އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ--ފޮޓޯ:ނިޝާން އަލީ/މިހާރު
03 ޖޫން 2019 - 14:47
އައިލެންޑް އޭވިއޭޝަންގެ އިސް މަގާމުތަކުގެ މުސާރަ ބޮޑުކޮށްފައި ނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރާއި ހެޑް އޮފް ޑިޕާޓްމެންޓްތަކުގެ މުސާރަ ބޮޑެއް ނުކުރެ އެވެ. އެހެން ނަމަވެސް އެ ކުންފުނީގެ ޕައިލެޓުންނާއި އެހެން މަގާމްތަކުގެ މުސާރަ ބޮޑުކުރިތޯ ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ސަރުކާރުގެ އެއްވެސް އިދާރާއަކުން މުސާރައިގެ އޮނިގަނޑަށް ބަދަލެއް ގެންނަ ނަމަވެސް އެ ބަދަލެއް ފިނޭންސް މިނިސްޓްރީއާ ހިއްސާކުރަން ޖެހެ އެވެ. އަދި މުސާރައަށް ބަދަލު ގެނެސްފި ނަމަ އެއަށް އަމަލު ކުރެވޭނީ މިނިސްޓްރީގެ ހުއްދައާ އެކު އެވެ.
ފިނޭންސް މިނިސްޓްރީން މިހެން ބުނެފައިވާ އިރު އައިލެންޑް އޭވިއޭޝަންގެ އިސްވެރިންގެ މުސާރައާ ގުޅިގެން ތަފާތު ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. އެގޮތުން އެމްޑީގެ މުސާރައަށް އެއްލައްކަ ރުފިޔާ އާއި ޑީއެމްޑީގެ މުސާރަ 86،000 ރުފިޔާ އަށް ބޮޑު ކުރި ކަމަށް އަޑު ފެތުރުނެވެ.
މިކަމާ ގުޅޭ ގޮތުން އައިލެންޑް އޭވިއޭޝަނުން ބުނެފައިވަނީ މިއީ އެއްވެސް ވަރަކަށް ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ. މުސާރަ އަށް ބަދަލެއް ގެންނަ ނަމަ އެ ބަދަލު ގެންނާނީ ސަރުކާރުން ކަމަށާއި ސަރުކާރުން ކަނޑައަޅާފައިވާ ގޮތާ ހިލާފަށް ސަރުކާރުގެ ހުއްދަނެތި އެއްވެސް ބަދަލެއް ނުގެންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އައިލެންޑް އޭވިއޭޝަނަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އިސްވެރިންނަށް މުސާރަ އެންމެ ކުޑަ އެއް ކުންފުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޭސީ
04 June 2019
އެހެންވީމަ ދެން މުސާރަ އަންގާލަންވީނު. އެއީ ބޮޑުވެގެންވާ ސިއްރަކީތަ؟ ނޫސްވެރިންވެސް ދެން ސާފެއްވެސް ނުކުރަންތަ ކޮބާތޯ ސައްހަ އަދަދަކީ؟ އެބުނަނީތާ ސޯޝަލް މީޑިޔާގެ އަދަދުތައް ގޯހޭ. ރަނގަޅު އަދަދު ހޯދަބަލަ
ސުއޭ
03 June 2019
ހެހޭ، ހަނަފީ އަރަރެމެންގެ ޕްރޮމޯޝަން ދޭނެ، ނުވެސް ހުއްޓުވޭނެ ނަޝީދު އާ އޭނަގެ ބައިގަނޑަކަށް.
ހުވަދޫ1
03 June 2019
އައްލާހު ގަންދީ ހުވާކޮށްފަ މިބުނަނީ ބޮޑެތި މީހުންގެ މުސާރަ ބޮޑުތަނުން ބޮޑުކުރި. 50،000.00ރ އިން ފެށިގެން ގޮސް 100،000.00 އާ ހަމަޔަށް ބޮޑުކުރި.
އަހުމަދުމުބީނު
03 June 2019
ސޯސަލް މީޑިޔާގަ ފެތުރޭ މަސާރަތަކުގެ އަދަދު އަސްލު މަދު ހެންހީވަނީ، ބޯޑު މެންބަރަކަށް ވީޔާ ދިހަވަރަކަށް ހާސް އިތުރަށް ލިބޭނެ.
ޕޮޕްއަޕް
03 June 2019
މިއީ މޫނު ރީތިކުރަން ނެރުނު ދޮގު ބަޔާނެއް، އަހަރެން އުޅެނީ މިތާގެ އެޗްއާރުޑިޕާޓްމަންޓްގައި، މުސާރަ ސީޓް ދެކުނިން
ހޭބަލި
03 June 2019
މިތިބަ ނޫސްވެރިންނެއް ދޯ! ބޯ ހަލާކު. ކީއްވާނީ އެންމެފަހުން އެހެންވީމާ ބޮޑުކުރީ ކޮންބަޔަކަށްތޯ ކޮން އަހަރެއްގައިތޯ އަހާލިއްޔާ؟ ހަމަ ސްޓޭޓް ނެރޭއިރަށް އޮތް ގޮތަށް ޖެހީމަ ތިއޮތީ ނޫސްވެރިކަން ކުރެވިފައި؟
6ފގފތ
03 June 2019
ކަލޯ ހުވާ ކޮށްފައި މި ބުނީ ބޮޑުންނަށް ބޮޑު ކުރީ. ދެން ތިބި ސްޓާފުންނަށް މުކޮސް. އަހަރުންގެ ވާހަކައަކީ ބޮޑުންނަށް ބޮޑު ކުރަންޏާ އަހަރުންނަށްވެސް ކުރާށޭ. ކަލޭމެން 6 ކަ މީޙުން ކުންފުނީ ހިްނގާށޭ އަހަރެމެންނާ ނުލާ. ތަޖްރިބާ ނެތް އިންޑަސްޓްރީ ނުދަންނަ މީހުން ތަންތަނަށް ލެވުނީމާ ނިކަން އަވަހަށް އަރިސް ބޭފުޅުންގެ މުސާރަ ބޮޑުކޮށްލާނެ އަނގަ ބަންދުކުރަން. އައިއޭސް މާރކެޓް ޝެއަރ ދައްވަނީ ފަތު އަޑު ކިޔާފައި. ސުމެއްގެ ބައެއް ލީ އިބުރާހިމާ!
ކަނބާއައިސަާ
03 June 2019
މުސާރައެއް ނޫނެވެ. ރަނގަޅު ހިދުމަތެއް ނުދީ ރައްޔިތުންފެލުން މީދެންކިހާ ބޮޑުކަމެއް ހެއްޔެވެ. ބަންގާޅަށް ދަތުރުކޮށް މިތަނަށް ބަނގާޅީން ގެންނަނީ މި ތަން ބަންގާޅީންގެ ތަނަކަށް ބަދަލުކޮށްލަން ހެއްޔެވެ. ޖަވާބު ދީބަލާށެވެ.
ހުސައިން ހަލީމު
03 June 2019
ބޮޑު ދޮގެއް، މިމައްސަލަ މަޖުލީހުގެ ކުންފުނިތަކާއި ބެހޭ ކޮމެޓީން ބެއްލެވުން އެދެން. މުސާރަ ބޮޑުކުރި ބޮޑު ކުރީ ބޮޑުތަނުން. އަހަރެންނަކީ ޑިޕާރޓުމަންޓު ހެޑެއް ކުރިން އަހަންނަށް ލިބުނީ 32000 ރ މިހާރު އަހަންނަ ލިބޭ 42000 ރުފިޔާ
ޝާާހީން
03 June 2019
އައިލެންޑުއޭވިއޭޝަން އިން މުސާރަ ބޮޑުކުރި ބޮޑުތަނުން. މީސްމީޑިއާގައި ބުނާ އަދަދުގައި ތަފާތެއް ހުރެދާނެ. ނުކެރޭނެ އެއްވެސް ވަރެއް ބޮޑުނުކުރާކަމަށް ބުނަން