28 މާޗް 2019 - 14:16
މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް މިހާތަނަށް ބަޖެޓުން 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ. މިއީ ދައުލަތުގެ ބަޖެޓުން މި އަހަރު އެންމެ ބޮޑު ހަރަދެއް ކުރި ދާއިރާ އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އެއްފަހަރު ނެރޭ މާލީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ބަޖެޓުން މުވައްޒަފުންގެ މުސާރަ އަށް ކަނޑައަޅާފައިވާ 4.3 ބިލިއަން ރުފިޔާގެ ތެރެއިން 17 ޕަސެންޓް މިދިޔަ ތިން މަހެއްހާ ދުވަހު ހޭދަކޮށްފައިވެ އެވެ. އެގޮތުން ޖުމްލަ 760 މިލިއަން ރުފިޔާ މުސާރަ އަށް ހަރަދުކޮށްފައިވެ އެވެ.
ދެވަނަ އަށް ވެސް އެންމެ ބޮޑު ހޭދައެއްކޮށްފައި ވަނީ މުވައްޒަފުންނަށް އިނާޔަތްތަަކަށެވެ. އެގޮތުން މުވައްޒަފުންނަށް ދޭ އެލަވަންސްތަކަށް 600 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މުވައްޒަފުންގެ އިނާޔަތްތަކަށް 3.6 މިލިއަން މި އަހަރު ކަނޑައަޅާފައިވާ އިރު މިހާތަނަށް ހޭދަކޮށްފައި ވަނީ 16 ޕަސެންޓެވެ.
ސަރުކާރުން މިހާތަނަށް 4.1 ބިލިއަން ރުފިޔާ ބަޖެޓުން ހަރަދުކޮށްފައިވާ އިރު 3.1 ބިލިއަން ހޭދަކުރީ ރިކަރެންޓް ހަރަދަށެވެ.
ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް މިހާތަނަށް ހޭދަކުރީ 371 މިލިއަން ރުފިޔާ އެވެ. ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް 485 މިލިއަން ރުފިޔާ ހޭދަކުރި އިރު ބޭނުންވާ މެޝިނަރީ އާއި އިކުއިޕްމެންޓް ގަތުމަށާއި މަރާމާތަށް 60 މިލިއަން ހޭދަކޮށްފައިވެ އެވެ.
ދައުލަތުގެ ހަރަދުތަކުގެ ތެރެއިން ވޭތުވެދިޔަ އަހަރުތަކުގައި ވެސް އެންމެ ބޮޑު ހޭދައެއް ކުރަންޖެހިފައި ވަނީ ރިކަރެންޓް ހަރަދުތަކަށެވެ. ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ވުރެ، ސަރުކާރު ހިންގުމަށްދާ ހަރަދު އިންތިހާ އަށް ބޮޑުވުމުގެ މައްސަލަ އަށް ހައްލުތަކެއް ގެނައުމަށް ވޭތުވެދިޔަ ސަރުކާރުތަކަށް މާ ގިނަ މަސައްކަތްތަކެއް ކުރެވިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލ.އަތޮލު
29 March 2019
އެންމެ ހަރަދު ބޮޑުވާނީ މަޖްލިސް...ދޮގުހަދާ އަދިވެސް....
ނާސްތި
29 March 2019
ބަލާބަލަ ސުކޫލްކުދިންގެ ނާސްތާއަށް ހޭދަވާ ބޮނޑިވަރު
ޛުލޭ
29 March 2019
އެޖެ ްްްްްްްްްޑާ +19 ޣޣޚސް
ހަމަހޭ
29 March 2019
"ބަޖެޓުން މުވައްޒަފުންގެ މުސާރަ އަށް ކަނޑައަޅާފައިވާ 4.3 ބިލިއަން ރުފިޔާގެ ތެރެއިން 17 ޕަސެންޓް މިދިޔަ ތިން މަހެއްހާ ދުވަހު ހޭދަކޮށްފައިވެ އެވެ. އެގޮތުން ޖުމްލަ 760 މިލިއަން ރުފިޔާ މުސާރަ އަށް ހަރަދުކޮށްފައިވެ އެވެ. " ކިޔުއްވޭ އެއްޗެއްވެސް ނެގޭހިސަބައް ދިޔައީތޯ؟. 3 މަހަކީ އަހަރުގެ %25. އެކަމަކު %17 ހަރަދުވެގެން ދެލޯބޮޑުވެ ތަލިން ކުލުހިކިފަ.
ޙހހޖޖޖ
29 March 2019
ވެދާނެ އެއީ އަދި ކުރިޔަށް އޮތްތާ އަލަށް ނަގާ މުވަައްޒަފުންގެ ފައިސާ ހިމަނާފ ހުރީމަ ކަމަށް
ހަމަހޭ
28 March 2019
ކަލޯގެޔާ! ތިޔަޖެހެނީ ހަމަ 2008 ގަވެސް ޖެހުނުތާނގަ، ދެން އަވަހައް ސިވިލްސަރވަންޓުންގެ މުސަރައިން %12 ކަނޑާލާފަ އިތުރައް ޕާޓީކުދިންވައްދާ. ކާކުބުނެގެންތަ ނުވާވަރުން ވެރިކަމާތިއުޅުއްވަނީ، ވާވަރުގެ ކުރެވޭނެވަރުގެ މީހުން އެބަތިއްބޭ.
ރައްނަމާރި
29 March 2019
ދޮންލަލޯ "ހަމަހޭ"؟ ތިންމަހަކީ %25. އަދިކިރިޔާ %17 ހަރަދުކުރެވުނީ. ހަސަދަވެރިކަމަކީ މުޅިމީހާ ވިސްނުމާ ފިކުރު ހަލާކު ކޮއްލާ އެއްޗެއް. ހިތްސާފުކޮށް ހަމަބުއްދިން ވިސްނައި ފިކުރުކުރުމަކީ މުހިއްމު ކަމެއް
ނުދައްކާ ވާހަކަ
28 March 2019
މިއީތަ ދައުލަތުން ނެރޭ ހިސާބުގެ ފެންވަރަކީ؟ ހާދަ ދެފުއްފެންނަ ހިސާބަކޭ؟ ސީޔާސީ މަގާމުތަކަށް ހަރަދުވިވަރެއް. މިނިވަން މުވައްސަސާއަކަށް ހަރަދުވިވަރެއް އަދި ސިވިލް ސާވެންޓް މުސާރައައް ހަރަދުވިވަރެއް ނޭގެ. ތިޔަ ހަރަދުތަށް ބަލަން ވާނީ ސަރުކާރުން މުސާރަދޭ މީހުން ކެޓަގަރައިޒްކޮށް އެކަޓަގަރީއަކަށް ހަރަދުވިވަރު ވަކިންދޯ؟ އެބަ އުޅޭ ވިޔަ 80000 އިން ފެށިގނެ 6000 ރުފިޔާއާދެމެދު މުސާރާގެ ފަރަގެއް
ޏުސީން
28 March 2019
ކޮންބަޔެއްގެ މުސާރައެއްތޯ ބެލުން މުހިންމު.
މަހޭ
28 March 2019
3 މަހުން 17 ޕަސެންޓު ޙަރަދު ކުރެވުނީމާ އަދި ގޯސް ވެގެން އުޅޭވަރެއް ނުވެއެއްނު؟ 3 މަހަކީ އަހަރުގެ 25 ޕަސެންޓު. އަސްލު ސުރުޚީގައި އިންނަންވީ ރަނގަޅު ގޮތަކީ، 3 މަހުން ހަމަޖެހިފައިވާ ބަޖެޓަށްވުރެ ކުޑަކޮށް ޚަރަދު ކުރެވިއްޖެ ކަމަށް.
ޞަހި
28 March 2019
ދެންކިޔާނީ ބަޖެޓްގައި ލާރިނެތޭ
ކަމެއް ނުކުރާ
28 March 2019
ކަމެއް ނުކުރާ މަގާމުތައް އުފައްދައި އަނގަގަދަކުރާ މީހުން އިތުރުކޮށް އެބައިމީހުންގެ މުސާރަ ބޮޑުކޮށްދިންވަރަކަށް މިކަން ދާނީ މިހެން ވަމުން ވަމުން. މިއީ އަޖާއިބު ހައިރާންވާންވީވަރުގެ ކަމެއް ނޫން.