އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް--ފޮޓޯ:މިހާރު
04 އެޕްރީލް 2019 - 13:52
ޝަކުވާތައް އަހާ ޒަމާނީ އުސޫލަކަށް ސަރުކާރުގެ މުއައްސަސާތަކުން ފުރުސަތު ދޭންޖެހޭ ކަމަށާއި މިހާރު ގެންގުޅޭ ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ކަސްޓަމްސްގެ ފުރަތަމަ ކުއާޓާގައި ހާސިލްކުރެވުނު ކަންކަން ފާހަގަކުރުމަށް އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީއާ ހަވާލުވެވަޑައިގެން އިރު އެންމެ ބޮޑަށް ފާހަގަކުރެވުނީ ސަރުކާރުގެ ނިންމުންތަކަކީ އަބަދުވެސް އެންމެ ރަނގަޅު ވިސްނުން ކަމުގައި ދެކިގެން މަސައްކަތްކުރުން ކަމަށެވެ. އެހެން ނަމަވެސް އެއީ އެންމެ ރަނގަޅު އުސޫލު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމަށް ބޭނުންވާ ތަރައްގީ ހާސިލުކުރުމަށްޓަކާ އެ ވިސްނުން ބަދަލު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ކަސްޓަމްސުން ވެސް ވިޔަފާރިވެރިންގެ ޝަކުވާތައް އަޑުއަހައި އެކަންކަމާ މެދު ގޮތްތަކެއް ކަނޑައަޅަންޖެހޭ ކަމަށެވެ.
"އާ ވިސްނުމެއްގައި އަޅުގަނޑުމެންގެ ސަރުކާރުގައި ތިބި ހުރިހާ ބޭފުޅުން ކަންކަމާ ހަވާލުކުރެވޭނެ. ކުރިއަށް އޮތްތަނުގައި ކަސްޓަމަކީ ވަރަށް ބޮޑު ތަފާތުތަކެއް ދައްކާނެ އިދާރާއަކަށް ވެގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން ބޭރުން މުދާ ގެންނަނީ ވިޔަފާރިވެރިން ކަމަށާއި އިގްތިސާދު ކުރިއަށްގެންދިޔުމަށް ވިޔަފާރިވެރިންނަށް މުދާ އެތެރެކޮށް ބޭރުކުރުމުގައި ފަސޭހަވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
04 April 2019
ފަޔާ ކޮބާ ކުދި ވިޔަފާރިންނަގާ ޓެކްސް ހުއްޓާލާނީ ކޮންއިރަކުން. މިހާރު ކުދިވިޔަފާރި ވަނީ ޖަނާޒާ ބާއްވާހިސާބުގަ.
ރާއްޖެ
04 April 2019
ޝަކުވާ އަހާފަ އެޔަށް އެއްވެސް ބަދަލެއް ނާންނަ ނަމަ ކީއްކުރަން އައްސަވާ ޝަކުވާތޯ؟ ހުޅުމާލެ ބީޗް ވިޔަފާރިވެރިންގެ ކިބައިން ސަލާމަތް ކޮއް އާއިލާއާއި އެކީ އެތާ މޫދު ކުޅިވަރު ކުޅެވޭ ގޮތް ހަދައިދޭށޭ ކިޔާ އާދޭސް ކުރީމާ ތާރީޚް ދިން ގޮތަށް އަދިވެސް އެތާގައި ރެސްޓޯރަންޓް ވިޔަފާރި އެކުރަނީ. އެސްއެމްއީ ބޭންކް ހަދާފައި ލޯނު ލިބެނީ މުދާ ހުރިބަޔަކަށް ރަހުނު ބަހައްޓައިގެން. މިއީ އަމާބުނީތީ ފަރަށް ދާހެން ކަންކުރާ ސަރުކާރެއް.
މުހައްމާ ފުތު
08 April 2019
ފަޔާމެން ކަހަލަ ކުދިން ކިޔާނެ ކިތަންމެ ނަލަ ލަވަޔެއްވެސް ރާގަށް ނުފެތޭގޮތަށް. އެކަމާ އަޅާނުލާ!