ޔަމަހާ ޕްރޮމޯޝަނުން މިފަހަރު އުމްރާ ދަތުރެއް

އެލިއާ އިންވެސްޓްމެންޓުން މިއަހަރުގެ ރޯދަ މަހު ހިންގާ ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް އުމްރާ ދަތުރެއް ދޭން ނިންމައިފި އެވެ.


މިއީ އެލިއާ އަށް 55 އަހަރު ވުމާއި އެ ވިޔަފާރި އާއި ޔަމަހާގެ ގުޅުމަށް 45 އަހަރުވުމުގެ މުނާސަބަތުގައި ކުރިއަށް ގެންދާ "އެންމެންނަށްވެސް" ޕްރޮމޯޝަންގެ ބައެކެވެ. "ޔަމަހާ ވިން ވިން 1440" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ ދަށުން "ޔަމަހާ މޯލްޑިވްސް" ގެ ފޭސްބުކް ޕޭޖަށް ލައިކްކޮށް، ޝެއާކުރާ މީހުންގެ ތެރެއިން ގުރްއަތުން ހޮވޭ ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ލިބޭނެ އެވެ.

ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަންތައް އެލިއާ އިން ކުރިއަށް ގެންދަނީ އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށެވެ.

މީގެ އިތުރުން އެލިއާ އާއި ސިޓްރޮން ބައި ލެމަން ގްރާސް ގުޅިގެން ހިންގާ ޕްރޮމޯޝަނުން ނަސީބުވެރި ފަރާތްތަކަށް ވެސް ހާއްސަ އިނާމެއް ކަނޑައަޅާފައި ވެ އެވެ. އެ ރެސްޓޯރަންޓުން ރޯދަ ވީއްލާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ދެ ފަރާތަކަށް ޔަމަހާ ބްރޭންޑުގެ "އެރޮކްސް 155" ގެ ސައިކަލަކާއި އެތަނުން އެންމެ ފަހުން ތައާރަފްކުރި "ފްރީގޯ" މޮޑެލްގެ ސައިކަލެއް ލިބޭނެ އެވެ. މިއީ ސިޓްރޮން އާއި އެލިއާ ގުޅިގެން މި ޕްރޮމޯޝަން ހިންގާ ހަަތަރު ވަނަ އަހަރެވެ.

ރޯދަ މަހަށް ހިންގާ ޕްރޮމޯޝަންތަކުގެ ދަށުން ޔަމަހާ "އެމް އެކްސް ކިންގް" އަދި ޔަމަހާ "ކިއުބިކްސް" މޮޑެލްގެ ސައިކަލު ގަންނަ ހުރިހާ މީހުންނަށް ވެސް މި އަހަރު ހާއްސަ ހަދިޔާއެއް ދޭން އެ ތަނުން ވަނީ ނިންމާފަ އެވެ. އަދި މަހުން މަހަށް ފައިސާ ދައްކައިގެން ސައިކަލު ގަންނަ މީހުންނަށް ޑައުންޕޭމަންޓު ގޮތުގައި ދައްކަން ޖެހޭ ފައިސާއިން 50 ޕަސެންޓް ޑިސްކައުންޓެއް ދޭން ވެސް އެލިއާ އިން ވަނީ ހަމަޖައްސާފަ އެވެ.