18 މެއި 2019 - 08:32
މުދާ ސަޕްލައިކުރަން ބޭނުންކުރާ ޓްރަކްތަކެއް، ޑްރައިވަރަކާ ނުލައި ދުއްވޭ ގޮތަށް މުޅިން އަލަށް ތައްޔާރުކޮށް ސްވިޑްންގެ އާންމު މަގުތަކުގައި ބޭނުންކުރަން ފަށައިފި އެވެ.
ޓީ-ޕޮޑްގެ ނަން ދީފައިވާ މި ވެހިކަލަކީ މި ޒާތުގެ ވެހިކަލްތަކެއް ގައުމެއްގެ އާންމު މަގުތަކުގައި ބޭނުން ކުރަން ފެށި ފުރަތަމަ ފަހަރު ކަމަށް ވެސް އެ އުފެއްދި ކުންފުނިން ބުންޏެވެ. ޖުމްލަ 26 ޓަނުގެ މުދާ ލޯޑުކުރެވޭ އަދި ޑްރައިވަރަކާ ނުލައި ކަރަންޓުން ދުވާ އުޅަނދު ތައްޔާރުކޮށްފައި ވަނީ އެއިންރައިޑް އާއި ލޮޖިސްޓިކް ކުންފުނި ޑީބީ ޝެންކާ ގުޅިގެންނެވެ.
އެންރައިޑުން ބުނި ގޮތުގައި ސްވިޑްންގެ މަގުތަކުގައި މިހާރު ރަސްމީކޮށް ބޭނުން ކުރަން ފަށާފައިވާ ޓީ-ޕޮޑްގެ ސަބަބުން ރޯޑް ފްރެއިޓަށް ކުރިން ކުރަން ޖެހުނު ހަރަދުން 60 ޕަސަންޓް ސަލާމަތް ކުރެވި، ޑީސަލަށް ކުރާ ހަރަދު ވެސް އެތައް ތަނަކުން ކުޑަވެގެން ދާނެ އެވެ.
The future of autonomous and all-electric transportation is here.#IntelligentMovement #EINRIDEaet #sthlmtech pic.twitter.com/3TW51cWrMV
— EINRIDE (@einrideofficial) May 16, 2019
މިއީ މިއީ މުދަލަށް އޯޑަރު ކުރާ ވިޔަފާވެރިންނާ ހަމައަށް އަވަހަށް އަދި ފަސޭހަކޮށް މުދާ ފޯރުކޮށް ދެވޭނެ ގޮތެއް ކަމަށް ބުންޏެވެ. ޓީި-ޕޮޑްއަކީ ގަޑިއަކު 5 ކިލޯމީޓަރަށް ދުއްވުމުގެ ހުއްދަ ދީފައިވާ އުޅަނދެކެވެ.
The T-Pod truck doesn’t have a steering wheel or even a cab. Swedish startup EINRIDE says it’s the first autonomous truck to be tested on public roads without a backup driver. https://t.co/SmpRU2dc5w pic.twitter.com/0QMqcMe6qb
— CNN (@CNN) May 15, 2019
ޑްރައިވަރަކާ ނުލައި ޓީ-ޕޮޑް ދުވި ނަމަވެސް މީގެ އޮޕަރޭޓްކޮށް، ސުޕަވައިޒްކޮށް އަދި ކޮންޓްރޯލް ކުރަން މައި ސްޓޭޝަނުގައި މީހަކު ހުންނާނެ އެވެ.
"މިއީ މުދާތައް ޑެލިވަރީކޮށް ދިނުމުގައި ލިބުނު ވަރަށް ބޮޑު ފަސޭހައެއް،" އެންރައިޑްގެ ޗީފް އެކްޒެކެޓިވް ރޮބަޓް ފާލްކް ވިދާޅުވި އެވެ. "ހަގީގަތުގައި މިއީ މަގުމަތީގައި ޓެކްނޮލޮޖީ ބޭނުން ކުރަން ކުރާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ވެސް މެ."
އެއިންރައިޑްގެ އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރިން މަދުވެގެން 200 ޓީ-ޕޮޑް ސްވިޑްންގެ މަގުތަކުގައި އޮޕަރޭޓް ކުރުމެވެ.
އެ ކުންފުނިން ބުނި ގޮތުގައި ޝެންކާގެ އިތުރުން ޓީ-ޕޮޑަށް އޯޑަރު ލިބިފައިވާ ކުންފުނިތަކުގެ ތެރޭގައި ޖަރުމަންގެ ސުޕަމާކެޓް ޗެއިން ލިޑްލް އާއި ސްވިޑްންގެ ޑެލިވަރީ ކުންފުނި ސްވެންސްކާ ރިޓަސިސްޓަމްގެ އިތުރުން ފޯޗޫން 500 ގެ ފަސް ރިޓެއިލް ކުންފުނި ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy