އެމެޒޯންގެ "ޕްރައިމް އެއާ" ބެހޭ މައުލޫމާތު ޖެފް ދެނީ.
08 ޖޫން 2019 - 08:21
މަޝްހޫރު ވިޔަފާރި ކުންފުނި އެމެޒޯން އިން މީގެ ތިން އަހަރު ކުރިން އިނގިރޭސިވިލާތުގައި ޑެލިވަރީގެ ހިދުމަތް ދޭ ޑްރޯން ޓެސްޓްކޮށްފައި ވަނިކޮށް، މި ހިދުމަތް އުތުރު އެމެރިކާގައި ފަށަން ތައްޔާރުވެއްޖެ އެވެ.
ބުދަ ދުވަހު ލޮސް އެންޖެލިސްގައި ބޭއްވި "ރީ:މާސް" ކޮންފަރެންސްގައި އެމެޒޯންގެ ކޮންޒިއުމާ ބިޒްނެސްގެ އެގްޒެކެޓިވް ޖެފް ވިލްކް ވިދާޅުވީ ދެން މާ ގިނަ ދުވަސްތަކެއް ހޭދަ ނުވެ ޑެލިވަރީ ޑްރޯންގެ ހިދުމަތް ފަށާނެ ކަމަށެވެ. ނަމަވެސް ސީދާ ތާރީހެއް ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ހިދުމަތުގެ ސަބަބުން، އެމެރިކާ ކަސްޓަމަރުންގެ މުދާ ބައިގަޑި އިރު ނުވަތަ އެއަށް ވުރެ އަވަހަށް ކަސްޓަމަރުންނާ ހަމައަށް ފޯރާނެ އެވެ. ޑެލިވަރީ ޑްރޯން އުފުލާނީ 2.3 ކިލޯ އަށް ވުރެ ބަރު ނޫން ތަކެއްޗެވެ.
Had a blast sharing the stage at re:MARS with the newest member of our Prime Air drone family. Can’t wait to see this beautiful drone making ultra-fast deliveries to Amazon customers. #reMARS https://t.co/92k3S2wWUI
— Jeff Wilke (@jeffawilke) June 5, 2019
"ޕްރައިމް އެއާ" ގެ ނަން ދީފައިވާ އިލެކްޓްރޯނިކް ޑްރޯން 15 މޭލު (24 ކިލޯމީޓަރު) އަށް އުދުހުމުގެ ގާބިލުކަން ލިބިފައިވެ އެވެ.
ޖެފް ވިދާޅުވި ގޮތުގައި ޑެލިވަރީ ޑްރޯން ބޭނުން ކުރަން ފަށަނީ ވަރަށް ގިނަ ދުވަހު ކުރި މަސައްކަތުގެ ނަތީޖާ އަށް ފަހު އެވެ. އެހެންވެ މިއީ ރައްކާތެރި އަދި ވައިގެ ހިދުމަތަށް އެއްވެސް ވަރެއްގެ ބުރުލެއް ނާރާ ގޮތަށް ދޭނެ ހިދުމަތެއް ކަމަށް ބުންޏެވެ.
އެމެޒޯން އިން ޑެލިވަރީ ޑްރޯންގެ ހިދުމަތަށް ނުކުންނަ އިރު، މި ހިދުމަތް ފުރަތަމަ ތައާރަފު ކުރި ފުރަތަމަ ކުންފުނީގެ ޝަރަފު ހޯދާފައި ވަނީ ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓުންނެވެ.
އެތަނުން ވަނީ އޮސްޓްރޭލިއާގައި މި ހިދުމަތް ތައާރަފުކޮށްފަ އެވެ. އަދި މިއީ ފެޑެރެލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން އެޕްރޫވް ކުރި ފުރަތަމަ ޑްރޯން ޑެލިވަރީގެ ހިދުމަތް ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy