ޕްރިންޖަލްސް ޕްރޮމޯޝަންގެ ފޯރި ގަދަކޮށްލަން ބޮޑު ސްކްރީނުގައި މެޗު ބަލައިފި

ވީބީ މާޓުން ވިއްކާ ޕްރިންޖަލްސް ޕޮޓޭޓޯ ޗިޕްސް ގަތުމުން އިންގްލިޝް ޕްރިމިއާ ލީގް މެޗުތަކެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަންގެ ފޯރި ގަދަކޮށްލުމަށް، ބޮޑު ސްކްރީންގައި ޕްރިމިއާ ލީގު މެޗުތައް ބެލުމުގެ ހަރަކާތްތެއް ބާއްވާއިފި އެވެ.


އައިސް ޓީވީއާ ގުޅިގެން ކުރިއަށް ގެންދާ "ޕްރިޖަލްސް އީޕީއެލް ޕްރޮމޯޝަން" ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހަރަކާތުގެ ފޯރި އިތުރަށް ގަދަކޮށްލީ ހަބޭސް ބޮޑުބެރު ގްރޫޕުންނެވެ.

މި ޕްރޮމޯޝަންގެ ދަށުން ހަތަރު މީހަކަށް އިންގްލިޝް ޕްރިމިއަ ލީގުގެ މެޗުތައް ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ. ފެބްރުއަރީ 19 ގައި ފެށި މި ޕްރޮމޯޝަން މާދަމާގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

މި ޕްރޮމޯޝަންގައި ޕްރިންޖަލްސްގެ ޕޮޓޭޓޯ ޗިޕްސް ދަޅެއް ގަތުމުން ކޫޕަނެއް ލިބޭނެ އެވެ. މި ކޫޕަން އެކަމަށް ހާއްސަކޮށްފައިވާ ފޮށިތަކަށް ލުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. ކޫޕަން ލާ ފޮށިތައް އެސްޓީއޯ ސުޕަމާޓާއި އަގޯރާ އާއި ވީބީ މާޓުގައި ވެސް ހުންނާނެ އެވެ.

ޕްރިންޖަލްސް އަކީ ދުނިޔޭގެ ނަން މަޝްހޫރު ޕޮޓޭޓޯ ޗިޕްސް ބްރޭންޑެކެވެ. ފުޓްބޯޅަ އަކީ ދިވެހިންގެ ގިނަ ބަޔެއްގެ މެދުގައި މަގްބޫލު ކުޅިވަރަކަށްވާ އިރު އެންމެ ގިނަ ބަޔަކު ބަލާ އެއް ލީގަކީ އިންގްލިޝް ޕްރިމިއަ ލީގެވެ.

ވީބީން ބުނީ ކުރިއަށް އޮތްތަނުގައި ވެސް ދިވެހިންނާ ގުޅޭ ކަންކަމާ ގުޅުވައިގެން ޕްރިންޖަލްސްގެ ހާއްސަ ޕްރޮމޯޝަންތައް ކުރިއަށްގެންދާނެ ކަމަށެވެ.