ނަތަން ނޫ އިހި ދައްކައިލަނީ.
16 ޖޫން 2019 - 07:35
އެމެރިކާގެ މެސެޗޫސެސްގައި ހިންގާ "އާނޯލްޑް ލޮބްސްޓާ އެންޑް ކްލޭމް ބާ" އަކީ ކޮންމެ ހަފުތާއަކު ވެސް އެތައް ޓަނެއްގެ އިހި ގެންދާ ތަނެކެވެ. އެކަމަކު ހުކުރު ދުވަހު އެތަނަށް ގެންދިޔަ ޝިޕްމެންޓްގެ ތެރެއިން ފެނުނީ އާދަޔާހިލު ކަމެކެވެ. ފެނުނީ ނޫ ކުލައިގެ އިއްސެކެވެ. މި ބާވަތުގެ އިއްސަކީ އެހާ އާންމު އެއްޗެއް ނޫނެވެ.
އެހެންވެ ފުރަތަމަ ފަހަރަށް ނޫ ކުލައިގެ އިއްސެއް ފެނުމުން ރެސްޓޯރަންޓްގެ ވެރިޔާ ނަތަން ނިކާސަން ތިނެކަށް ބޮޑު ހައިރާން ކަމަކަށްވީ އެވެ. އޭނާ ބުނީ ނޫ ކުލައިގެ އިހި ފެނިފައި ގަބޫލު ކުރަން ވެސް ދަތިވި ކަމަށެވެ.
މީގެ އިއްސެއް ފެނުމުގެ ފުރުސަތަކީ ދެ މިލިއަނުން އެކެއް ކަމަށް ދިރާސާތަކުގައި ބުނެ އެވެ. އަދި މިއީ ޕްރޮޓީނެއް އާދަޔާހިލާފަށް އިތުރުވުމުން ޖެނެޓިކް ގޮތުން އަންނަ ބަދަލެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ދައްކަ އެވެ. އިއްސަކީ އާންމުކޮށް ރަތް ނުވަތަ ފެހި ކުލައެއްގައި ހުންނަ އެއްޗެކެވެ.
— Arnold's Restaurant (@ArnoldsLobster) June 14, 2019
ކޮންމެއަކަސް ނަތަންގެ ރެސްޓޯރަންޓް ވަން ނޫ އިހި ވީ އެތަނަށް ވަރަށް ހާއްސަ އެއްޗަކަށެވެ. އެހެން އޭތި ކައްކާލައިގެން ކެއުމުގެ ބަދަލުގައި މިހާރު ވަގުތީ ގޮތުން ބާއްވާފައި އޮތީ ރެސްޓޯރަންޓަށް އަންނަ މީހުންނަށް ދައްކާލަން ރައްކާތެރި ޓޭންކެއްގެ ތެރޭގަ އެވެ.
Have you seen our blue lobster in the news? It's getting quite a bit of attention! It truly is beautiful -- and will be donated! 💙🦞💙 https://t.co/n85nqCFMAt
— Arnold's Restaurant (@ArnoldsLobster) June 14, 2019
"މީތި ފެނިފައި ވެސް މެރީން ލައިފަށް މިހާރުގެ ޒުވާނުން ލޯބި ޖެހުމަކީ ހަމަ ވެދާނެ ގޮތެއް. އެހެންވެ ވީހާ ވެސް ގިނަ ބަޔަކަށް ދައްކާލަން ބާއްވަން ބޭނުންވީ،" އޭނާ ސީއެންއެން އަށް ބުންޏެވެ.
ނަތަން ބުނި ގޮތުގައި ރެސްޓޯރަންޓްގައި ނޫ އިހި ދައްކައިލަން މި ވަގުތު ބާއްވާފައި އޮތަސް އަމާޒަކީ އެސްޓީ ލުއީގައި މި އަހަރު ފަހުކޮޅު ހުޅުވާ އެކްއޭރިއަމަށް އޭތި ހަދިޔާ ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަދާލަތު
16 June 2019
ތިޔައީ އިއްސެއްނޫން. ޑިނގާ ޢާއިލާގެ އެއްޗެއް.
ގާރލް7
16 June 2019
އަހަރެން އެންމެ ފަހުން ކުއްޔަށް ދިޔަގޭގެ މަސްޓޭންކްގައި ނޫކުލައިގެ 10-15 ވަރަކަށް ކުދިކުދި އިހި އޮތް... ހަމަ ފޮޓޯއިން ތިޔަ ފެންނަ ވައްތަރުގެ އިހި... އެތަނުން 1 އިހި ވަރަށް ބޮޑުވެސްމެ... މާލޭގެ މާފަންނުކޮޅު އައިކެއާރ ކައިރީގައި ހުރި ގެއެއް އެއީ...