ހައްޖުގެ އަޅުކަމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ދިވެއްސެއް--ފޮޓޯ:މިހާރު
24 މާޗް 2019 - 13:04
ލަބީނާ ހައްޖު އެންޑް އުމްރާގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަން ކުރިޔަށް ދާނީ މި މަހުގެ 21 އިން މެއި މަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި، އުމްރާއަށް ދާން ރަޖިސްޓްރީ ކުރާ މީހުންނަށް ހާއްސަ ޑިސްކައުންޓަކާ އެކު، ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސައިފަ އެވެ.
މި ޕްރޮމޯޝަންގައި އުމްރާއަށް ދާން މީހަކަށް ދައްކަންޖެހޭނީ 20،950ރ. އެވެ. ވީއައިޕީ ޖާގައެއްގައި ދާ ނަމަ 36،237ރ. ދައްކަން ޖެހެ އެވެ. އަދި އިތުރު ފީއެއް ދެއްކުމަކާ ނުލައި އާއިލާތަކަށް ކޮޓަރި ވެސް ހަމަޖައްސައިދޭނެ އެވެ.
ލަބީނާ ހައްޖު އެންޑް އުމްރާގެ ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ފީގެ ގޮތުގައި ދައްކަންޖެހޭނީ 1،000ރ. އެވެ. އަދި ބާކީ ބައި ދެ ފަރާތުން އެއްބަސްވާ ގޮތަކަށް ބަހާލައިގެން ދެއްކިދާނެ އެވެ.
މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު 9830631 / 3010631 އަށް ގުޅައިގެން ހޯދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަބިނާ ޙައްޖު އެންޑް އުމްރާާ
25 March 2019
މިގްރޫޕުގެ ފަރާތުން އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ޚަލާސްކުރާ ގޮތައްވެސް އުމްރާގެ އަޅުކަމަށް މީހުން ގެންގޮސް ދޭނެ.
ޜުސްތމް
24 March 2019
ޢަދި އަޑުވެސްނާހާ މުޅިން އާ ގްރޫޕެއް
ލަބިނާ ޙައްޖު އެންޑް އުމްރާާ
25 March 2019
ލަބިނާ ޙައްޖު އެންޑް އުމްރާ ގްރޫޕުގެ މުޢައްސިސަކީ މިދާއިރާގެ 15 އަހަރުގެ ތަޖްރިބާ ހުންނެވި، އަދި ސައުދީ އަރަބިއްޔާއިން ސާނާވީ ތައުލީމާއި މަތީ ތައުލީމް ޙާސިލް ކުރެއްވި ބޭފުޅެއް. އަދި މިގްރޫޕަގެ ފަރާތުން އުމްރާއަށް ވަޑައިގްނަވާ ސޭޚުންނަކީ މިކަމުގެ ތަޖްރިބާހުރި، ރާއްޖޭގެ މަޝްޙޫރު ދީނީ އިލްމުވެރިން. މީގެ ތެރޭގައި ޝައިޚް ނިމާލް މުޙައްމަދު، ޝައިޚް މަންސޫރު، ޝައިޚް އަޙްމަދު އަބުދުﷲ، ފަދަ ޢާންމުންނަށް ފަރިތަ ބޭފުޅުން
ހައްލެ
24 March 2019
ތިގްރޫޕް އިން ނިކަމެތިންނަށް ހިލޭ އުމްރާއަށް ދެވޭނެ ގޮތެއް ނެތްތޯ.
ރައްޔިތު މީހާޗ 123
25 March 2019
އިތުރު މައުލޫމާތު 9830631 / 3010631 އަށް ގުޅުއްވާ ލައްވާ.
އަލީފުޅު
24 March 2019
ލަބިނާ ގުރޫޕުން އެއްވެސް ފަހަރަކު ޢުމްރާއަށް މީހުން ގެންގޮސްފައިވޭތޯ؟
ލަބިނާ ޙައްޖު އެންޑް އުމްރާ
24 March 2019
ލަބިނާ ޙައްޖު އެންޑް އުމްރާ ގްރޫޕުގެ މުޢައްސިސަކީ މިދާއިރާގެ 15 އަހަރުގެ ތަޖްރިބާ ހުންނެވި، އަދި ސައުދީ އަރަބިއްޔާއިން ސާނާވީ ތައުލީމާއި މަތީ ތައުލީމް ޙާސިލް ކުރެއްވި ބޭފުޅެއް. އަދި މިގްރޫޕަގެ ފަރާތުން އުމްރާއަށް ވަޑައިގްނަވާ ސޭޚުންނަކީ މިކަމުގެ ތަޖްރިބާހުރި، ރާއްޖޭގެ މަޝްޙޫރު ދީނީ އިލްމުވެރިން. މީގެ ތެރޭގައި ޝައިޚް ނިމާލް މުޙައްމަދު، ޝައިޚް މަންސޫރު، ޝައިޚް އަޙްމަދު އަބުދުﷲ، ފަދަ ޢާންމުންނަށް ފަރިތަ ބޭފުޅުން
މުޙައްމަދު123
24 March 2019
އާދެ، އަޅުގަނޑު މިބޭފުޅުންނާއެކު އުމްރާއަށް ދިޔައިން. މެޙްމާންދާރީ، އަދި ކަންކަން އިންތިޒާމް ކުރެވިފައިހުރި ގޮތްވެސް ވ ފުރިހަމަ. މީހުންނަށް އަޅާލުމާއި، މުޢާމަލާތްކުރުންވެސް ވ ރަނގަޅު.
ތިމަންނަ
24 March 2019
ވީ އައިޕީން ގެގޮތުގައި ދާ މީހުން ސަޢުޔު އަދި ތޮޢާފު ކުރުވާނީ ދުއްވާ އެއްޗެއްގައިތޯ
ސޯމިދު 7787109
24 March 2019
އަޅުގަނޑަކީ މިބޭފުޅުންނާއެކު ޑިސެމްބަރ 2018 ގައި ވީއައިޕީ އުމްރާއަށް ދިޔަ މީހެއް. އަޅުގަނޑު ހުރީ ކްލޮކް ޓަވަރުގައި. ދަތުރު ފަތުރާއި ކެއުން ވަރަށް ފުުރިހަމަ.