޔަށް ގެންދާ ޕްރޮމޯޝަންގައި އެ ފިހާރަ އިން ވިއްކާ އެލްޖީ، ޕެނަސޮނިކް، ބްލޫސްޓާ އަދި ޑައިކިން ބްރޭންޑްގެ އޭސީ ވަރަށް ހާއްސަ އަގުތަކެއްގައި ރަށްރަށުގައި އުޅޭ މީހުންނަށް ގަންނަން ލިބޭނެ ކަމަށް އެ ފިހާރަ އިން ބުނެ އެވެ. އަދި މި ޕްރޮމޯޝަނުގައި ގަންނަ އޭސީ ރަށްރަށަށް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ފައިސާ ޓްރާންސްފާ ކުރުމުން މާލޭގައި އޮންނަ ބޯޓުތަކަށް ހިލޭ ޑެލިވަރީ ކޮށްދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ރަންފައުން ފިހާރަ އިން ބުނި ގޮތުގައި މި ސޭލްގައި ގަންނަ ކޮންމެ އޭސީއަކާ އެކު ހޮޅިސެޓެއް ވެސް ހިލޭ ލިބޭނެ އެވެ.
މާފަންނު ބުރުޒުމަގުގައި ހުންނަ ރަންފައުން ފިހާރައިގެ އިސްވެރިއެއް ކަމަށްވާ މުހައްމަދު ފާތިހު ވިދާޅުވީ މިފަދަ ޕްރޮމޯޝަނެއް ބޭއްވުމަކީ ރަށްރަށުގައި ދިރިއުޅޭ އެ ފިހާރައިގެ ކަސްޓަމަރުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
ފޭސްބުކްގެ ޓޮޕް ޑީލްސް އެމްވީ (TopDeals.mv) އިން އެ ފިހާރަ އިން ވިއްކާ ތަކެތި ބަލައިލެވޭނެ އެވެ. އަދި އިތުރު މައުލޫމާތު އެ ފިހާރައިގެ ހޮޓްލަ އިން 7500003 އަށް ގުޅުމުން ވެސް ލިބޭނެ ކަމަށް އެ ފިހާރަ އިން މައުލޫމާތު ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy