19 އެޕްރީލް 2019 - 09:16
ދެކުނު ކޮރެއާގެ މަޝްހޫރު ސެމްސަންގުން މިދިޔަ ފެބްރުއަރީ މަހު ނެރުނު ފަތްޖެހި ފޯނު ވަރަށް ބަލިކަށި ކަމަށާއި އެ ފޯނުތައް ބޭނުންކުރަން ފަށާތާ މާ ގިނަ ދުވަހެއް ނުވެ ހަލާކުވާ މައްސަލަ ބޮޑުވެ، ގިނަ ބަޔަކު ޝަކުވާކުރަން ފަށައިފި އެވެ.
ބައެއް މީހުން ވަނީ ސޯޝަލް މިޑިއާގައި ވެސް އެ މީހުންގެ ފޯނުތަކުގެ ފޮޓޯތަކާ އެކު އެ ވާހަކަ ހިއްސާކޮށްފަ އެވެ. ބައެއް މިކަން ތަޖުރިބާކުރަން ޖެހުނު މީހުން ބައެއް ނޫސްތަކަށް ކިޔައި ދީފައިވާ ގޮތުގައި އެ މީހުން ފޯނު ބޭނުންކުރަން ފެށިތާ އެއް ދުވަހުގެ ތެރޭގައި ފޯނަށް އެކި ކަހަލަ މައްސަލަތައް ދިމާވެ ފޯނު ހަލާކުވެފައިވެ އެވެ. އޭގެ ތެރޭގައި ޑިސްޕްލޭ ހަލާކުވުން ހިމެނެ އެވެ.
The phone comes with this protective layer/film. Samsung says you are not supposed to remove it. I removed it, not knowing you’re not supposed to (consumers won’t know either). It appeared removable in the left corner, so I took it off. I believe this contributed to the problem. pic.twitter.com/fU646D2zpY
— Mark Gurman (@markgurman) April 17, 2019
ނަމަވެސް ޓްވިޓާގައި މިކަމާ ބެހޭ ގޮތުން މީހަކު ބުނީ ފޯނުގެ ޑިސްޕްލޭ ހަލާކުވުމުގެ މައްސަލަ ދިމާވަނީ ފޯނުގެ ކަވަރުގެ ރައްކާތެރި ފަށަލައެއްގެ ގޮތުގައި ލާފައިވާ ރަބަރުގަނޑު ނައްޓައިލާތީ އެވެ. އަދި އެއީ ނައްޓާލަން ނުޖެހޭ އެއްޗެއް ކަމަށް ސެމްސަންގުން ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
— Steve Kovach (@stevekovach) April 17, 2019
ފަތްޖެހި ފޯނު ނެރުމުގެ ޝަރަފު ފުރަތަމަ ހޯދި ސެމްސަންގުގެ މި ފޯނަކީ ދެ ޑިސްޕްލޭ އިންނަ އަދި އެކީގައި އެއްކޮށް ހުޅުވައިލުމުން ޓެބްލެޓެއްގެ ސައިޒަށް ބަދަލުވާ ފޯނެކެވެ.
ފޯނު ހަލާކުވާ މައްސަލާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ އިރު މިކަމާ ބެހޭ ގޮތުން ސެމްސަންގުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
މަޝްހޫރު ކުންފުނިތަކުގެ އެންމެ މި ޒަމާނުގެ ފޯނުތައް ބޮޑު އަގުގައި ގަނެގެން ބޭނުންކުރަން ފަށާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކި ކަހަލަ މައްސަލަތައް ކުރިމަތިވާކަމުގެ ކަންބޮޑުވުންތައް ކަސްޓަމަރުން ފާޅުކުރުމަކީ ވަރަށް އާންމު ކަމެކެވެ.
ސެމްސަންގުގެ ގެލެކްސީ އެފް ނެރެފައި ވަނީ ފެބްރުއަރީ މަހުގެ 20 ގަ އެވެ. އަދި އާންމުކޮށް ވިއްކަން ފެށި އެ މަހުގެ 26 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ. ރޯނު އެދުރު
19 April 2019
ތީ އެފޯނުގެ ފޮޓޯއެއްނޫން.
އައިރޯލު
19 April 2019
މިއުޅޭ މީހުން ތިބޭނީ އާ ރިލީޒްތަކަށް ކެތްމަދުވެފައި. އަދިވެސް އެއްޗެއް މާކެޓަށް ނެރޭ އިރަށް އެ އެއްޗެއް ގަންނަން ދުވާތި! ހަލާކު ނުވިއްޔާ ދެރަ!
ދިސްވޭއޭ
19 April 2019
ސެމްސަންގް ފަތް ޖެހިފޯން އަކީ އެއީ ޕާރފެކްޓް ފޯނެކޭ އެފޯން ގެންގުޅެން ޖެހޭ ގޮތަށް ނޫން ގޮތަށް ގެންގުޅޭ ނަމަ ތަފާތު މައްސަލަ ތައް ދިމާވާނެއޭ އެކަން ކަމޭ ތިޔާ ދިމާވަނީ އެއީ ފޯންގެ މައްސަލަ އެއް ނޫނޭ އެއީ އޮޮޕަރޭޓިންގް އިންސްޓްރަކްޝަން އާއި އެއްގޮތަށް ކަންކަން ނުކުރާތީވެ ދިމާވާ ގޮތޭ ތިޔާ ފަތްޖެހޭ ފޯން އެއީ މާރވެލަސް ފޯން އެކޭ އާފަލޭ މެން އަޑީގައި ތިބެގެން ކައްކާ ގޭސް ގަނޑު ގަނޑޭ ތިޔާ ފޯން ހަލާކުވަނީއޭ ބުނެ އަޑު ފަތުރަނީ..