ކާޑެއްދޫ އެއާޕޯޓުގެ ދަތުރުތައް ވަނީ އަލުން ފަށާފައި.-- ފައިލް ފޮޓޯ:މިހާރު
12 ޖޫން 2019 - 10:21
ކާޑެއްދޫ އެއާޕޯޓުގެ ފަޔާ ލޮރީ އަށް ދިިމާވި މައްސަލަ ހައްލުކުރުމާ އެކު، އެ އެއާޕޯޓަށް މޯލްޑިވިއަނުން ކުރާ ދަތުރުތައް އަލުން ފަށައިފި އެވެ.
ގައުމީ އެއާލައިނުން ވަނީ ކާޑެއްދޫ އެއާޕޯޓުގެ ސަލާމަތީ ކަންކަން ފުރިހަމަ ނުވާތީ އިއްޔެ އެ އެއާލައިނުގެ ދަތުރުތައް މެދު ކަނޑާލައިފަ އެވެ. ނަމަވެސް މައްސަލަ ހައްލު ކުރުމާއެކު މިއަދު ހެނދުނު ދަތުރުތައް އަލުން ފަށާފައިވާ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ.
މޯލްޑިވިއަނުން ކާޑެއްދު އަށް ކުރަމުން އައި ދަތުރުތައް މެދު ކަނޑާލުމަށްފަހު އެ ދަތުރުތައް ކުރަމުން ދިޔައީ އެ ސަރަހައްދުގެ ކޫއްޑޫ އެއާޕޯޓަށެވެ.
ކާޑެއްދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް އިއްޔެ މެދުކަނޑާލާފައި ވަނީ އެ އެއާޕޯޓުގެ ފަޔާ ލޮރީ އަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލަ ހައްލުކޮށް ރޭ 9:00 ގައި އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ފަށާފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy