މާރުކޭޓުގައި ލިބެން ހުރި ފަތުގެ ބާވަތްތަކުން އެންމެ އަގު ބޮޑީ ލެޓިއުސް ފަތެވެ. ލެޓިއުސް ފަތް ކިލޯއެއް ލިބެން ހުރީ 150ރ. އަށެވެ.
ވިޔަފާރިވެރިޔަކު ބުނީ، ރޯދަ މަހުގެ ކުރިން ކިލޯއެއް 10 ރުފިޔާ އަށް ވެސް ގަންނަ ކަމަށެވެ. އެކަމަކު މިހާރު ކިލޯއެއް ލިބެނީ 125ރ. އަށް ކަމަށެވެ. އެހެންވެ ވިއްކާ އަގު ވެސް މިހާރު ބޮޑީ ކަމަށް އޭނާ ބުންޏެވެ.
ލެޓިއުސް އަކީ ރޯދަ މަހުގައި އެކި ކެޔުންތައް ހެދުމަށާއި ސަޓަނި ހެދުމަށް ބޭނުން ކުރާ ބާވަތަކެވެ. މާރުކޭޓުގައި އެންމެ ގިނައިން ހުރީ އއ. ތޮއްޑޫން ގެންނަ މި ބާވަތުގެ ފަތެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހު ކޮޕީ ފަތް ބޮނޑިއެއް، 20ރ. އަށް ހުރި ނަމަވެސް މިއަދު ކޮޕީ ފަތުގެ ތިން ފަތް ހިމެނެ ބޮނޑިއެއް ހުރީ 10ރ. އަށެވެ. އާންމުގޮތެއްގައި ކޮޕީ ފަތް ގެންނަނީ ކ. ކާށިދޫ އާއި ތޮއްޑޫންނެވެ. ކުއްޅަފިލާ ފަތް ބޮނޑިއެއް 10ރ. އަށް ހުރި އިރު ކޮރިއެންޑާ ހުރީ 20ރ. އަށް ބޮނޑިއެކެވެ. މީގެ އިތުރުން ކަންކުން ފަތް ބޮނޑިއެއް ހުރީ 5ރ. އަށެވެ.