ޕޭން މެޓަލްގެ ހާއްސަ ސޭލެއް

ޕޭން މެޓަލްގެ 17 ވަނަ އަހަރީ ދުވަހާ ދިމާކޮށް، އެ ފިހާރަ އިން ހާއްސަ ސޭލެއް ފަށައިފި އެވެ.


ކޮޕާ އާއި އެލްމިނިއަމްގެ ބާވަތްތައް ވިއްކާ ޕޭން މެޓަލްގެ މި ސޭލް އަންނަ މަހުގެ 11 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

މި ސޭލްގައި ބޮޑު ޑިސްކައުންޓެއް ލިބޭނެ އެވެ. އެގޮތުން ކޮންކްރީޓު ރޮޑުން (ކޮންކްރީޓު ދަގަނޑު) 25 ޕަސެންޓް ޑިސްކައުންޓް ލިބޭ އިރު ހޮޅިން 20 ޕަސެންޓް ލިބޭނެ އެވެ. މީގެ އިތުރުން ޝީޓުން 10 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ އެވެ. ކޮންސްޓްރަކްޝަނަށް ބޭނުންކުރާ އެހެން ސާމާނުން ލިބޭނީ 30 ޕަސެންޓުގެ ޑިސްކައުންޓެކެވެ.

އިމާރާތް ކުރުމަށް ހާއްސަ ސާމާނާއި ކޮޕާ އާއި އެލުމިނިއަމް ވިއްކާ މި ފިހާރަ އިން ދޫކުރާ "މެޓަލް ކާޑު" ބޭނުންކޮށްގެން ކަސްޓަމަރުންނަށް 10 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ އެވެ. މި ކާޑު ބޭނުން ކޮށްގެން ޕޭން އޯޝަންގެ އެހެން ފިހާރަތައް ކަމުގައިވާ އަލޯރާ ޕޭން ހޯމާއި އަލޯރާ އޮފީސް ފާނީޗާ އާއި އަޒޯރާ ހޯމް ކެއާ އިން ފަސް ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.