އުރީދޫން ސެމްސަންގް އެސް10ގެ ޕްރީ އޯޑާ ހުޅުވާލައިފި

އުރީދޫން ސެމްސަންގް ގެލެކްސީ އެސް10 އާއި ސެމްސަންގް އެސް10 ޕްލަސް ޕްރީ އޯޑަރަށް ހުޅުވާލައިފި އެވެ.


އުރީދޫގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ ސެމްސަންގުގެ އެންމެ ފަހުގެ ފޯނު، ސެމްސަންގާ ގުޅިގެން ރާއްޖެ އަށް ތައާރަފްކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެން މިފޯނު އެންމެންނަށް ވެސް ގަނެވޭނެ ގޮތް މި ފަހިކޮށްދެނީ. އެގޮތުން އުރީދޫގެ އިންސްޓޯލްމަންޓް ޕްލޭނަކީ ވަރަށް ފަސޭހަ ޕްލޭނެއް. އެންމެ ފުރަތަމަ އިންސްޓޯލްމަންޓްގެ ގޮތުގައި ސެމްސަންގް އެސް10 އަށް 1999ރ. ދައްކަންޖެހޭނީ. އަދި އެސް10 ޕްލަސް އަށް ދައްކަންޖެހޭނީ 2999ރ." އޭނާ ވިދާޅުވި އެވެ.

އުރީދޫން ބުނީ 1 ޓެރަބައިޓްގެ ސްޓޯރޭޖުގެ ފޯނު ވެސް ހިމެނޭ މި ސީރީޒްގެ ފޯނު، 12 މަސް ދުވަހުން ފައިސާ ދައްކާ ގޮތަށް ގަނެވޭނެ ކަމަށާއި ކޮންމެ ފޯނަކަށް 12 ޖީބީގެ ޑޭޓާ ހިލޭ ލިބޭނެ ކަމަށެވެ. މީގެ އިތުރުން ހެޑްސެޓެއް ވެސް ދޭނެ އެވެ.

އުރީދޫގެ ވެބްސައިޓުން ޕްރީ އޯޑާ ކުރުމުގެ ފުރުސަތު ވަނީ މިއަދު ހަވީރު 05:00 ފެށިގެން ހުޅުވާލައިފަ އެވެ.

ސެމްސަންގް އެސް10 ފޯނު--ފޮޓޯ:ނިޝާން އަލީ/މިހާރު

އުރީދޫން އެސް10 ގެ ފޯނު އިންސްޓޯލްމަންޓަށް ނަގާ ނަމަ އުރީދޫގެ ނަންބަރެއް ރަޖިސްޓާކުރަންޖެހޭނެ އެވެ.

އުރީދޫ މެދުވެރިކޮށް ޕްރީ އޯޑާކުރާ މީހުންނަށް މި މަހުގެ 12 ވަނަ ދުވަހު ފޯނު ލިބޭނެ އެވެ.

ސެމްސަންގް ގެލެކްސީ އެސް10 އާއި އެސް10 ޕްލަސް ވެސް އުރީދޫން ލިބޭނެ އެވެ.

ގެލެކްސީ އެސް10ގެ ސްކްރީންގައި ހަ އިންޗި ހުންނަ އިރު އެސް10 ޕްލަސް ގައި ހުންނަނީ ފަސް އިންޗި އެވެ. ތިން ކެމެރާ ހިމެނޭ މި ފޯނު އެއްފަހަރު ޗާޖުކޮށްގެން 24 ގަޑިއިރު ގެންގުޅެވޭނެ ކަމަށް ސެމްސަންގުން ބުނެ އެވެ. މި ފޯނު ހަ ކުލައެއްގައި ލިބެން ހުންނަ އިރު އޭގެ ތެރޭގައި ހުދާއި ކަޅާއި ފެއްސާއި ނޫ އަދި ރީނދޫ ހިމެނެ އެވެ.

ފުލް ޕޭމެންޓް ދައްކައިގެން ނުވަތަ އިންސްޓޯލްމަންޓް ޕްލޭނެއް މެދުވެރިކޮށް ވެސް ފޯނު ގަނެވޭނެ އެވެ.

ފުލް ޕޭމެންޓް ޕްލޭން

- ސެމްސަންގް ގެލެކްސީ އެސް10 (128ޖީބީ)- 12،999ރ.

- ސެމްސަންގް ގެލެކްސީ އެސް10 ޕްލަސް (128ޖީބީ)- 14،499ރ.

- ސެމްސަންގް ގެލެކްސީ އެސް10 ޕްލަސް (512ޖީބީ)- 18،199ރ.

- ސެމްސަންގް ގެލެކްސީ އެސް10 ޕްލަސް (1ޓީބީ)- 23،599ރ.

މަހުން މަހަށް ފައިސާ ދައްކާ ޕްލޭން

މަހުން މަަހަށް ފައިސާ ދައްކާ ޕްލޭން ހާއްސަކޮށްފައި ވަނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށެވެ.

- ސެމްސަންގް ގެލެކްސީ އެސް10 (128ޖީބީ)- 942ރ.

- ސެމްސަންގް ގެލެކްސީ އެސް10 ޕްލަސް (128ޖީބީ)- 992ރ.

- ސެމްސަންގް ގެލެކްސީ އެސް10 ޕްލަސް (512ޖީބީ)- 1،300ރ.

- ސެމްސަންގް ގެލެކްސީ އެސް10 ޕްލަސް (1ޓީބީ)- 1،775ރ.