ކަނުހުރާ މޯލްޑިވްސްގެ ވޯޓާ ވިލާތަކެއް. އެ ރިސޯޓް އަންނަ ޑިސެމްބަރު މަހު އަލުން ހުޅުވާއިރު 400 މުވައްޒަފުން ހޯދަން ވަނީ ނިންމާފައި. ފޮޓޯ: ކަނުހާރު މޯލްޑިވްސް
25 އޯގަސްޓް 2016 - 15:17
ޅ. ކަނުހުރާ ރިސޯޓް އަންނަ ޑިސެމްބަރު މަހު އަލުން ހުޅުވުމަށް 200 އެއްހާ މުވައްޒަފުން ހޯދަން އައްޑޫގައި ޖޮބް ފެއާއެއް ބާއްވަން އެ ރިސޯޓުން ނިންމައިފި އެވެ.
އެ ރިސޯޓުން ވާހަކަދެއްކެވި އޮފިޝަލަކު މިއަދު ވިދާޅުވީ މޮރިޝަސްގެ ސަން ރިސޯޓްސް ގްރޫޕް އިން ހިންގާ ފަސް ތަރީގެ ރިސޯޓް އަލުން ހުޅުވުމަށް ގާތްގަނޑަކަށް 400 އެއްހާ މުވައްޒަފުން ހޯދަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ދާދިފަހުން މާލޭގައި އޮތް ޖޮބް ފެއާގައި ވެސް 100 މީހުން ވަޒީފާއަށް ނަގައިފިން. އޭގެ ކުރިން ވެސް 100 މީހުން އެކި ވަޒީފާތަކަށް ނަގައިފިން. މިހާރު އަޅުގަނޑުމެން އައްޑު އާއި ފުވައްމުލަކަށް އަމާޒުކޮށްގެން ހޮނިހިރު ފޭދޫގައި ޖޮބް ފެއާއެއް ކުރިޔަށް ގެންދާނަން،" އޭނާ ވިދާޅުވި އެވެ.
ކަނުހުރާ މޯލްޑިވްސްގެ މަތިން ނަގާފައިވާ ފޮޓޯއެއް: ފަސް ތަރީގެ މި ރިސޯޓަށް 200 މުވައްޒަފުން ހޯދަން އައްޑޫގައި އަންނަ ހަފުތާގައި ޖޮބް ފެއާއެއް ބާއްވަން ވަނީ ނިންމާފައި. ފޮޓޯ: ކަނުހުރާ މޯލްޑިވްސް
އެ އޮފިޝަލް ވިދާޅުވީ އައްޑޫ ފޭދޫގެ އިތުރުން އެ އަތޮޅު ހިތަދޫގައި އަންނަ އާދީއްތަ ދުވަހު އަދި ހޯމަ ދުވަހު ހުޅުމީދޫގައި ވެސް ޖޮބް ފެއާ ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި އަންނަ މަހު ޅ. އަތޮޅުގައި ވެސް ޖޮބް ފެއާއެއް ބާއްވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ރިސޯޓްގެ އޮފިޝަލް ވިދާޅުވީ ރަށް އަލުން ހުޅުވާއިރު ހުރިހާ ޑިޕާޓްމަންޓްތަކަށް މުވައްޒަފުން ހޯދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފުޑް އެންޑް ބެވަރޭޖަސް އަށާއި ފްރަންޓް އޮފީސް އަދި އެނޫން ވެސް ޑިޕާޓްމަންޓްތަކަށް މުއްޒަފުން ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޅ. ކަނުހުރާ ރިސޯޓް 15 އަހަރު ހިންގުމަށްފަހު މިދިޔަ އަހަރުގެ އޮގަސްޓް އެއްވަަނަ ދުވަހުން ފެށިގެން ވަނީ މަރާމާތަށް ބަންދުކޮށްފަ އެވެ. އަދި އަންނަ ޑިސެމްބަރު އެކެއްގައި އަލުން ހުޅުވާއިރު އެންމެ މަތީ ފެންވަރުގެ 96 ވިލާ ހުންނާނެ ކަމަށް އެ ރިސޯޓުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Fasy
25 August 2016
ޅ. އަތޮޅު ރިސޯރޓް. ޅ. ޢަތޮޅު މީހުން ފެއިލް ކޮށްފައިތޯ
ދިވެހިއްޔާ
25 August 2016
ގިނައިން ދިވެހިންނަށް އިސްކަންދިނުން އެދެމެވެ.ގައުމު ކުރިއަރާނީ އެގައުމުގަ އުޅޭ ބަޔަކު ފުދުންތެރިވީމަ