ފިނޭންސް މިނިސްޓަރު އަމީރު، ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގެ ބައްދަލުވުމެއްގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
12 މެއި 2019 - 15:01
ސަރުކާރުގެ އޮފީސްތަކަށް ކަނޑައަޅާފައި އޮންނަ ބަޖެޓަށް ވުރެ އިތުރަށް ބޭނުން ކުރާ ނަމަ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ "ބަޖެޓް ބައިކުރުމާއި އެއް ބައިން އަނެއް ބަޔަކަށް ބަދަލުކުރުމުގެ އުސޫލު"ގައިވާ ގޮތުން މިނިސްޓްރީ އަކަށް ނުވަތަ މުއައްސަސާ އަކަށް ދައުލަތުން ކަނޑައަޅާ ބަޖެޓަށް ވުރެ އިތުރަށް ބޭނުން ކުރުމަށް ފިނޭންސް މިނިސްޓަރަށް ހުއްދަ ދެވޭނީ ފަސް ޕަސެންޓު ބޮޑު ކުރުމަށެވެ. އެ އަށް ފަހު އިތުރު މަޝްރޫއުއެއް ނުވަތަ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާ އިން ބޭރުން ހަރަދު ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ހުއްދައެއް ހޯދުމަށް ފަހު ކަމަށް އާ އުސޫލުގައި ވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މިފަދަ އުސޫލެއްގެ އެންމެ ބޮޑު މަގްސަދަކީ، ސަރުކާރުގެ އިދާރާތަކުން ކުރާ ހަރަދުތަކަކީ ޕްލޭނާ އެއްގޮތަށް ކުރާ ހަރަދުތަކަށް ހެދުމެވެ. އަދި މާލީ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓު، ތަންފީޒު ކުރުމުގައި ފާސްކޮށްފައިވާ މިންވަރަށް ވުރެ އިތުރު ނުކުރުމާއި ވަކި ކަމަކަށް ހަރަދެއް ކުރުމަށް ކަނޑައަޅައިފި ނަމަ އެކަމަކަށް ހަރަދު ކުރުމަށް ހިތްވަރު ދިނުމެވެ.
މިހާރު އޮންނަ ގޮތުން ބަޖެޓެއް އޮތް ނަމަވެސް، އެ މިނިސްޓްރީއަކުން ބޭނުންވާ ހަރަދެއް ވަކި ހާއްސަ ހުއްދައެއް ހޯދުމަކާ ނުލައި ކުރެވޭނެ އެވެ. އަދި ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ވެސް ފައިސާ ހަރަދު ކުރުމުގެ ފުރުސަތު އޮވެ އެވެ.
މި އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރަށް ފާސް ކުރާ ދައުލަތުގެ ބަޖެޓުންނެވެ. އެގޮތުން ބަޖެޓު އެކުލަވާލުމުގައި ކޮންމެ އިދާރާއަކުން ވެސް ހާއްސަ ކަންތައްތަކަށް ސަމާލުވާން ޖެހެ އެވެ.
ބަޖެޓް ހުށަހަޅާ އިރު ޖުމްލަ އަދަދާއި އާންމު ބަޖެޓުގައި ކަނޑައަޅާފައިވާ މަސްއޫލު އޮފީސްތަކުގެ ބަޖެޓް ވަކިވަކިން އަލަށް ފާސްކުރާ ބަޖެޓުގައި އެނގެން ޖެހެ އެވެ. އަދި ދައުލަތުގެ ބަޖެޓް ހުށަހަޅާ އިރު ކޮންޓިންޖެންސީގެ ގޮތުގައި މިނިސްޓަރަށް ގިނަވެގެން ހަރަދު ކުރުމަށް ހުއްދަދެވިދާނެ މިންވަރެއް ހިމަނަންޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓަށް ވުރެ އިތުރަށް ހަރަދު ކުރެވޭނީ ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކޮށްގެންނެވެ.
އާ އުސޫލުގައިވާ ގޮތުން ބަޖެޓް ބޭނުން ކުރުމުގައި ވަކި ހާއްސަ ކަމަކަށް ކަނޑައަޅާފައިވާ ބަޖެޓަކުން އެހެން ކަމަކަށް ބޭނުން ނުކުރެވޭނެ އެވެ. މިސާލަކަށް ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ބަޖެޓުން ބައެއް އެހެން މަޝްރޫއުއެއް ހިންގަން ބޭނުން ނުކުރެވޭނެ އެވެ.
ބަޖެޓުގައި ނުހިމެނޭ މަޝްރޫއަކަށް ހަރަދު ކުރާ ކަމަށް އެ މަޝްރޫއެއްގެ އަގު އެއް މިލިއަނަށް ވުރެ މަތިވާ ހާލަތެއްގައި ރައީސްގެ ހުއްދަ ހޯދަންޖެހޭނެ އެވެ. ބަޖެޓުގައި ނުހިމެނޭ މަޝްރޫއުއެއްގެ ކުރިއަށް ގެންދިޔުމަށް އެ މަޝްރޫއުއެއްގެ އަގު އެއް މިލިއަން ރުފިޔާ އަށް ވުރެ ކުޑަ ނަމަ ފިނޭންސް މިނިސްޓަރުގެ ހުއްދައާ އެކު ފެށޭނެ އެވެ.
މީގެ އިތުރުން ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުއެއްގެ އަގަށް ބަދަލެއް ގެންނަ އިރު ޖުމްލަ އަގުގެ 30 ޕަސެންޓަށްވުރެ އިތުރުވާ ނަމަ ރައީސްގެ ހުއްދަ ލިޔުމުން ހޯދަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްޑީޕީ.
14 May 2019
ސަރުކާރުގެ ބައެއް އޮފީސްތަކުގެ މިހާރު މިވަނީ ހިނގުން ހުއްޓޭހިސާބަށް ގޮސްފައި. ބައެއް ޢިމާރާތްތައް ކުދި އަދި ބޮޑެތި މަރަމާތަށް ބޭނުންވެފައި ބައެއް ތަންތަނުގައި ފަރުނީޗަރުތަކާއި މެޝިނަރީތަކަށް އިންތިހާއަށް ބޭނުންވެފައި ބަޖެޓު ހުސްވެއްޖެ. ދެން ހަދާނީ ކިހިނެތްތަ!
މައިޝަން މުފީދު
13 May 2019
ހެޔޮނުވާނެ ތިޔަ ބަޖެޓުން ހޭދަކުރާ ބޭކާރު ހަރަދު ހުއްޓާލަބަލަ، ސަރުކާރުގެ އިދާރާތަށް ކުޑަކޮށް، ސަރުކާރު ކުޑަކޮށް ޕްރައިވަޓް ސެކްޓަރު ކުރިއަރުވަބަލަ އެއިރުން ބަޖެޓަށް އޮންނަ ބުރަ ފިލައިގެން ހިނގައިދާނެ މިހާރު ސަރުކާރުގެ ވަޒީފާތަށް ފަސޭހަވީމަ ޕްރައިވަޓް ސެކްޓަރު ދޫކޮށް ހުރިހައި މީހުން ސަރުކާރާ ދިމާލަށް މިސްރާބްޖަހަނީ
ހުސައިން އިސްލާހު
13 May 2019
ކޮންތާކު މިޖެހުނީ.ހަމަ ސީދާ މަރުކަޒީ ނިޒާމެއް ނޫން މި ބޭނުންކުރަނީ.ފިނޭނސް މިނިސްޓަރަށް ބޭންކެއްގެ މެނޭޖަރަށް އޮންނަ އާރާއި ބާރެއްވެސް ނެތް.މިކަމުން މަށަށް މިދޭހަވީ ފިނޭންސް މިނިސްޓްރީގައި ޤާބިލްކަމެއް ނެތްކަމާއި ބަޖެޓްގެ ޤާނޫނު ތަންފީޒު ކުރުމަށް ނުކުޅެދޭކަމެވެ.ވަކި މަޝްރޫއަކަށް ކަނޑައަޅާ ފައިސާ އެހެން ކަމަކަށް ބޭނުންކުރަންވާގޮތަށް މަތާއީދެވެ.ދެން އެހެރީ މުޅިންވެސް މަރުކަޒީ ސިފަތަކެކެވެ.
ލާމަސީލު
13 May 2019
އާދޭހެވެ! ތިއޮތީ ވަރަށްވެސް ޖަޒީރާ ވެފައެވެ. ލާމަރުކަޒީވެސް ވެފަ އެވެ. ރައީސް އަށް މިނިސްޓަރުންނަށް އިތުބާރު ނުކުރެވެނީ ތޯއްޗެ. ބާލިދީ މެނޭޖަރުން ތަންތަނަށް ލާންވީނޫންތޯ!
އެޕްރޫވަލް
13 May 2019
ފިނޭންސް މިނިސްޓަރ މީކީކުރާ މީހެއް ދެން ތިހެން ގޮސް ހުރިހާ ބާރެއް މުށުތެރެއަށްލާ ދެން އެންމެފަހުން ވާނެ ގޮތަކީ މީހަކަށް ވައެއްލެވޭނީ ވެސް ރައީސަށް ދަންނަވާފައި ހުއްދަ ހޯދައިގެން
އިއުލާން
12 May 2019
ސަރުކާރު އޮތީ ރިސެސްގަ. ދެން ހުޅުވޭނީ 2023ގެ ހުޅަނގުމޫސުމާއި ދިމާކޮށް.
ލައިންބޭނުންވޭ
12 May 2019
ބަޖެޓް އިތުރަށް ބޭނުން ކުރާ ނަމަ ރައީސްގެ ހުއްދައެއް ހޯދަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ހަމަޖެއްސުން އެއީ ރަނގަޅު ކަމެކޭ އެކަމަކު މިރާއްޖޭގައި ބިއުރޮކްރަޓިކް ސިސްޓަމްގެ އުނދަގޫ ބޮޑުވުމުގެ ސަބަބުން ރާއްޖޭގައި އިންވެސްޓް ކުރަން އުނދަގޫ ލޯކަލް މީހުންނަށް ވެސް އަދި ފޮރިންގް އިންވެސްޓަރުންނަށް ވެސް ތިޔާ ރައީސްގެ ހުއްދަ ހޯދަން އޮންނަ ބިއޮރޮކްރަޓިކް ސިސްޓަމް ނިމޭއިރު އޮންނާނީ މަދުވެގެން 8 މަސް ވެފައޭ ޕްރޮޖެކްޓްވާނީ ފެއިލް ނޫންތޭ ސްޓްރެއިޓް
މުހައްމަދުއަލީ
12 May 2019
މިއި ކަނޑައެޅިގެންދޮގެއް. މިނިސްޓްރިއަކުން ބަޖެޓުން އިތުރުވާނަމަވެސް ނުވަތަ ބަޖެޓަކަށް އުނިއިތުރެއްވެސް ގެނެވޭނި ފައިނޭންސިއަލް ކޮންޓްރޯލާރގެ ހައްސަ ހުއްދައެއް އޮވެގެން މިހާރުވެސް. އިތުރަށް އެންމެ ފައިސާއެއްވެސް ހަރަދެއް ނުކުރެވޭނެ އޭނާގެ ހުއްދަ ނެތިއެއް. މިހެދި އެ ހުއްދަ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދާ ގޮތައް ހަމަޖެއްސުން.
ނެތީމޭ
12 May 2019
ތިޔާއީ ކަނޑުގައި އަޅާލާ ރޮނގަކަށް ތިޔާ ކަން ބަދަލުވެގެން ދާނީ އެއީ މަމެންނަށް ޔަގީންވެ ކަށަވަރުވާ ކަމެކޭ މަމެން ބުނަން ނެތީމޭ...
ޔމްނާ
12 May 2019
ރައީސް މިހެން ހެއްދެވުން ކަަމަކު ނުދާނެ. އަޅުގަނޑުމެން އައީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ފިކުރަކާއިގެން. އެކަމަކު މި ކުރެވނީ މަރުކަޒީ. ވިސްނައިަޑައިގަންނަވާ
ޓެކުސާ
12 May 2019
އަދި ނޭނގެނީ...މޮޅެތި ބަސްބަސް ބުނަނީ އޭގެ މާނައެނގިގެނެއްނޫން...